caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Saad ص

88 verses · Mecca · revelation order 38

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ صٓ وَٱلْقُرْءَانِ ذِى ٱلذِّكْرِ

Resmî Divehi Çevirisiص (މިއަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، އެއީ حق ތެދެވެ.)

See all translations of this verse →

بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍ وَشِقَاقٍ

Resmî Divehi Çevirisiއަދި ކިއެއްތަ! كافر ވި މީހުންވަނީ ބޮޑާކަމާއި، ދެކޮޅުވެރިކަމެއްގައެވެ.

See all translations of this verse →

كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍ

Resmî Divehi Çevirisiއެއުރެންގެކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ ފަހެ (އެއުރެންނަށް عذاب އައިހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެ وقت އަކީ، ސަލާމަތްވާންދާނެ ތަނެއްއޮތް وقت އެއްނޫނެވެ.

See all translations of this verse →

وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ وَقَالَ ٱلْكَٰفِرُونَ هَٰذَا سَٰحِرٌ كَذَّابٌ

Resmî Divehi Çevirisiއަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.

See all translations of this verse →

أَجَعَلَ ٱلْـَٔالِهَةَ إِلَٰهًا وَٰحِدًا إِنَّ هَٰذَا لَشَىْءٌ عُجَابٌ

Resmî Divehi Çevirisiއެކަލޭގެފާނު ހުރިހާ إله ން އެއް إله އަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު عجائب ވާފަދަ ކަމެއްކަން ކަށަވަރެވެ.

See all translations of this verse →

وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ إِنَّ هَٰذَا لَشَىْءٌ يُرَادُ

Resmî Divehi Çevirisiއަދި އެއުރެންގެ (އެބަހީ: مكة ގެ كافر ންގެ) ބޮޑުން (އެ مجلس ން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إله ންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ.

See all translations of this verse →

مَا سَمِعْنَا بِهَٰذَا فِى ٱلْمِلَّةِ ٱلْـَٔاخِرَةِ إِنْ هَٰذَآ إِلَّا ٱخْتِلَٰقٌ

Resmî Divehi Çevirisiއެންމެފަހު ملّة ގައިވެސް (އެބަހީ: عيسى ގެފާނުގެ ملّة ގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެތެވެ.

See all translations of this verse →

أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا بَلْ هُمْ فِى شَكٍّ مِّن ذِكْرِى بَل لَّمَّا يَذُوقُوا۟ عَذَابِ

Resmî Divehi Çevirisiقرآن ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ، ތިމަންރަސްކަލާނގެ قرآن އާމެދު شك އެއްގައެވެ. އަދި ކިއެއްތަ! އެއުރެންނަށް، ތިމަންރަސްކަލާނގެ عذاب ގެ ރަހަ އަދި ނުލިބެނީއެވެ.

See all translations of this verse →

أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ

Resmî Divehi Çevirisiނުވަތަ ކަލޭގެފާނުގެވެރި، ގަދަފަދަވަންތަ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެ رحمة ގެ خزانة ތައް ވަނީ، އެއުރެންގެ ގާތުގައި ހެއްޔެވެ؟

See all translations of this verse →

أَمْ لَهُم مُّلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَلْيَرْتَقُوا۟ فِى ٱلْأَسْبَٰبِ

Resmî Divehi Çevirisiނުވަތަ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތީގެ ملك ވެރިކަންވަނީ، އެއުރެންނަށް ހެއްޔެވެ؟ އެހެންވިއްޔާ ހަރުގަނޑަކުން އުޑަށް އަރައިބަލާށެވެ!

See all translations of this verse →

جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ ٱلْأَحْزَابِ

Resmî Divehi Çevirisiއެއުރެންނީ އެތާނގައި (އެބަހީ: بدر ގައި) ބަލިވާނެ جماعة ގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكر އެކެވެ.

See all translations of this verse →

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو ٱلْأَوْتَادِ

Resmî Divehi Çevirisiއެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ.

See all translations of this verse →

وَثَمُودُ وَقَوْمُ لُوطٍ وَأَصْحَٰبُ لْـَٔيْكَةِ أُو۟لَٰٓئِكَ ٱلْأَحْزَابُ

Resmî Divehi Çevirisiއެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ.

See all translations of this verse →

إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ

Resmî Divehi Çevirisiއެއިން ކޮންމެބަޔަކުމެ، رسول ން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެތެވެ. ފަހެ (އެއުރެންނަށް) ތިމަންރަސްކަލާނގެ عذاب حق ވެއްޖެއެވެ.

See all translations of this verse →

وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيْحَةً وَٰحِدَةً مَّا لَهَا مِن فَوَاقٍ

Resmî Divehi Çevirisiއަދި އެއުރެން ބިރުވެރި އެންމެ އަޑަކަށްމެނުވީ انتظار އެއް ނުކުރެތެވެ. އެ އަޑު ތަކުރާރުވުމެއްނެތެވެ.

See all translations of this verse →

وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ

Resmî Divehi Çevirisiއެއުރެން ބުނާނެތެވެ. އަޅަމެންގެވެރިރަސްކަލާކޮ! حساب ބައްލަވާދުވަހުގެ ކުރިން، އަޅަމެންގެ عمل ތަކުގެ ފަތް، އަޅަމެންނަށް އަވަހަށް ދެއްވާނދޭވެ!

See all translations of this verse →

ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ إِنَّهُۥٓ أَوَّابٌ

Resmî Divehi Çevirisiއެއުރެން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ އަޅު، داود ގެފާނު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނީ، ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.

See all translations of this verse →

إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް خدمة ތެރި ކުރެއްވީމެވެ. އެތަކެތި، އެކަލޭގެފާނުގެ އަރިހުގައި ހަވީރާއި، ހެނދުނުގައި تسبيح ދަންނަވަތެވެ.

See all translations of this verse →

وَٱلطَّيْرَ مَحْشُورَةً كُلٌّ لَّهُۥٓ أَوَّابٌ

Resmî Divehi Çevirisiއަދި ދޫނިސޫފާސޫފި ޖަމާކުރައްވާފައިވާ حال، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް خدمة ތެރި ކުރެއްވީމެވެ. އެހުރިހާ ތަކެތިވަނީ، އެކަލޭގެފާނަށް تبع ވެ، ކިޔަމަންވެގެންނެވެ.

See all translations of this verse →

وَشَدَدْنَا مُلْكَهُۥ وَءَاتَيْنَٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ރަސްކަން ގަދަފަދަކޮށްދެއްވީމެވެ. އަދި ނަބީކަމާއި، އޮޅުމެއްނެތް ބަޔާންވެގެންވާ ވާހަކަފުޅުދެއްކެވުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.

See all translations of this verse →

وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ

Resmî Divehi Çevirisi(داود ގެފާނު އަޅުކަން ކުރައްވަން އިންނަވާ) محراب ގެ ފާރުމަތިންއެރި خصم ންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

See all translations of this verse →

إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ قَالُوا۟ لَا تَخَفْ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ

Resmî Divehi Çevirisiއެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ!

See all translations of this verse →

إِنَّ هَٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ

Resmî Divehi Çevirisiހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخ އެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ.

See all translations of this verse →

قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌ مَّا هُمْ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ

Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحان ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެން توبة ވެވަޑައިގަތެވެ.

See all translations of this verse →

فَغَفَرْنَا لَهُۥ ذَٰلِكَ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.

See all translations of this verse →

يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ

Resmî Divehi Çevirisiއޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ.

See all translations of this verse →

وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَٰطِلًا ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ

Resmî Divehi Çevirisiތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި باطل ގޮތެއްގައި ނަހައްދަވަމެވެ. އެއީ كافر ވި މީހުން ހީކުރާގޮތެވެ. ފަހެ، كافر ވި މީހުންނަށް، ނަރަކައިގެ عذاب ން ހަލާކުހުށްޓެވެ.

See all translations of this verse →

أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ

Resmî Divehi Çevirisiނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل ތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟

See all translations of this verse →

كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ

Resmî Divehi Çevirisi(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.

See all translations of this verse →

وَوَهَبْنَا لِدَاوُۥدَ سُلَيْمَٰنَ نِعْمَ ٱلْعَبْدُ إِنَّهُۥٓ أَوَّابٌ

Resmî Divehi Çevirisiތިމަންރަސްކަލާނގެ داود ގެފާނަށް سليمان ގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.

See all translations of this verse →

إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّٰفِنَٰتُ ٱلْجِيَادُ

Resmî Divehi Çevirisi(އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: سليمان ގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނުހިނދު ހަނދުމަކުރާށެވެ!

See all translations of this verse →

فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ

Resmî Divehi Çevirisiފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުން ފިޔަވައި، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާނދެން އަހަށް ލޯބިކުރުން، އަހުރެންނަށް އިސްކުރެވިއްޖެއެވެ.

See all translations of this verse →

رُدُّوهَا عَلَىَّ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ

Resmî Divehi Çevirisiއެ އަސްތައް އަހުރެންގެ ކައިރިޔަށް އަނބުރައި ގެންނާށެވެ! ދެން އެތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެތަކެތިން صدقات ކުރެއްވިއެވެ.)

See all translations of this verse →

وَلَقَدْ فَتَنَّا سُلَيْمَٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ سليمان ގެފާނު امتحان ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ تخت ގެ މައްޗަށް ހަށިގަނޑެއް އެއްލެވީމެވެ. ދެން އެކަލޭގެފާނު (توبة ވެވަޑައިގެން) އެނބުރި رجوع ވެވަޑައިގަތެވެ.

See all translations of this verse →

قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِىٓ إِنَّكَ أَنتَ ٱلْوَهَّابُ

Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ.

See all translations of this verse →

فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވައި خدمة ތެރިކޮށްދެއްވީމެވެ. އެކަލޭގެފާނުގެ أمر ފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ.

See all translations of this verse →

وَٱلشَّيَٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ

Resmî Divehi Çevirisiއަދި ޖިންނި شيطان ން، އެކަލޭގެފާނަށް خدمة ތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ.

See all translations of this verse →

وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ

Resmî Divehi Çevirisiއަދި (އޭގެތެރެއިން) އަނެއްބަޔަކު ކަސްތަޅު އަޅުއްވައި ހައްޔަރުކުރައްވާފައިވެއެވެ.

See all translations of this verse →

هَٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ

Resmî Divehi Çevirisiމިއީ ތިމަންރަސްކަލާނގެ ދެއްވިހާ ތަކެއްޗެވެ. ފަހެ، ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ! ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވައި) ހިފަހައްޓަވާށެވެ! (އެކަމާމެދު) ކަލޭގެފާނާ سؤال އެއް ނުކުރައްވާނެތެވެ.

See all translations of this verse →

وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.

See all translations of this verse →

وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَٰنُ بِنُصْبٍ وَعَذَابٍ

Resmî Divehi Çevirisiތިމަންރަސްކަލާނގެ އަޅު أيّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.

See all translations of this verse →

ٱرْكُضْ بِرِجْلِكَ هَٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ

Resmî Divehi Çevirisi(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ.

See all translations of this verse →

وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ.

See all translations of this verse →

وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ إِنَّا وَجَدْنَٰهُ صَابِرًا نِّعْمَ ٱلْعَبْدُ إِنَّهُۥٓ أَوَّابٌ

Resmî Divehi Çevirisiއަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ خلاف ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.

See all translations of this verse →

وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عمل ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهل ވެރިންނެވެ.

See all translations of this verse →

إِنَّآ أَخْلَصْنَٰهُم بِخَالِصَةٍ ذِكْرَى ٱلدَّارِ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު خصيلة އަކުން މާތްކުރައްވައި، خيار ކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ.

See all translations of this verse →

وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންރަސްކަލާނގެ حضرة ގައި خيار ކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ.

See all translations of this verse →

وَٱذْكُرْ إِسْمَٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ وَكُلٌّ مِّنَ ٱلْأَخْيَارِ

Resmî Divehi Çevirisiއަދ إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ.

See all translations of this verse →

هَٰذَا ذِكْرٌ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍ

Resmî Divehi Çevirisiމިއީ (އެބޭކަލުންނަށްވާ) ރިވެތި ހަނދާން ކުރުމަކާއި، شرف އެކެވެ. އަދި ހަމަކަށަވަރުން، تقوى ވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.

See all translations of this verse →

جَنَّٰتِ عَدْنٍ مُّفَتَّحَةً لَّهُمُ ٱلْأَبْوَٰبُ

Resmî Divehi Çevirisi(އެއީ) އެތާނގެ ދޮރުތައް އެއުރެންނަށްޓަކައި ހުޅުވިފައިވާ عدن އެވެ ކިއުނު ސުވަރުގެތަކެވެ.

See all translations of this verse →

مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَٰكِهَةٍ كَثِيرَةٍ وَشَرَابٍ

Resmî Divehi Çevirisiއެއުރެން އެތާނގައި (އެނދު އެނދުގައި) ލެނގިލައިގެން ތިބޭނެތެވެ. އެއުރެން އެތާނގައި ގިނަބާވަތް ބާވަތުގެ މޭވާތަކާއި، ބުއިންތައް ގެންނަން އެދޭނެތެވެ.

See all translations of this verse →

وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ أَتْرَابٌ

Resmî Divehi Çevirisiއަދި އެއުރެންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ.

See all translations of this verse →

هَٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ

Resmî Divehi Çevirisiމިއީ حساب ބައްލަވާދުވަހަށް ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ.

See all translations of this verse →

إِنَّ هَٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ

Resmî Divehi Çevirisiހަމަކަށަވަރުން، މިއީ ތިމަންރަސްކަލާނގެ ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއްނުވެއެވެ.

See all translations of this verse →

هَٰذَا وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٍ

Resmî Divehi Çevirisiކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ.

See all translations of this verse →

جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ

Resmî Divehi Çevirisi(އެއީ) جهنم އެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!

See all translations of this verse →

هَٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ

Resmî Divehi Çevirisiމިއީ عذاب އެވެ. ފަހެ، އެއުރެން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ! (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ.

See all translations of this verse →

وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ

Resmî Divehi Çevirisiއަދި އެފަދަ އެތައްބާވަތެއްގެ އެހެނިހެން عذاب އެއުރެންނަށް ހުށްޓެވެ.

See all translations of this verse →

هَٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ لَا مَرْحَبًۢا بِهِمْ إِنَّهُمْ صَالُوا۟ ٱلنَّارِ

Resmî Divehi Çevirisi(އެއުރެންގެ ބޮޑުންނަށް އަންގަވާނެތެވެ.) މިއީ، ތިޔަބައިމީހުންނާއެކު ނަރަޔަކަށްވަންނަ ބައިގަނޑެކެވެ. އެއުރެންނަށް ތަނަވަސްކަމެއްނެތެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައަށް ވަންނާނެބަޔެކެވެ.

See all translations of this verse →

قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ أَنتُمْ قَدَّمْتُمُوهُ لَنَا فَبِئْسَ ٱلْقَرَارُ

Resmî Divehi Çevirisiއެ (تبع ވީ) މީހުން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނަކަށް ތަނަވަސްކަމެއްނެތެވެ. އެ كافر ކަން އަހުރެމެންނަށް ކުރިމަތިކޮށްދިނީ ތިޔަބައިމީހުންނެވެ. ފަހެ، އެއީ ތިބުމަށް ހާދަހާނުބައިތަނެކެވެ.

See all translations of this verse →

قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدْهُ عَذَابًا ضِعْفًا فِى ٱلنَّارِ

Resmî Divehi Çevirisiއެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް މިކަން ކުރިމަތިކޮށްދިން މީހުންނަށް ނަރަކައިގައި عذاب ދެބައި އިތުރުކުރައްވާނދޭވެ!

See all translations of this verse →

وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ

Resmî Divehi Çevirisiއަދި އެއުރެން ބުނާނެތެވެ. (ދުނިޔޭގައި) އަހަރެމެން ނުލަފާމީހުން ކަމުގައި ހިމަނައިއުޅުނު ފިރިހެނުންތައް އަހުރެމެންނަށް މިނުފެންނަނީ ކީއްވެގެންހެއްޔެވެ؟

See all translations of this verse →

أَتَّخَذْنَٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَٰرُ

Resmî Divehi Çevirisiއެއުރެންނަށް ތިމަންމެން ފުރައްސާރަކޮށް އުޅުނީހެއްޔެވެ؟ ނުވަތަ އެއުރެން ފިޔަވައި ލޯތައް އެހެންފަރާތަކަށް ލެނބުނީހެއްޔެވެ؟

See all translations of this verse →

إِنَّ ذَٰلِكَ لَحَقٌّ تَخَاصُمُ أَهْلِ ٱلنَّارِ

Resmî Divehi Çevirisiހަމަކަށަވަރުން، ނަރަކައިގެ أهل ވެރިންގެ އަރާރުމުގެ ވާހަކައަކީ، އެއީ حق ތެދުކަން ކަށަވަރެވެ.

See all translations of this verse →

قُلْ إِنَّمَآ أَنَا۠ مُنذِرٌ وَمَا مِنْ إِلَٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه މެނުވީ އެހެން إله އަކު ނުވެއެވެ.

See all translations of this verse →

رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّٰرُ

Resmî Divehi Çevirisi(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

See all translations of this verse →

قُلْ هُوَ نَبَؤٌا۟ عَظِيمٌ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! އެއީ (އެބަހީ: قرآن އަކީ) ބޮޑުވެގެންވާ خبر އެކެވެ.

See all translations of this verse →

أَنتُمْ عَنْهُ مُعْرِضُونَ

Resmî Divehi Çevirisiތިޔަބައިމީހުންނީ އެއިން އެއްކިބާވާ ބަޔެކެވެ.

See all translations of this verse →

مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ

Resmî Divehi Çevirisi(آدم ގެފާނާމެދު) މަތިވެރިވެގެންވާ جماعة ގެ މެދުގައި (އެބަހީ: ملائكة ންގެ މެދުގައި) ވާހަކަ ދެކެވުނުހިނދު (وحى ގެ ذريعة އިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެތެވެ.

See all translations of this verse →

إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌ مُّبِينٌ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނަކަށް وحى އެއް ނުއިއްވަވަތެވެ.

See all translations of this verse →

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًا مِّن طِينٍ

Resmî Divehi Çevirisiކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ.

See all translations of this verse →

فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ!

See all translations of this verse →

فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ

Resmî Divehi Çevirisiފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ.

See all translations of this verse →

إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ

Resmî Divehi Çevirisiإبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ.

See all translations of this verse →

قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ

Resmî Divehi Çevirisiއެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرة ފުޅުން (އެއްވެސް واسط އަކާނުލައި) ހެއްދެވި މީހަކަށް سجدة ކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدة ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبر ވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟

See all translations of this verse →

قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

Resmî Divehi Çevirisiއެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ.

See all translations of this verse →

قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

Resmî Divehi Çevirisiއެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭއެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލެއަކީ، رحمة ން ބޭރުކުރައްވާފައިވާ މީހެކެވެ.

See all translations of this verse →

وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لعنة ހުށްޓެވެ.

See all translations of this verse →

قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

Resmî Divehi Çevirisiއެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށްދާނދެން ތިމަން އަޅާއަށް مهلة ދެއްވާނދޭވެ!

See all translations of this verse →

قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ

Resmî Divehi Çevirisiއެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ مهلة ދެއްވާފައިވާ މީހުންގެ ތެsރެއިންނެވެ.

See all translations of this verse →

إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ

Resmî Divehi Çevirisiވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ.

See all translations of this verse →

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ

Resmî Divehi Çevirisiއެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ عزّة ތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ.

See all translations of this verse →

إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ

Resmî Divehi Çevirisiއެއުރެންކުރެ، އިބަރަސްކަލާނގެ خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ.

See all translations of this verse →

قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ

Resmî Divehi Çevirisiއެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިމަންރަސްކަލާނގެއީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރައްވަނީ حق ތެދެވެ.

See all translations of this verse →

لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ

Resmî Divehi Çevirisiހަމަކަށަވަރުން، ކަލޭގެޔާއި އަދި އެއުރެންގެ ތެރެއިން ކަލޭގެޔަށް تبع ވީ ބަޔަކާއި އެ އެންމެންއަޅުއްވައި ނަރަކަ ފުރުއްވާހުށީމެވެ.

See all translations of this verse →

قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އަދި އަމިއްލަޔަށް ހެދިގަނެގެންއުޅޭ މީހުންގެ ތެރެޔަކުންވެސް އަހުރެން ނުވަމެވެ.

See all translations of this verse →

إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ

Resmî Divehi Çevirisiعالم ތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.

See all translations of this verse →

وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ

Resmî Divehi Çevirisiހިނދުކޮޅެއްގެފަހުން އޭގެ خبر (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުށްޓެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70