ސޫރަތު As-Saaffaat الصافات
182 verses · Mecca · revelation order 56
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلصَّٰٓفَّٰتِ صَفًّا
Resmî Divehi Çevirisiސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ.
See all translations of this verse →
فَٱلزَّٰجِرَٰتِ زَجْرًا
Resmî Divehi Çevirisiސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ.
See all translations of this verse →
فَٱلتَّٰلِيَٰتِ ذِكْرًا
Resmî Divehi Çevirisiސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ.
See all translations of this verse →
إِنَّ إِلَٰهَكُمْ لَوَٰحِدٌ
Resmî Divehi Çevirisiހަމަކަށަވަރުން، ތިޔަބައިމީހުންގެ إله އަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَٰرِقِ
Resmî Divehi Çevirisi(އެކަލާނގެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާ ތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ވެރިރަސްކަލާނގެއެވެ.
See all translations of this verse →
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ.
See all translations of this verse →
وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ
Resmî Divehi Çevirisiއަދި ނުކިޔަމަންތެރި ކޮންމެ شيطان އެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ.
See all translations of this verse →
لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
Resmî Divehi Çevirisiމަތިވެރިވެގެންވާ جماعة ން ދައްކަވާ ވާހަކަފުޅަށް (އެބަހީ: ملائكة ން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ شيطان ންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި ހުރިހާ ފަރާތަކުން އެ شيطان ންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ.
See all translations of this verse →
دُحُورًا وَلَهُمْ عَذَابٌ وَاصِبٌ
Resmî Divehi Çevirisiބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ عذاب އެއުރެންނަށް ހުށްޓެވެ.
See all translations of this verse →
إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ
Resmî Divehi Çevirisiކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި شيطان އަކު މެނުވީއެވެ. ފަހެ، އެ شيطان އާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުށްޓެވެ.
See all translations of this verse →
فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ إِنَّا خَلَقْنَٰهُم مِّن طِينٍ لَّازِبٍۭ
Resmî Divehi Çevirisiފަހެ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިބައްލަވާށެވެ! އުނދަގޫކަންބޮޑީ، އެއުރެން ހެއްދެވުންހޭ؟ ނުވަތަ ތިމަންރަސްކަލާނގެ ހެއްދެވި އެނޫންތަކެތިހޭ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ.
See all translations of this verse →
بَلْ عَجِبْتَ وَيَسْخَرُونَ
Resmî Divehi Çevirisiއަދި ކިއެއްތަ! (އެއުރެން ދޮގުކުރާ ކަމާމެދު) ކަލޭގެފާނު عجائب ވެވަޑައިގެންނެވީމުއެވެ. އަދި އެއުރެން އެކަމަށް ފުރައްސާރަކޮށް އުޅެތެވެ.
See all translations of this verse →
وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ
Resmî Divehi Çevirisiއަދި އެއުރެންނަށް ހަނދުމަކޮށްދެއްވައިފިނަމަ، އެއުރެން ހަނދުމައެއް ނުކުރެތެވެ.
See all translations of this verse →
وَإِذَا رَأَوْا۟ ءَايَةً يَسْتَسْخِرُونَ
Resmî Divehi Çevirisiއަދި އެއުރެންނަށް معجزة އެއް ފެނިއްޖެނަމަ، އެއުރެން ފުރައްސާރަކޮށް އުޅެތެވެ.
See all translations of this verse →
وَقَالُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ
Resmî Divehi Çevirisiއަދި އެއުރެން ބުނޫއެވެ. މިއީ، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ.
See all translations of this verse →
أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ
Resmî Divehi Çevirisiތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، ތިމަންމެންނަކީ، އަލުން ދިރުމަކަށް ފޮނުއްވާނެ ބަޔަކުހެއްޔެވެ؟
See all translations of this verse →
أَوَءَابَآؤُنَا ٱلْأَوَّلُونَ
Resmî Divehi Çevirisiއަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
See all translations of this verse →
قُلْ نَعَمْ وَأَنتُمْ دَٰخِرُونَ
Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިޔަބައިމީހުން ނިކަމެތިވެގެންވާ حال ގައެވެ.
See all translations of this verse →
فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ فَإِذَا هُمْ يَنظُرُونَ
Resmî Divehi Çevirisiފަހެ، އެކަންތައް ވާނެކަން ކަށަވަރީ، ބިރުވެރި އެންމެ އަޑަކުންނެވެ. ފަހެ، އެހާރުން، އެއުރެން (ތެދުވެ) ބަލަން ތިބޭނެތެވެ.
See all translations of this verse →
وَقَالُوا۟ يَٰوَيْلَنَا هَٰذَا يَوْمُ ٱلدِّينِ
Resmî Divehi Çevirisiއަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ قيامة ދުވަހެވެ.
See all translations of this verse →
هَٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
Resmî Divehi Çevirisiމިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ.
See all translations of this verse →
ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ
Resmî Divehi Çevirisi(ملائكة ންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!
See all translations of this verse →
مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ
Resmî Divehi Çevirisi(ملائكة ންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!
See all translations of this verse →
وَقِفُوهُمْ إِنَّهُم مَّسْـُٔولُونَ
Resmî Divehi Çevirisiއަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ سؤال ކުރައްވާނޭ ބަޔެކެވެ.
See all translations of this verse →
مَا لَكُمْ لَا تَنَاصَرُونَ
Resmî Divehi Çevirisi(މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟
See all translations of this verse →
بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
Resmî Divehi Çevirisiއަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ.
See all translations of this verse →
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
Resmî Divehi Çevirisiއަދި އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ.
See all translations of this verse →
قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
Resmî Divehi Çevirisi(މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ.
See all translations of this verse →
قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ
Resmî Divehi Çevirisiއެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން مؤمن ން ކަމުގައި ނުވަމުއެވެ.
See all translations of this verse →
وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَٰنٍۭ بَلْ كُنتُمْ قَوْمًا طَٰغِينَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
See all translations of this verse →
فَحَقَّ عَلَيْنَا قَوْلُ رَبِّنَآ إِنَّا لَذَآئِقُونَ
Resmî Divehi Çevirisiފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ عذاب ގެ ބަސްފުޅު حق ވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ عذاب ގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ.
See all translations of this verse →
فَأَغْوَيْنَٰكُمْ إِنَّا كُنَّا غَٰوِينَ
Resmî Divehi Çevirisiފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ.
See all translations of this verse →
فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ
Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން عذاب ގައި ބައިވެރިވެގެންވާ މީހުންނެވެ.
See all translations of this verse →
إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ
Resmî Divehi Çevirisiހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.
See all translations of this verse →
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ
Resmî Divehi Çevirisiހަމަކަށަވަރުން، اللَّه މެނުވީ إله އަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ.
See all translations of this verse →
وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ
Resmî Divehi Çevirisiއަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إله ންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟
See all translations of this verse →
بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ
Resmî Divehi Çevirisiއަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، حق دين އާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) رسول ން ތެދުކުރެއްވިއެވެ.
See all translations of this verse →
إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ
Resmî Divehi Çevirisiހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި عذاب ގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ.
See all translations of this verse →
وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ.
See all translations of this verse →
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
Resmî Divehi Çevirisiخيار ކުރައްވާފައިވާ، اللَّه ގެ އަޅުން މެނުވީއެވެ.
See all translations of this verse →
أُو۟لَٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ
Resmî Divehi Çevirisiއެއުރެންނަށްޓަކައި އެނގިގެންވާ رزق ވެއެވެ.
See all translations of this verse →
فَوَٰكِهُ وَهُم مُّكْرَمُونَ
Resmî Divehi Çevirisi(އެއީ) މޭވާތަކެވެ. އަދި އެއުރެންނީ މާތްކުރައްވާފައިވާ ބަޔެކެވެ.
See all translations of this verse →
فِى جَنَّٰتِ ٱلنَّعِيمِ
Resmî Divehi Çevirisiنعمة ގެ ސުވަރުގެތަކުގައެވެ.
See all translations of this verse →
عَلَىٰ سُرُرٍ مُّتَقَٰبِلِينَ
Resmî Divehi Çevirisiދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ.
See all translations of this verse →
يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ
Resmî Divehi Çevirisiހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ.
See all translations of this verse →
بَيْضَآءَ لَذَّةٍ لِّلشَّٰرِبِينَ
Resmî Divehi Çevirisiބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ.
See all translations of this verse →
لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
Resmî Divehi Çevirisiއެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.
See all translations of this verse →
وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ عِينٌ
Resmî Divehi Çevirisiއަދި ކަޅިރަވަ ތޫނު، عفة ތެރި حورالعين ން އެއުރެންގެ ގާތުގައިވެއެވެ.
See all translations of this verse →
كَأَنَّهُنَّ بَيْضٌ مَّكْنُونٌ
Resmî Divehi Çevirisiރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެކަނބަލުންވެއެވެ.
See all translations of this verse →
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
Resmî Divehi Çevirisiފަހެ، އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އަންނާނެތެވެ.
See all translations of this verse →
قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ
Resmî Divehi Çevirisiއެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ.
See all translations of this verse →
يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ
Resmî Divehi Çevirisiއެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން، ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟
See all translations of this verse →
أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَدِينُونَ
Resmî Divehi Çevirisiތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟
See all translations of this verse →
قَالَ هَلْ أَنتُم مُّطَّلِعُونَ
Resmî Divehi Çevirisiއޭނާ ބުނާނެތެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟
See all translations of this verse →
فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ
Resmî Divehi Çevirisiދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާޔަށް ފެނުނެވެ.
See all translations of this verse →
قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ
Resmî Divehi Çevirisiއޭނާ ބުނާނެތެވެ. اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ.
See all translations of this verse →
وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ
Resmî Divehi Çevirisiއަދި ތިމަންގެ ވެރިރަސްކަލާނގެ نعمة ދެއްވާފައިނުވާނަމަ، (عذاب ގެ ތެރެޔަށް) حاضر ކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ.
See all translations of this verse →
أَفَمَا نَحْنُ بِمَيِّتِينَ
Resmî Divehi Çevirisiފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذاب ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.
See all translations of this verse →
إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ
Resmî Divehi Çevirisiފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذاب ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.
See all translations of this verse →
إِنَّ هَٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ
Resmî Divehi Çevirisiހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކީ މިއީކަން ކަށަވަރެވެ.
See all translations of this verse →
لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ
Resmî Divehi Çevirisiعمل ކުރާ މީހުން މިފަދަކަންތައް ލިބިގަތުމަށްޓަކައި عمل ކުރާހުށިކަމެވެ!
See all translations of this verse →
أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ
Resmî Divehi Çevirisiضيافة އެއްގެގޮތުން މޮޅީ އެތަންހެއްޔެވެ؟ ނުވަތަ زقّوم ގަސް ހެއްޔެވެ؟
See all translations of this verse →
إِنَّا جَعَلْنَٰهَا فِتْنَةً لِّلظَّٰلِمِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އަނިޔާވެރިންނަށްއޮތް امتحان އެއްކަމުގައި ތިމަންރަސްކަލާނގެ އެ ގަސް ލެއްވީމެވެ.
See all translations of this verse →
إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ
Resmî Divehi Çevirisiހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ.
See all translations of this verse →
طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ
Resmî Divehi Çevirisiއޭގެ މޭވާ، شيطان ންގެ ބޯތަކެކޭ އެއްފަދައެވެ.
See all translations of this verse →
فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ
Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ.
See all translations of this verse →
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ
Resmî Divehi Çevirisiދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّوم އާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއް) އެއުރެންނަށްވާކަން ކަށަވަރެވެ.
See all translations of this verse →
ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ
Resmî Divehi Çevirisiދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ.
See all translations of this verse →
إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ.
See all translations of this verse →
فَهُمْ عَلَىٰٓ ءَاثَٰرِهِمْ يُهْرَعُونَ
Resmî Divehi Çevirisiފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ.
See all translations of this verse →
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ.
See all translations of this verse →
وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް إنذار ކުރައްވާ رسول ން ފޮނުއްވީމެވެ.
See all translations of this verse →
فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُنذَرِينَ
Resmî Divehi Çevirisiފަހެ، إنذار ވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
See all translations of this verse →
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
Resmî Divehi Çevirisiاللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ.
See all translations of this verse →
وَلَقَدْ نَادَىٰنَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ
Resmî Divehi Çevirisiހަމަކަށަވަރުން، نوح ގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ!
See all translations of this verse →
وَنَجَّيْنَٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرق ން) ސަލާމަތްކުރެއްވީމެވެ.
See all translations of this verse →
وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ
Resmî Divehi Çevirisiއަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
See all translations of this verse →
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ
Resmî Divehi Çevirisiއަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
See all translations of this verse →
سَلَٰمٌ عَلَىٰ نُوحٍ فِى ٱلْعَٰلَمِينَ
Resmî Divehi Çevirisiعالم ތަކުގައި نوح ގެފާނުގެ މައްޗަށް سلام ހުށްޓެވެ.
See all translations of this verse →
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Resmî Divehi Çevirisiإحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
See all translations of this verse →
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.
See all translations of this verse →
ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ
Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ.
See all translations of this verse →
وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަލޭގެފާނުންގެ ގޮތަށް تبع ވެގެންވާ މީހުންގެ ތެރެއިން إبراهيم ގެފާނުވެއެވެ.
See all translations of this verse →
إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ
Resmî Divehi Çevirisi(އެއީ) ސަލާމަތުންވާ ހިތަކާއިގެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް توجّه ވެވަޑައިގެންނެވި ހިނދުގައެވެ.
See all translations of this verse →
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ
Resmî Divehi Çevirisi(އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށް ހެއްޔެވެ؟
See all translations of this verse →
أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ
Resmî Divehi Çevirisiاللَّه ފިޔަވައި ދޮގު إله ންތަކަކަށް ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟
See all translations of this verse →
فَمَا ظَنُّكُم بِرَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiފަހެ، عالم ތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟
See all translations of this verse →
فَنَظَرَ نَظْرَةً فِى ٱلنُّجُومِ
Resmî Divehi Çevirisiފަހެ (އެއުރެންގެ عيد އަކަށް ނުކުމެވަޑައިގަތުމަށް ދެންނެވުމުން) އެކަލޭގެފާނު ފުން ނަޒަރަކުން ތަރިތަކަށް ބައްލަވައިލެއްވިއެވެ.
See all translations of this verse →
فَقَالَ إِنِّى سَقِيمٌ
Resmî Divehi Çevirisiދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ.
See all translations of this verse →
فَتَوَلَّوْا۟ عَنْهُ مُدْبِرِينَ
Resmî Divehi Çevirisiދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ.
See all translations of this verse →
فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ
Resmî Divehi Çevirisiފަހެ، އެކަލޭގެފާނު އެއުރެންގެ إله ންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟
See all translations of this verse →
مَا لَكُمْ لَا تَنطِقُونَ
Resmî Divehi Çevirisiކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟
See all translations of this verse →
فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ
Resmî Divehi Çevirisiފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ.
See all translations of this verse →
فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ
Resmî Divehi Çevirisiފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ.
See all translations of this verse →
قَالَ أَتَعْبُدُونَ مَا تَنْحِتُونَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައި މަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟
See all translations of this verse →
وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّه އެވެ.
See all translations of this verse →
قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَٰنًا فَأَلْقُوهُ فِى ٱلْجَحِيمِ
Resmî Divehi Çevirisiއެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ!
See all translations of this verse →
فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَٰهُمُ ٱلْأَسْفَلِينَ
Resmî Divehi Çevirisiފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.
See all translations of this verse →
وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ
Resmî Divehi Çevirisiއަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން هجرة ކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ أمر ކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ.
See all translations of this verse →
رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ
Resmî Divehi Çevirisiއަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!
See all translations of this verse →
فَبَشَّرْنَٰهُ بِغُلَٰمٍ حَلِيمٍ
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ.
See all translations of this verse →
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ قَالَ يَٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ
Resmî Divehi Çevirisiފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.
See all translations of this verse →
فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ
Resmî Divehi Çevirisiފަހެ، އެ ދެބަފައިކަލުން (اللَّه އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيم ގެފާނެވެ!
See all translations of this verse →
وَنَٰدَيْنَٰهُ أَن يَٰٓإِبْرَٰهِيمُ
Resmî Divehi Çevirisiފަހެ، އެ ދެބަފައިކަލުން (اللَّه އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيم ގެފާނެވެ!
See all translations of this verse →
قَدْ صَدَّقْتَ ٱلرُّءْيَآ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
See all translations of this verse →
إِنَّ هَٰذَا لَهُوَ ٱلْبَلَٰٓؤُا۟ ٱلْمُبِينُ
Resmî Divehi Çevirisiހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحان ކަން ކަށަވަރެވެ.
See all translations of this verse →
وَفَدَيْنَٰهُ بِذِبْحٍ عَظِيمٍ
Resmî Divehi Çevirisiއަދި قدر ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.
See all translations of this verse →
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ
Resmî Divehi Çevirisiއަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
See all translations of this verse →
سَلَٰمٌ عَلَىٰٓ إِبْرَٰهِيمَ
Resmî Divehi Çevirisiإبراهيم ގެފާނުގެ މައްޗަށް سلام ހުށްޓެވެ.
See all translations of this verse →
كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Resmî Divehi Çevirisiإحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
See all translations of this verse →
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.
See all translations of this verse →
وَبَشَّرْنَٰهُ بِإِسْحَٰقَ نَبِيًّا مِّنَ ٱلصَّٰلِحِينَ
Resmî Divehi Çevirisiއަދި صالح ންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاق ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
See all translations of this verse →
وَبَٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَٰقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ
Resmî Divehi Çevirisiއަދި އެކަލޭގެފާނާއި، إسحاق ގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركات ލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ نفس އަށް އަނިޔާކުރާ މީހުންވެއެވެ.
See all translations of this verse →
وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ
Resmî Divehi Çevirisiއަދި موسى ގެފާނާއި، هارون ގެފާނަށް ތިމަންރަސްކަލާނގެ (ނަބީކަމުގެ) نعمة ދެއްވީމެވެ.
See all translations of this verse →
وَنَجَّيْنَٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ قوم ގެމީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ.
See all translations of this verse →
وَنَصَرْنَٰهُمْ فَكَانُوا۟ هُمُ ٱلْغَٰلِبِينَ
Resmî Divehi Çevirisiއަދި ތިމަން ރަސްކަލާނގެ އެއުރެންނަށް نصر ދެއްވީމެވެ. ފަހެ، ގަދަވިބަޔަކު ކަމުގައިވީ، ހަމައެއުރެންނެވެ.
See all translations of this verse →
وَءَاتَيْنَٰهُمَا ٱلْكِتَٰبَ ٱلْمُسْتَبِينَ
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނަށް بيان ވެގެންވާ ފޮތް (އެބަހީ: توراة) ދެއްވީމެވެ.
See all translations of this verse →
وَهَدَيْنَٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.
See all translations of this verse →
وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ
Resmî Divehi Çevirisiއަދި ފަހުން އަންނަވި أمّة ތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
See all translations of this verse →
سَلَٰمٌ عَلَىٰ مُوسَىٰ وَهَٰرُونَ
Resmî Divehi Çevirisiموسى ގެފާނާއި، هارون ގެފާނުގެ މައްޗަށް سلام ހުށްޓެވެ.
See all translations of this verse →
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Resmî Divehi Çevirisiإحسان ތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
See all translations of this verse →
إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެ ދެބޭކަލުންވަނީ ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.
See all translations of this verse →
وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ
Resmî Divehi Çevirisiހަމަކަށަވަރުން، إلياس ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ.
See all translations of this verse →
إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ
Resmî Divehi Çevirisiއެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوى ވެރި ނުވާނޫހެއްޔެވެ؟
See all translations of this verse →
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَٰلِقِينَ
Resmî Divehi Çevirisiއެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعل އަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعل އަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.)
See all translations of this verse →
ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ
Resmî Divehi Çevirisiއެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّه އެވެ.
See all translations of this verse →
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
Resmî Divehi Çevirisiފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން ކަށަވަރެވެ.
See all translations of this verse →
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
Resmî Divehi Çevirisiاللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ.
See all translations of this verse →
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ
Resmî Divehi Çevirisiއަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
See all translations of this verse →
سَلَٰمٌ عَلَىٰٓ إِلْ يَاسِينَ
Resmî Divehi Çevirisiإلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ.
See all translations of this verse →
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Resmî Divehi Çevirisiإحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
See all translations of this verse →
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.
See all translations of this verse →
وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ
Resmî Divehi Çevirisiހަމަކަށަވަރުން، لوط ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ.
See all translations of this verse →
إِذْ نَجَّيْنَٰهُ وَأَهْلَهُۥٓ أَجْمَعِينَ
Resmî Divehi Çevirisiތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ!
See all translations of this verse →
إِلَّا عَجُوزًا فِى ٱلْغَٰبِرِينَ
Resmî Divehi Çevirisiعذاب ލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ.
See all translations of this verse →
ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ
Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ.
See all translations of this verse →
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ
Resmî Divehi Çevirisiހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
See all translations of this verse →
وَبِٱلَّيْلِ أَفَلَا تَعْقِلُونَ
Resmî Divehi Çevirisiހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
See all translations of this verse →
وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ
Resmî Divehi Çevirisiހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ.
See all translations of this verse →
إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ
Resmî Divehi Çevirisiއެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!
See all translations of this verse →
فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ
Resmî Divehi Çevirisiފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ.
See all translations of this verse →
فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ
Resmî Divehi Çevirisiފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ.
See all translations of this verse →
فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ
Resmî Divehi Çevirisiފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.
See all translations of this verse →
لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ
Resmî Divehi Çevirisiފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.
See all translations of this verse →
فَنَبَذْنَٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ.
See all translations of this verse →
وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ.
See all translations of this verse →
وَأَرْسَلْنَٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ
Resmî Divehi Çevirisiއަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.
See all translations of this verse →
فَـَٔامَنُوا۟ فَمَتَّعْنَٰهُمْ إِلَىٰ حِينٍ
Resmî Divehi Çevirisiފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.
See all translations of this verse →
فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ
Resmî Divehi Çevirisi(އޭ محمد ގެފާނެވެ!) ފަހެ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެންދަރިން ތިބެފައި އެއުރެންނަށް ފިރިހެންދަރިން ވަނީހެއްޔެވެ؟
See all translations of this verse →
أَمْ خَلَقْنَا ٱلْمَلَٰٓئِكَةَ إِنَٰثًا وَهُمْ شَٰهِدُونَ
Resmî Divehi Çevirisiނުވަތަ އެއުރެން حاضر ވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ ملائكة ން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟
See all translations of this verse →
أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ
Resmî Divehi Çevirisiދަންނާށެވެ! ހަމަކަށަވަރުން، اللَّه އަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.
See all translations of this verse →
وَلَدَ ٱللَّهُ وَإِنَّهُمْ لَكَٰذِبُونَ
Resmî Divehi Çevirisiދަންނާށެވެ! ހަމަކަށަވަރުން، اللَّه އަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.
See all translations of this verse →
أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ
Resmî Divehi Çevirisiފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ خيار ކުރެއްވީހެއްޔެވެ؟
See all translations of this verse →
مَا لَكُمْ كَيْفَ تَحْكُمُونَ
Resmî Divehi Çevirisiތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
See all translations of this verse →
أَفَلَا تَذَكَّرُونَ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟
See all translations of this verse →
أَمْ لَكُمْ سُلْطَٰنٌ مُّبِينٌ
Resmî Divehi Çevirisiނުވަތަ ތިޔަބައިމީހުންނަށް بيان ވެގެންވާ دليل އެއް ވަނީހެއްޔެވެ؟
See all translations of this verse →
فَأْتُوا۟ بِكِتَٰبِكُمْ إِن كُنتُمْ صَٰدِقِينَ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليل އަކަށް) ގެނެސްބަލާށެވެ!
See all translations of this verse →
وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًا وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ
Resmî Divehi Çevirisiއަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسب ގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ.
See all translations of this verse →
سُبْحَٰنَ ٱللَّهِ عَمَّا يَصِفُونَ
Resmî Divehi Çevirisiއެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެ ވޮޑިގެންވެއެވެ.
See all translations of this verse →
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
Resmî Divehi Çevirisiاللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ.
See all translations of this verse →
فَإِنَّكُمْ وَمَا تَعْبُدُونَ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ.
See all translations of this verse →
مَآ أَنتُمْ عَلَيْهِ بِفَٰتِنِينَ
Resmî Divehi Çevirisiނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.
See all translations of this verse →
إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ
Resmî Divehi Çevirisiނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.
See all translations of this verse →
وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعْلُومٌ
Resmî Divehi Çevirisi(ملائكة ން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ مقام އެއް ނެތިއެއް ނުވެއެވެ.
See all translations of this verse →
وَإِنَّا لَنَحْنُ ٱلصَّآفُّونَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ ملائكة ންނީމުއެވެ.
See all translations of this verse →
وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ތިމަންމެންނީ تسبيح ކިޔާ ملائكة ންނީމުއެވެ.
See all translations of this verse →
وَإِن كَانُوا۟ لَيَقُولُونَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكة ގެ مشرك ން) ބުނެއުޅެތެވެ.
See all translations of this verse →
لَوْ أَنَّ عِندَنَا ذِكْرًا مِّنَ ٱلْأَوَّلِينَ
Resmî Divehi Çevirisiތިމަންމެންގެ ގާތުގައި، އިހުގެ أمّة ތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّه ގެ، خيار ކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.
See all translations of this verse →
لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
Resmî Divehi Çevirisiތިމަންމެންގެ ގާތުގައި، އިހުގެ أمّة ތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّه ގެ، خيار ކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.
See all translations of this verse →
فَكَفَرُوا۟ بِهِۦ فَسَوْفَ يَعْلَمُونَ
Resmî Divehi Çevirisiފަހެ (އެ قرآن އެއުރެންގެ ގާތަށް އައުމުން) އެއުރެން އެއަށް كافر ވޫއެވެ. ފަހެ، އެއުރެންނަށް (އެކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުށްޓެވެ.
See all translations of this verse →
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ
Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ رسول ންނަށް ތިމަންރަސްކަލާނގެ (نصر ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ.
See all translations of this verse →
إِنَّهُمْ لَهُمُ ٱلْمَنصُورُونَ
Resmî Divehi Çevirisiހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ نصر ލިބިގެންވާ ބޭކަލުންނެވެ.
See all translations of this verse →
وَإِنَّ جُندَنَا لَهُمُ ٱلْغَٰلِبُونَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ لشكر ކަން ކަށަވަރެވެ.
See all translations of this verse →
فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
Resmî Divehi Çevirisiފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!
See all translations of this verse →
وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ
Resmî Divehi Çevirisiއަދި ކަލޭގެފާނު އެއުރެން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނެމެއެވެ.
See all translations of this verse →
أَفَبِعَذَابِنَا يَسْتَعْجِلُونَ
Resmî Divehi Çevirisiފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذاب އަށް ހެއްޔެވެ؟
See all translations of this verse →
فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ
Resmî Divehi Çevirisiފަހެ، އެއުރެން ތިބޭތަނަށް އެ عذاب އަތުވެއްޖެނަމަ، އެ إنذار ވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ!
See all translations of this verse →
وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
Resmî Divehi Çevirisiއަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!
See all translations of this verse →
وَأَبْصِرْ فَسَوْفَ يُبْصِرُونَ
Resmî Divehi Çevirisiއަދި ކަލޭގެފާނު (އެއުރެންނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނޭމެއެވެ.
See all translations of this verse →
سُبْحَٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ
Resmî Divehi Çevirisiއެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، عزّة ގެ ވެރިރަސްކަލާނގެ ހުސްطاهر ވެ ވޮޑިގެންވެއެވެ.
See all translations of this verse →
وَسَلَٰمٌ عَلَى ٱلْمُرْسَلِينَ
Resmî Divehi Çevirisiއަދި (އެންމެހާ) رسول ންގެ މައްޗަށް سلام ހުށްޓެވެ.
See all translations of this verse →
وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiއަދި حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→