ސޫރަތު Al-Infitaar الإنفطار
19 verses · Mecca · revelation order 82
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلسَّمَآءُ ٱنفَطَرَتْ
Resmî Divehi Çevirisiއުޑު ފަޅަފަޅައިގެންދާ ހިނދެވެ.
See all translations of this verse →
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ
Resmî Divehi Çevirisiއަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ.
See all translations of this verse →
وَإِذَا ٱلْبِحَارُ فُجِّرَتْ
Resmî Divehi Çevirisiއަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ.
See all translations of this verse →
وَإِذَا ٱلْقُبُورُ بُعْثِرَتْ
Resmî Divehi Çevirisiއަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ.
See all translations of this verse →
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
Resmî Divehi Çevirisi(އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ
Resmî Divehi Çevirisiއޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
See all translations of this verse →
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
Resmî Divehi Çevirisiއެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ.
See all translations of this verse →
فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ
Resmî Divehi Çevirisiއެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيب ކުރެއްވިއެވެ.
See all translations of this verse →
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامة ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ.
See all translations of this verse →
وَإِنَّ عَلَيْكُمْ لَحَٰفِظِينَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ.
See all translations of this verse →
كِرَامًا كَٰتِبِينَ
Resmî Divehi Çevirisi(އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ.
See all translations of this verse →
يَعْلَمُونَ مَا تَفْعَلُونَ
Resmî Divehi Çevirisiތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ.
See all translations of this verse →
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
Resmî Divehi Çevirisiހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ.
See all translations of this verse →
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، كافر ންވަނީ، ނަރަކައިގައިކަން ކަށަވަރެވެ.
See all translations of this verse →
يَصْلَوْنَهَا يَوْمَ ٱلدِّينِ
Resmî Divehi Çevirisiقيامة ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ.
See all translations of this verse →
وَمَا هُمْ عَنْهَا بِغَآئِبِينَ
Resmî Divehi Çevirisiއެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ.
See all translations of this verse →
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
Resmî Divehi Çevirisiقيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
See all translations of this verse →
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
Resmî Divehi Çevirisiދެންވެސް قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
See all translations of this verse →
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ
Resmî Divehi Çevirisi(އެއީ) އެއްވެސް نفس އެއް، އަނެއް نفس އަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمر ވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) اللَّه އަށެވެ.
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→