ސޫރަތު Al-Muddaththir المدثر
56 verses · Mecca · revelation order 4
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ يَٰٓأَيُّهَا ٱلْمُدَّثِّرُ
Resmî Divehi Çevirisiއޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!
See all translations of this verse →
قُمْ فَأَنذِرْ
Resmî Divehi Çevirisiކަލޭގެފާނު ތެދުވެވަޑައިގެން إنذار ކުރައްވާށެވެ!
See all translations of this verse →
وَرَبَّكَ فَكَبِّرْ
Resmî Divehi Çevirisiއަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ!
See all translations of this verse →
وَثِيَابَكَ فَطَهِّرْ
Resmî Divehi Çevirisiއަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهر ކުރައްވާށެވެ!
See all translations of this verse →
وَٱلرُّجْزَ فَٱهْجُرْ
Resmî Divehi Çevirisiއަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ!
See all translations of this verse →
وَلَا تَمْنُن تَسْتَكْثِرُ
Resmî Divehi Çevirisiއަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ!
See all translations of this verse →
وَلِرَبِّكَ فَٱصْبِرْ
Resmî Divehi Çevirisiއަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!
See all translations of this verse →
فَإِذَا نُقِرَ فِى ٱلنَّاقُورِ
Resmî Divehi Çevirisiފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ.
See all translations of this verse →
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ
Resmî Divehi Çevirisiފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ.
See all translations of this verse →
عَلَى ٱلْكَٰفِرِينَ غَيْرُ يَسِيرٍ
Resmî Divehi Çevirisiكافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.
See all translations of this verse →
ذَرْنِى وَمَنْ خَلَقْتُ وَحِيدًا
Resmî Divehi Çevirisiހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!
See all translations of this verse →
وَجَعَلْتُ لَهُۥ مَالًا مَّمْدُودًا
Resmî Divehi Çevirisiއަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.
See all translations of this verse →
وَبَنِينَ شُهُودًا
Resmî Divehi Çevirisiއަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.
See all translations of this verse →
وَمَهَّدتُّ لَهُۥ تَمْهِيدًا
Resmî Divehi Çevirisiއަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ.
See all translations of this verse →
ثُمَّ يَطْمَعُ أَنْ أَزِيدَ
Resmî Divehi Çevirisiދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ.
See all translations of this verse →
كَلَّآ إِنَّهُۥ كَانَ لِـَٔايَٰتِنَا عَنِيدًا
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ.
See all translations of this verse →
سَأُرْهِقُهُۥ صَعُودًا
Resmî Divehi Çevirisiނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.
See all translations of this verse →
إِنَّهُۥ فَكَّرَ وَقَدَّرَ
Resmî Divehi Çevirisiހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވިއެވެ.
See all translations of this verse →
فَقُتِلَ كَيْفَ قَدَّرَ
Resmî Divehi Çevirisiފަހެ، އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
See all translations of this verse →
ثُمَّ قُتِلَ كَيْفَ قَدَّرَ
Resmî Divehi Çevirisiދެން އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
See all translations of this verse →
ثُمَّ نَظَرَ
Resmî Divehi Çevirisiދެން އޭނާ ބަލައި ވިސްނިއެވެ.
See all translations of this verse →
ثُمَّ عَبَسَ وَبَسَرَ
Resmî Divehi Çevirisiދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ.
See all translations of this verse →
ثُمَّ أَدْبَرَ وَٱسْتَكْبَرَ
Resmî Divehi Çevirisiދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ.
See all translations of this verse →
فَقَالَ إِنْ هَٰذَآ إِلَّا سِحْرٌ يُؤْثَرُ
Resmî Divehi Çevirisiފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ.
See all translations of this verse →
إِنْ هَٰذَآ إِلَّا قَوْلُ ٱلْبَشَرِ
Resmî Divehi Çevirisiآدم ގެދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ.
See all translations of this verse →
سَأُصْلِيهِ سَقَرَ
Resmî Divehi Çevirisiނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ.
See all translations of this verse →
وَمَآ أَدْرَىٰكَ مَا سَقَرُ
Resmî Divehi Çevirisiއެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
See all translations of this verse →
لَا تُبْقِى وَلَا تَذَرُ
Resmî Divehi Çevirisiއެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.
See all translations of this verse →
لَوَّاحَةٌ لِّلْبَشَرِ
Resmî Divehi Çevirisiގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.
See all translations of this verse →
عَلَيْهَا تِسْعَةَ عَشَرَ
Resmî Divehi Çevirisi(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި ملائكة ންވެއެވެ.
See all translations of this verse →
وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَٰنًا وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَٱلْمُؤْمِنُونَ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ
Resmî Divehi Çevirisiއަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ ملائكة ން މެނުވީ ނުލައްވަމެވެ. އަދި كافر ވި މީހުންނަށް امتحان އެއްކަމުގައި މެނުވީ އެ ملائكة ންގެ عدد ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް يقين ވުމަށާއި، އަދި إيمان ވި މީހުންގެ إيمان ކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި إيمان ވި މީހުން شك ނުކުރުމަށްޓަކައެވެ. އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، كافر ން ބުނުމަށްޓަކައެވެ. މި مثال ން اللَّه އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكر ގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި آدم ގެދަރިންނަށް عبرة ތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ.
See all translations of this verse →
كَلَّا وَٱلْقَمَرِ
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ.
See all translations of this verse →
وَٱلَّيْلِ إِذْ أَدْبَرَ
Resmî Divehi Çevirisiއަދި ރޭގަނޑު ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
See all translations of this verse →
وَٱلصُّبْحِ إِذَآ أَسْفَرَ
Resmî Divehi Çevirisiއަދި އަލިވެގެންދާހިނދު، ފަތިސް ގަންދެއްވަމެވެ.
See all translations of this verse →
إِنَّهَا لَإِحْدَى ٱلْكُبَرِ
Resmî Divehi Çevirisiހަމަކަށަވަރުން، އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ.
See all translations of this verse →
نَذِيرًا لِّلْبَشَرِ
Resmî Divehi Çevirisiآدم ގެދަރިންނަށް إنذار ކުރާ އެއްޗެއްގެ ގޮތުގައެވެ.
See all translations of this verse →
لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ
Resmî Divehi Çevirisiތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ.
See all translations of this verse →
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ
Resmî Divehi Çevirisiކޮންމެ نفس އެއް، އެ نفس އެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ.
See all translations of this verse →
إِلَّآ أَصْحَٰبَ ٱلْيَمِينِ
Resmî Divehi Çevirisiކަނާތްފަރާތުގެ أهل ވެރިން މެނުވީއެވެ.
See all translations of this verse →
فِى جَنَّٰتٍ يَتَسَآءَلُونَ
Resmî Divehi Çevirisi(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤال ކުރާ حال ގައެވެ.
See all translations of this verse →
عَنِ ٱلْمُجْرِمِينَ
Resmî Divehi Çevirisi(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤال ކުރާ حال ގައެވެ.
See all translations of this verse →
مَا سَلَكَكُمْ فِى سَقَرَ
Resmî Divehi Çevirisiތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟
See all translations of this verse →
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ
Resmî Divehi Çevirisiއެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.
See all translations of this verse →
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ
Resmî Divehi Çevirisiއަދި ތިމަންމެން مسكين ންނަށް ކާންދީއެއް ނޫޅެމުއެވެ.
See all translations of this verse →
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ
Resmî Divehi Çevirisiއަދި باطل ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން باطل ވާހަކަ ދައްކައި އުޅުނީމުއެވެ.
See all translations of this verse →
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ
Resmî Divehi Çevirisiއަދި ތިމަންމެން قيامة ދުވަސް ދޮގުކޮށް އުޅުނީމުއެވެ.
See all translations of this verse →
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ
Resmî Divehi Çevirisiيقين ކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ.
See all translations of this verse →
فَمَا تَنفَعُهُمْ شَفَٰعَةُ ٱلشَّٰفِعِينَ
Resmî Divehi Çevirisiފަހެ، شفاعة ތެރިވާމީހުންގެ شفاعة، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ.
See all translations of this verse →
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ
Resmî Divehi Çevirisiފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟
See all translations of this verse →
كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ
Resmî Divehi Çevirisiއެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ.
See all translations of this verse →
فَرَّتْ مِن قَسْوَرَةٍۭ
Resmî Divehi Çevirisiއެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ.
See all translations of this verse →
بَلْ يُرِيدُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً
Resmî Divehi Çevirisiއަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ.
See all translations of this verse →
كَلَّا بَل لَّا يَخَافُونَ ٱلْـَٔاخِرَةَ
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرة އަކަށް ބިރެއް ނުގަނެތެވެ.
See all translations of this verse →
كَلَّآ إِنَّهُۥ تَذْكِرَةٌ
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآن އަކީ ހަނދާންކޮށްދިނުމެކެވެ.
See all translations of this verse →
فَمَن شَآءَ ذَكَرَهُۥ
Resmî Divehi Çevirisiފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ!
See all translations of this verse →
وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ
Resmî Divehi Çevirisiއަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوى ވެރިވުން حق ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ.
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→