caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Mutaffifin المطففين

36 verses · Mecca · revelation order 86

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَيْلٌ لِّلْمُطَفِّفِينَ

Resmî Divehi Çevirisiމިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ.

See all translations of this verse →

ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ

Resmî Divehi Çevirisiއެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ.

See all translations of this verse →

وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ

Resmî Divehi Çevirisiއަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ.

See all translations of this verse →

أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ

Resmî Divehi Çevirisiބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟

See all translations of this verse →

لِيَوْمٍ عَظِيمٍ

Resmî Divehi Çevirisiބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟

See all translations of this verse →

يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ

Resmî Divehi Çevirisi(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ.

See all translations of this verse →

كَلَّآ إِنَّ كِتَٰبَ ٱلْفُجَّارِ لَفِى سِجِّينٍ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ كافر ންގެ عمل ތަކުގެ ފަތްވަނީ سِجّين ގައިކަން ކަށަވަރެވެ.

See all translations of this verse →

وَمَآ أَدْرَىٰكَ مَا سِجِّينٌ

Resmî Divehi Çevirisiسِجّين އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

See all translations of this verse →

كِتَٰبٌ مَّرْقُومٌ

Resmî Divehi Çevirisi(އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

See all translations of this verse →

ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ

Resmî Divehi Çevirisiއެއުރެންނީ، قيامة ދުވަސް ދޮގުކުރާ މީހުންނެވެ.

See all translations of this verse →

وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ

Resmî Divehi Çevirisiހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ.

See all translations of this verse →

إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ

Resmî Divehi Çevirisiތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.

See all translations of this verse →

كَلَّا بَلْ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.

See all translations of this verse →

كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.

See all translations of this verse →

ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ

Resmî Divehi Çevirisiދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ.

See all translations of this verse →

ثُمَّ يُقَالُ هَٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

Resmî Divehi Çevirisiދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ.

See all translations of this verse →

كَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ عمل ތަކުގެ ފަތްވަނީ عِلّيّون ގައި ކަންކަށަވަރެވެ.

See all translations of this verse →

وَمَآ أَدْرَىٰكَ مَا عِلِّيُّونَ

Resmî Divehi Çevirisiعِليّون އަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

See all translations of this verse →

كِتَٰبٌ مَّرْقُومٌ

Resmî Divehi Çevirisi(އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ.

See all translations of this verse →

يَشْهَدُهُ ٱلْمُقَرَّبُونَ

Resmî Divehi Çevirisiކުއްތަންކުރައްވާފައިވާ ملائكة ން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ.

See all translations of this verse →

إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ

Resmî Divehi Çevirisiހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ.

See all translations of this verse →

عَلَى ٱلْأَرَآئِكِ يَنظُرُونَ

Resmî Divehi Çevirisiދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ.

See all translations of this verse →

تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ

Resmî Divehi Çevirisiއެއުރެންގެ މޫނުތަކުގެމަތިން، نعمة ގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ.

See all translations of this verse →

يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ

Resmî Divehi Çevirisiސިއްކަގައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ.

See all translations of this verse →

خِتَٰمُهُۥ مِسْكٌ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ

Resmî Divehi Çevirisiއެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!

See all translations of this verse →

وَمِزَاجُهُۥ مِن تَسْنِيمٍ

Resmî Divehi Çevirisiއެއާ އެއްކުރައްވާފައިވަނީ تسنيم އެވެ.

See all translations of this verse →

عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ

Resmî Divehi Çevirisi(އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ.

See all translations of this verse →

إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ

Resmî Divehi Çevirisiހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمان ވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.

See all translations of this verse →

وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ

Resmî Divehi Çevirisiއަދި އެއުރެން އެ مؤمن ންގެ ކައިރިންދާހިނދު، ލޮލުގެ إشارة ން ފުރައްސާރަ ކުރެތެވެ.

See all translations of this verse →

وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ

Resmî Divehi Çevirisiއަދި އެއުރެންގެ أهل ވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ.

See all translations of this verse →

وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَٰٓؤُلَآءِ لَضَآلُّونَ

Resmî Divehi Çevirisiއަދި އެއުރެން مؤمن ން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.

See all translations of this verse →

وَمَآ أُرْسِلُوا۟ عَلَيْهِمْ حَٰفِظِينَ

Resmî Divehi Çevirisiއަދި مؤمن ންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ كافر ން ފޮނުއްވާފައެއް ނުވެއެވެ.

See all translations of this verse →

فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ

Resmî Divehi Çevirisiފަހެ، إيمان ވި މީހުން މިއަދު كافر ންނާ ދިމާޔަށް ހޭނެތެވެ.

See all translations of this verse →

عَلَى ٱلْأَرَآئِكِ يَنظُرُونَ

Resmî Divehi Çevirisiދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ.

See all translations of this verse →

هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ

Resmî Divehi Çevirisiكافر ންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70