މައި ޞަފްޙާ › ސޫރަތްތައް › ސޫރަތު At-Tur
ސޫރަތު At-Tur الطور
49 verses · Mecca · revelation order 76
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلطُّورِ
Resmî Divehi Çevirisi طور ފަރުބަދައާއި،
See all translations of this verse →
وَكِتَٰبٍ مَّسْطُورٍ
Resmî Divehi Çevirisi ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި،
See all translations of this verse →
فِى رَقٍّ مَّنشُورٍ
Resmî Divehi Çevirisi ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި،
See all translations of this verse →
وَٱلْبَيْتِ ٱلْمَعْمُورِ
Resmî Divehi Çevirisi البيت المعمور އާއި (އެބަހީ: އުޑުގައި ملائكة ން އަޅުކަން ކުރައްވާ ތަނާއި)
See all translations of this verse →
وَٱلسَّقْفِ ٱلْمَرْفُوعِ
Resmî Divehi Çevirisi އުފުލިގެންވާ އުޑާއި،
See all translations of this verse →
وَٱلْبَحْرِ ٱلْمَسْجُورِ
Resmî Divehi Çevirisi ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ.
See all translations of this verse →
إِنَّ عَذَابَ رَبِّكَ لَوَٰقِعٌ
Resmî Divehi Çevirisi ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب އަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ.
See all translations of this verse →
مَّا لَهُۥ مِن دَافِعٍ
Resmî Divehi Çevirisi އެ عذاب (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ.
See all translations of this verse →
يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا
Resmî Divehi Çevirisi އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ.
See all translations of this verse →
وَتَسِيرُ ٱلْجِبَالُ سَيْرًا
Resmî Divehi Çevirisi އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ.
See all translations of this verse →
فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Resmî Divehi Çevirisi ފަހެ، އެދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުށްޓެވެ.
See all translations of this verse →
ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ
Resmî Divehi Çevirisi އެއުރެންނީ ހަމަ باطل ވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ.
See all translations of this verse →
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
Resmî Divehi Çevirisi އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ.
See all translations of this verse →
هَٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ
Resmî Divehi Çevirisi (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކަޔެވެ.
See all translations of this verse →
أَفَسِحْرٌ هَٰذَآ أَمْ أَنتُمْ لَا تُبْصِرُونَ
Resmî Divehi Çevirisi ފަހެ، މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟
See all translations of this verse →
ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
Resmî Divehi Çevirisi ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! އަދި (އެ عذاب އަށް) ކެތްކުރާށެވެ! ނުވަތަ ކެތްނުކުރާށެވެ! (ކެތްކުރުމާއި ނުކުރުން) ތިޔަބައިމީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ތިޔަބައިމީހުންނަށް ޖަޒާލިބޭކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ.
See all translations of this verse →
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَعِيمٍ
Resmî Divehi Çevirisi ހަމަކަށަވަރުން، تقوى ވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ نعمة ގައެވެ.
See all translations of this verse →
فَٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ
Resmî Divehi Çevirisi (އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ عذاب ން އެއުރެން ދިންނެވިއެވެ.
See all translations of this verse →
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ
Resmî Divehi Çevirisi (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
See all translations of this verse →
مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ وَزَوَّجْنَٰهُم بِحُورٍ عِينٍ
Resmî Divehi Çevirisi (އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް حورالعين ން އަނބިކޮށްދެއްވީމެވެ.
See all translations of this verse →
وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَٰهُم مِّنْ عَمَلِهِم مِّن شَىْءٍ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ
Resmî Divehi Çevirisi އަދި إيمان ވިމީހުން އެއުރެންގެ ދަރިން إيمان ވުމާއެކު، އެއުރެންނަށް تبع ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عمل އަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި عمل އަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.
See all translations of this verse →
وَأَمْدَدْنَٰهُم بِفَٰكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
Resmî Divehi Çevirisi އަދި އެއުރެން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ.
See all translations of this verse →
يَتَنَٰزَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
Resmî Divehi Çevirisi އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެތެވެ.
See all translations of this verse →
وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
Resmî Divehi Çevirisi އަދި އެއުރެންނަށް خاص ވެފައިވާ ފިރިހެންކުދިން އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ.
See all translations of this verse →
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
Resmî Divehi Çevirisi އަދި އެކަކު އަނެކަކާ سؤال ކުރަމުން، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ.
See all translations of this verse →
قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ
Resmî Divehi Çevirisi އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ أهل ވެރިންގެ ތެރޭގައި އުޅުނުއިރު (اللَّه ގެ عذاب އަށް) ބިރުވެތިވެގެންވީމުއެވެ.
See all translations of this verse →
فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ
Resmî Divehi Çevirisi ދެން اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ عذاب ން ތިމަންމެން ދިންނެވިއެވެ.
See all translations of this verse →
إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ
Resmî Divehi Çevirisi ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، إحسان ތެރިވަންތަ، رحيم ވަންތަ ކަލާނގެއެވެ.
See all translations of this verse →
فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ
Resmî Divehi Çevirisi ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ.
See all translations of this verse →
أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ
Resmî Divehi Çevirisi އަދި ކިއެއްތަ! އެއީ شاعر އެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ شاعر މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ.
See all translations of this verse →
قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ.
See all translations of this verse →
أَمْ تَأْمُرُهُمْ أَحْلَٰمُهُم بِهَٰذَآ أَمْ هُمْ قَوْمٌ طَاغُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! އެއުރެންގެ ބުއްދިތައް އެގޮތަށް ބުނުމަށް އެއުރެންނަށް އަމުރުކުރަނީހެއްޔެވެ؟ ނުވަތަ އެއުރެންނީ ވިސްނުމަކާނުލައި ދެކޮޅުހަދާ ބަޔަކީހެއްޔެވެ؟
See all translations of this verse →
أَمْ يَقُولُونَ تَقَوَّلَهُۥ بَل لَّا يُؤْمِنُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! އެ قرآن އަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވާ އެއްޗެއްކަމަށް އެއުރެން ބުނެއުޅެނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން إيمان އެއް ނުވެތެވެ.
See all translations of this verse →
فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَٰدِقِينَ
Resmî Divehi Çevirisi ފަހެ، އެއުރެންނީ، ތެދުބުނާބަޔަކު ކަމުގައިވާނަމަ، އެފަދަ قرآن އަކާއިގެން އައިސްބަލާށެވެ!
See all translations of this verse →
أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَٰلِقُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟
See all translations of this verse →
أَمْ خَلَقُوا۟ ٱلسَّمَٰوَٰتِ وَٱلْأَرْضَ بَل لَّا يُوقِنُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، إيمان ނުވާ ބަޔެކެވެ.
See all translations of this verse →
أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ خزانة ތައް އެބައިމީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެކަންކަމުގެ ބާރު، އެއުރެންނަށް ލިބިގެންވަނީ ހެއްޔެވެ؟
See all translations of this verse →
أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ فَلْيَأْتِ مُسْتَمِعُهُم بِسُلْطَٰنٍ مُّبِينٍ
Resmî Divehi Çevirisi އަދި ކިއެއްތަ! (ملائكة ން ދައްކަވާ ވާހަކަފުޅު) އެއުރެން އެހުމަށް އެއުރެންނަށް ހަރުގަނޑެއް ވަނީހެއްޔެވެ؟ ފަހެ، އެއުރެންކުރެ އަހާކަމަށްބުނާ މީހާ، ބަޔާންވެގެންވާ حجّة އެއް ގެނެސްދީބަލާށެވެ!
See all translations of this verse →
أَمْ لَهُ ٱلْبَنَٰتُ وَلَكُمُ ٱلْبَنُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! އެކަލާނގެއަށް އަންހެންދަރިންވެފައި، ފިރިހެންދަރިން، ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟
See all translations of this verse →
أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީހެއްޔެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީހެއްޔެވެ؟
See all translations of this verse →
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! ފަހެ، އެއުރެން އެއިން ލިޔުމަށް އެއުރެންގެ ގާތުގައި غيب ގެ علم ވަނީ ހެއްޔެވެ؟
See all translations of this verse →
أَمْ يُرِيدُونَ كَيْدًا فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! އެއުރެން (ކަލޭގެފާނާމެދު) ކެހިވެރި ރޭވުމެއް ރާވަން އެދެނީހެއްޔެވެ؟ ފަހެ، ކެހިވެރިކަން ރައްދުވާބަޔަކީ كافر ންނެވެ.
See all translations of this verse →
أَمْ لَهُمْ إِلَٰهٌ غَيْرُ ٱللَّهِ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ
Resmî Divehi Çevirisi އަދި ކިއެއްތަ! اللَّه ފިޔަވައި އެހެން إله އެއް އެއުރެންނަށް ވަނީހެއްޔެވެ؟ އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވަންތަވެވޮޑިގެންވެއެވެ.
See all translations of this verse →
وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ
Resmî Divehi Çevirisi (އެއުރެންނަށް عذاب އެއްގެ ގޮތުގައި) އުޑުން ތަންގަނޑެއް ވެއްޓޭތަން އެއުރެންނަށް ފެނިއްޖެނަމަ، މަތިމައްޗަށްހުރި ވިލާތަކެކޭ އެއުރެން ބުނާނެތެވެ.
See all translations of this verse →
فَذَرْهُمْ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ
Resmî Divehi Çevirisi ފަހެ، އެއުރެން ހަލާކުވެގެންދާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
See all translations of this verse →
يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ
Resmî Divehi Çevirisi (އެއީ) އެއުރެންގެ މަކަރުވެރި ރޭވުން، އެއުރެންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެއުރެންނަށް نصر ވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ.
See all translations of this verse →
وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Resmî Divehi Çevirisi ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) عذاب ގެ އިތުރަށް عذاب ހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
See all translations of this verse →
وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ
Resmî Divehi Çevirisi ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ!
See all translations of this verse →
وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَٰرَ ٱلنُّجُومِ
Resmî Divehi Çevirisi އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ!
See all translations of this verse →
→ ސޫރަތު Adh-Dhaariyat
ސޫރަތު An-Najm ←
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→
Arabic text and translations via Tanzil and QuranEnc — verbatim, unmodified · Translations belong to their translators and are not the Qur'an itself
This is a research aid, not a source of religious rulings.