ސޫރަތު An-Najm النجم
62 verses · Mecca · revelation order 23
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلنَّجْمِ إِذَا هَوَىٰ
Resmî Divehi Çevirisiއޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحى ކުރައްވަމެވެ.
See all translations of this verse →
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ
Resmî Divehi Çevirisiތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) حق ގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقاد އެއް ނުކުރައްވައެވެ.
See all translations of this verse →
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ
Resmî Divehi Çevirisiއަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.
See all translations of this verse →
إِنْ هُوَ إِلَّا وَحْىٌ يُوحَىٰ
Resmî Divehi Çevirisiއެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ.
See all translations of this verse →
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ
Resmî Divehi Çevirisiބާރުގަދަ ملائكة އަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ.
See all translations of this verse →
ذُو مِرَّةٍ فَٱسْتَوَىٰ
Resmî Divehi Çevirisi(އެ ملائكة އަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكة އާ އެކަލޭގެފާނުގެ أصل صورة ގައި قائم ވެވަޑައިގެން ހުންނެވިއެވެ.
See all translations of this verse →
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ
Resmî Divehi Çevirisi(އެހިނދު) އެ ملائكة އާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.
See all translations of this verse →
ثُمَّ دَنَا فَتَدَلَّىٰ
Resmî Divehi Çevirisiދެން އެ ملائكة އާ (رسول އާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ.
See all translations of this verse →
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ
Resmî Divehi Çevirisiއެ އަރިސްވުންވީ، ދެ قوس ގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ.
See all translations of this verse →
فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ
Resmî Divehi Çevirisiދެން (اللَّه) އެކަލާނގެ އަޅާއަށް وحى ކުރެއްވި އެއްޗެއް وحى ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحى ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)
See all translations of this verse →
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ
Resmî Divehi Çevirisiއެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ.
See all translations of this verse →
أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ
Resmî Divehi Çevirisiއެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟
See all translations of this verse →
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ.
See all translations of this verse →
عِندَ سِدْرَةِ ٱلْمُنتَهَىٰ
Resmî Divehi Çevirisiسدرة المنتهى ގެ ކައިރިންނެވެ.
See all translations of this verse →
عِندَهَا جَنَّةُ ٱلْمَأْوَىٰٓ
Resmî Divehi Çevirisiއެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ.)
See all translations of this verse →
إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ
Resmî Divehi Çevirisiسدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ.
See all translations of this verse →
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ
Resmî Divehi Çevirisiއެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.
See all translations of this verse →
لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.
See all translations of this verse →
أَفَرَءَيْتُمُ ٱللَّٰتَ وَٱلْعُزَّىٰ
Resmî Divehi Çevirisiފަހެ، لات އާއި، عزّى އާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
See all translations of this verse →
وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ
Resmî Divehi Çevirisiއަދި مناة އެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ.
See all translations of this verse →
أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ
Resmî Divehi Çevirisiތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟
See all translations of this verse →
تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ
Resmî Divehi Çevirisi(އެހެންވަނީނަމަ) އެއީ حق މަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ.
See all translations of this verse →
إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ
Resmî Divehi Çevirisiއެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް اللَّه އެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، هوى نفس ގެ އެދުންތަކަކަށް މެނުވީ އެއުރެން تبع ވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ.
See all translations of this verse →
أَمْ لِلْإِنسَٰنِ مَا تَمَنَّىٰ
Resmî Divehi Çevirisiއަދި ކިއެއްތަ! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟
See all translations of this verse →
فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ
Resmî Divehi Çevirisiފަހެ، ދުނިޔެއާއި، آخرة ގެ ކަންތައް މިލްކުވެ خاص ވެގެންވަނީ اللَّه އަށެވެ.
See all translations of this verse →
وَكَم مِّن مَّلَكٍ فِى ٱلسَّمَٰوَٰتِ لَا تُغْنِى شَفَٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ
Resmî Divehi Çevirisiއަދި اللَّه އިރާދަކުރައްވާ މީހަކަށް އެކަލާނގެ إذن ދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ شفاعة ން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް ملائكة ން އުޑުތަކުގައި ވޭހެއްޔެވެ؟
See all translations of this verse →
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ
Resmî Divehi Çevirisiހަމަކަށަވަރުން، آخرة އަށް إيمان ނުވާމީހުން ملائكة ންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ.
See all translations of this verse →
وَمَا لَهُم بِهِۦ مِنْ عِلْمٍ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا
Resmî Divehi Çevirisiއެއުރެންނަށް އެކަމުގެ އެއްވެސް علم އެއް ލިބިގެންނުވާ حال ގައެވެ. ހީއަކަށް މެނުވީ އެއުރެން تبع ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.
See all translations of this verse →
فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ!
See all translations of this verse →
ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ
Resmî Divehi Çevirisiعلم ގެ ތެރެއިން އެއުރެންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ.
See all translations of this verse →
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى
Resmî Divehi Çevirisiއަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. އެއީ ނުބައި عمل ކުޅަމީހުންނަށް އެއުރެންކުޅަ ނުބައި عمل އަށް ޖަޒާދެއްވުމަށެވެ. އަދި ހެޔޮ عمل ކުޅަމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.
See all translations of this verse →
ٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَٰتِكُمْ فَلَا تُزَكُّوٓا۟ أَنفُسَكُمْ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ
Resmî Divehi Çevirisiއެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، فاحش ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ! تقوى ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.
See all translations of this verse →
أَفَرَءَيْتَ ٱلَّذِى تَوَلَّىٰ
Resmî Divehi Çevirisiإيمان ކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟
See all translations of this verse →
وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ
Resmî Divehi Çevirisiإيمان ކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟
See all translations of this verse →
أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ
Resmî Divehi Çevirisiފަހެ، އޭނާޔަށް (އެކަން) އެނގުމަށް އޭނާޔަށް غيب ގެ علم ލިބިފައިވަނީ ހެއްޔެވެ؟
See all translations of this verse →
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ
Resmî Divehi Çevirisiއަދި ކީއްހެއްޔެވެ؟ موسى ގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ خبر އޭނާޔަށް ނުލިބެނީހެއްޔެވެ؟
See all translations of this verse →
وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ
Resmî Divehi Çevirisiއަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، إبراهيم ގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ.
See all translations of this verse →
أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ
Resmî Divehi Çevirisiއަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފަޔެއް ނުއުފުލާނެތެވެ.
See all translations of this verse →
وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ
Resmî Divehi Çevirisiއަދި އިންސާނާޔަށް އޭނާ ކުޅަ عمل އެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ.
See all translations of this verse →
وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އޭނާ ކުޅަ عمل އެއް ނިކަންހުރެ އޭނާ ދެކޭނެތެވެ.
See all translations of this verse →
ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ
Resmî Divehi Çevirisiދެން އޭނާ ކުޅަ عمل އަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.
See all translations of this verse →
وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ
Resmî Divehi Çevirisiއަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
See all translations of this verse →
وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ
Resmî Divehi Çevirisiއަދި ހެއްވަވަނީވެސް، އަދި ރޮއްވަވަނީވެސް ހަމައެކަލާނގެއެވެ.
See all translations of this verse →
وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا
Resmî Divehi Çevirisiއަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ.
See all translations of this verse →
وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ
Resmî Divehi Çevirisiއަދި رحم ގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.
See all translations of this verse →
مِن نُّطْفَةٍ إِذَا تُمْنَىٰ
Resmî Divehi Çevirisiއަދި رحم ގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.
See all translations of this verse →
وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ
Resmî Divehi Çevirisiއަދި (މަރުވުމަށްފަހު) އަލުން ދިރުއްވުންވަނީވެސް އެކަލާނގެއަށެވެ.
See all translations of this verse →
وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ
Resmî Divehi Çevirisiއަދި މުއްސަނދިކުރައްވަނީވެސް، އަދި فقير ކުރައްވަނީވެސް އެކަލާނގެއެވެ.
See all translations of this verse →
وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ
Resmî Divehi Çevirisiއެކަލާނގެއީ، الشعرى އޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ.
See all translations of this verse →
وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ
Resmî Divehi Çevirisiއަދި ކުރީގެ عاد ބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ.
See all translations of this verse →
وَثَمُودَا۟ فَمَآ أَبْقَىٰ
Resmî Divehi Çevirisiއަދި ثمود ބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ.
See all translations of this verse →
وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ
Resmî Divehi Çevirisiއަދި އޭގެކުރިން نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ.
See all translations of this verse →
وَٱلْمُؤْتَفِكَةَ أَهْوَىٰ
Resmî Divehi Çevirisiއަދި لوط ބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ.
See all translations of this verse →
فَغَشَّىٰهَا مَا غَشَّىٰ
Resmî Divehi Çevirisiފަހެ، އެރަށަށް ޖެއްސެވި عذاب އެއް ޖެއްސެވިއެވެ.
See all translations of this verse →
فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ
Resmî Divehi Çevirisiފަހެ، ތިބާ شك ކުރަނީ ތިބާގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟
See all translations of this verse →
هَٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ
Resmî Divehi Çevirisiމިއީ (އެބަހީ: محمد ގެފާނީ) އިސްވެދިޔަ نذير ންފަދަ نذير އެކެވެ.
See all translations of this verse →
أَزِفَتِ ٱلْـَٔازِفَةُ
Resmî Divehi Çevirisiقيامة ދުވަސް ގާތްވެއްޖެއެވެ.
See all translations of this verse →
لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ
Resmî Divehi Çevirisiاللَّه މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.
See all translations of this verse →
أَفَمِنْ هَٰذَا ٱلْحَدِيثِ تَعْجَبُونَ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން عجائب ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآن އާމެދުގައި) ހެއްޔެވެ؟
See all translations of this verse →
وَتَضْحَكُونَ وَلَا تَبْكُونَ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން عجائب ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآن އާމެދުގައި) ހެއްޔެވެ؟
See all translations of this verse →
وَأَنتُمْ سَٰمِدُونَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުންވަނީ، ބޮޑާވެ غافل ވެގެންނެވެ.
See all translations of this verse →
فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް سجدة ކުރާށެވެ! (އަދި ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރާށެވެ!
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→