caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Qiyaama القيامة

40 verses · Mecca · revelation order 31

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ لَآ أُقْسِمُ بِيَوْمِ ٱلْقِيَٰمَةِ

Resmî Divehi Çevirisiقيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.

See all translations of this verse →

وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ

Resmî Divehi Çevirisiއަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.)

See all translations of this verse →

أَيَحْسَبُ ٱلْإِنسَٰنُ أَلَّن نَّجْمَعَ عِظَامَهُۥ

Resmî Divehi Çevirisiއިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟

See all translations of this verse →

بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ

Resmî Divehi Çevirisiއެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ.

See all translations of this verse →

بَلْ يُرِيدُ ٱلْإِنسَٰنُ لِيَفْجُرَ أَمَامَهُۥ

Resmî Divehi Çevirisiއަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ.

See all translations of this verse →

يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَٰمَةِ

Resmî Divehi Çevirisiއޭނާ سؤال ކުރާނެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟

See all translations of this verse →

فَإِذَا بَرِقَ ٱلْبَصَرُ

Resmî Divehi Çevirisiފަހެ، ލޯތަކަށް حيران ކަންލިބި، ތަރަތަރަލާހިނދެވެ.

See all translations of this verse →

وَخَسَفَ ٱلْقَمَرُ

Resmî Divehi Çevirisiއަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ.

See all translations of this verse →

وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ

Resmî Divehi Çevirisiއަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ.

See all translations of this verse →

يَقُولُ ٱلْإِنسَٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ

Resmî Divehi Çevirisiއެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟

See all translations of this verse →

كَلَّا لَا وَزَرَ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ.

See all translations of this verse →

إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ

Resmî Divehi Çevirisiއެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.

See all translations of this verse →

يُنَبَّؤُا۟ ٱلْإِنسَٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ

Resmî Divehi Çevirisiއިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން خبر ދެއްވާނެތެވެ.

See all translations of this verse →

بَلِ ٱلْإِنسَٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌ

Resmî Divehi Çevirisiއަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.

See all translations of this verse →

وَلَوْ أَلْقَىٰ مَعَاذِيرَهُۥ

Resmî Divehi Çevirisiއެ އިންސާނާ، އޭނާގެ عذر ތައް ކުރިމަތިކުޅަނަމަވެސް މެއެވެ.

See all translations of this verse →

لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ

Resmî Divehi Çevirisiއެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآن އާއިގެން حركات ތެރި ނުކުރައްވާށެވެ!

See all translations of this verse →

إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ

Resmî Divehi Çevirisiހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.

See all translations of this verse →

فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނު މެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ!

See all translations of this verse →

ثُمَّ إِنَّ عَلَيْنَا بَيَانَهُۥ

Resmî Divehi Çevirisiދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ.

See all translations of this verse →

كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ.

See all translations of this verse →

وَتَذَرُونَ ٱلْـَٔاخِرَةَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުން آخرة ދޫކޮށްލަމުއެވެ.

See all translations of this verse →

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ

Resmî Divehi Çevirisiއެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.

See all translations of this verse →

إِلَىٰ رَبِّهَا نَاظِرَةٌ

Resmî Divehi Çevirisiއެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.

See all translations of this verse →

وَوُجُوهٌ يَوْمَئِذٍۭ بَاسِرَةٌ

Resmî Divehi Çevirisiއަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ.

See all translations of this verse →

تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ

Resmî Divehi Çevirisiމައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.

See all translations of this verse →

كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.

See all translations of this verse →

وَقِيلَ مَنْ رَاقٍ

Resmî Divehi Çevirisiއަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟

See all translations of this verse →

وَظَنَّ أَنَّهُ ٱلْفِرَاقُ

Resmî Divehi Çevirisiއަދި އެއީ ވަކިވުން ކަމުގައި يقين ކޮށްފި ހިނދެވެ.

See all translations of this verse →

وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ

Resmî Divehi Çevirisiއަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.

See all translations of this verse →

إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ

Resmî Divehi Çevirisiއެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.

See all translations of this verse →

فَلَا صَدَّقَ وَلَا صَلَّىٰ

Resmî Divehi Çevirisiފަހެ، އޭނާ (اللَّه ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ.

See all translations of this verse →

وَلَٰكِن كَذَّبَ وَتَوَلَّىٰ

Resmî Divehi Çevirisiއެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ.

See all translations of this verse →

ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ

Resmî Divehi Çevirisiދެން އޭނާގެ أهل ވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ.

See all translations of this verse →

أَوْلَىٰ لَكَ فَأَوْلَىٰ

Resmî Divehi Çevirisiކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.

See all translations of this verse →

ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ

Resmî Divehi Çevirisiދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.

See all translations of this verse →

أَيَحْسَبُ ٱلْإِنسَٰنُ أَن يُتْرَكَ سُدًى

Resmî Divehi Çevirisiބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟

See all translations of this verse →

أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ

Resmî Divehi Çevirisiއޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟

See all translations of this verse →

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ

Resmî Divehi Çevirisiދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.

See all translations of this verse →

فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ

Resmî Divehi Çevirisiފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.

See all translations of this verse →

أَلَيْسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ

Resmî Divehi Çevirisiއެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70