ސޫރަތު Al-Inshiqaaq الإنشقاق
25 verses · Mecca · revelation order 83
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلسَّمَآءُ ٱنشَقَّتْ
Resmî Divehi Çevirisiއުޑުފަޅަފަޅައިގެންދާ ހިނދެވެ.
See all translations of this verse →
وَأَذِنَتْ لِرَبِّهَا وَحُقَّتْ
Resmî Divehi Çevirisiއަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ.
See all translations of this verse →
وَإِذَا ٱلْأَرْضُ مُدَّتْ
Resmî Divehi Çevirisiއަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ.
See all translations of this verse →
وَأَلْقَتْ مَا فِيهَا وَتَخَلَّتْ
Resmî Divehi Çevirisiއަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ.
See all translations of this verse →
وَأَذِنَتْ لِرَبِّهَا وَحُقَّتْ
Resmî Divehi Çevirisiއަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلْإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَٰقِيهِ
Resmî Divehi Çevirisiއޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ.
See all translations of this verse →
فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ
Resmî Divehi Çevirisiފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ!
See all translations of this verse →
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
Resmî Divehi Çevirisiފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ.
See all translations of this verse →
وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا
Resmî Divehi Çevirisiއަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.
See all translations of this verse →
وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ
Resmî Divehi Çevirisiއަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ.
See all translations of this verse →
فَسَوْفَ يَدْعُوا۟ ثُبُورًا
Resmî Divehi Çevirisiފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!
See all translations of this verse →
وَيَصْلَىٰ سَعِيرًا
Resmî Divehi Çevirisiއަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ.
See all translations of this verse →
إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا
Resmî Divehi Çevirisiހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.
See all translations of this verse →
إِنَّهُۥ ظَنَّ أَن لَّن يَحُورَ
Resmî Divehi Çevirisiހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ.
See all translations of this verse →
بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا
Resmî Divehi Çevirisiއެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.
See all translations of this verse →
فَلَآ أُقْسِمُ بِٱلشَّفَقِ
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ.
See all translations of this verse →
وَٱلَّيْلِ وَمَا وَسَقَ
Resmî Divehi Çevirisiއަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.
See all translations of this verse →
وَٱلْقَمَرِ إِذَا ٱتَّسَقَ
Resmî Divehi Çevirisiއަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.
See all translations of this verse →
لَتَرْكَبُنَّ طَبَقًا عَن طَبَقٍ
Resmî Divehi Çevirisiހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.
See all translations of this verse →
فَمَا لَهُمْ لَا يُؤْمِنُونَ
Resmî Divehi Çevirisiއެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟
See all translations of this verse →
وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ
Resmî Divehi Çevirisiއަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ.
See all translations of this verse →
بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ
Resmî Divehi Çevirisiއަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ.
See all translations of this verse →
وَٱللَّهُ أَعْلَمُ بِمَا يُوعُونَ
Resmî Divehi Çevirisiއަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ.
See all translations of this verse →
فَبَشِّرْهُم بِعَذَابٍ أَلِيمٍ
Resmî Divehi Çevirisiފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ!
See all translations of this verse →
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ
Resmî Divehi Çevirisiإيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→