caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Mursalaat المرسلات

50 verses · Mecca · revelation order 33

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلْمُرْسَلَٰتِ عُرْفًا

Resmî Divehi Çevirisiވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،

See all translations of this verse →

فَٱلْعَٰصِفَٰتِ عَصْفًا

Resmî Divehi Çevirisiއަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،

See all translations of this verse →

وَٱلنَّٰشِرَٰتِ نَشْرًا

Resmî Divehi Çevirisiއަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،

See all translations of this verse →

فَٱلْفَٰرِقَٰتِ فَرْقًا

Resmî Divehi Çevirisiحق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި،

See all translations of this verse →

فَٱلْمُلْقِيَٰتِ ذِكْرًا

Resmî Divehi Çevirisiއަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ.

See all translations of this verse →

عُذْرًا أَوْ نُذْرًا

Resmî Divehi Çevirisiعذر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ.

See all translations of this verse →

إِنَّمَا تُوعَدُونَ لَوَٰقِعٌ

Resmî Divehi Çevirisiހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.

See all translations of this verse →

فَإِذَا ٱلنُّجُومُ طُمِسَتْ

Resmî Divehi Çevirisiފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.

See all translations of this verse →

وَإِذَا ٱلسَّمَآءُ فُرِجَتْ

Resmî Divehi Çevirisiއަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.

See all translations of this verse →

وَإِذَا ٱلْجِبَالُ نُسِفَتْ

Resmî Divehi Çevirisiއަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.

See all translations of this verse →

وَإِذَا ٱلرُّسُلُ أُقِّتَتْ

Resmî Divehi Çevirisiއަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.

See all translations of this verse →

لِأَىِّ يَوْمٍ أُجِّلَتْ

Resmî Divehi Çevirisiއެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟

See all translations of this verse →

لِيَوْمِ ٱلْفَصْلِ

Resmî Divehi Çevirisiނިޔާކުރައްވާ ދުވަހަށެވެ.

See all translations of this verse →

وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ

Resmî Divehi Çevirisiއަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

See all translations of this verse →

أَلَمْ نُهْلِكِ ٱلْأَوَّلِينَ

Resmî Divehi Çevirisiތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟

See all translations of this verse →

ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.

See all translations of this verse →

كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ

Resmî Divehi Çevirisiކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

See all translations of this verse →

أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ

Resmî Divehi Çevirisiދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟

See all translations of this verse →

فَجَعَلْنَٰهُ فِى قَرَارٍ مَّكِينٍ

Resmî Divehi Çevirisiފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.

See all translations of this verse →

إِلَىٰ قَدَرٍ مَّعْلُومٍ

Resmî Divehi Çevirisiއެނގިގެންވާ މުއްދަތަކަށެވެ.

See all translations of this verse →

فَقَدَرْنَا فَنِعْمَ ٱلْقَٰدِرُونَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.

See all translations of this verse →

أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا

Resmî Divehi Çevirisiދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟

See all translations of this verse →

أَحْيَآءً وَأَمْوَٰتًا

Resmî Divehi Çevirisiދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟

See all translations of this verse →

وَجَعَلْنَا فِيهَا رَوَٰسِىَ شَٰمِخَٰتٍ وَأَسْقَيْنَٰكُم مَّآءً فُرَاتًا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

See all translations of this verse →

ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ

Resmî Divehi Çevirisi(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!

See all translations of this verse →

ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ

Resmî Divehi Çevirisiތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!

See all translations of this verse →

لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ

Resmî Divehi Çevirisi(އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.

See all translations of this verse →

إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ

Resmî Divehi Çevirisiހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.

See all translations of this verse →

كَأَنَّهُۥ جِمَٰلَتٌ صُفْرٌ

Resmî Divehi Çevirisiއެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.

See all translations of this verse →

هَٰذَا يَوْمُ لَا يَنطِقُونَ

Resmî Divehi Çevirisiމިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.

See all translations of this verse →

وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ

Resmî Divehi Çevirisiއަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

See all translations of this verse →

هَٰذَا يَوْمُ ٱلْفَصْلِ جَمَعْنَٰكُمْ وَٱلْأَوَّلِينَ

Resmî Divehi Çevirisi(وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.

See all translations of this verse →

فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ!

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

See all translations of this verse →

إِنَّ ٱلْمُتَّقِينَ فِى ظِلَٰلٍ وَعُيُونٍ

Resmî Divehi Çevirisiހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ.

See all translations of this verse →

وَفَوَٰكِهَ مِمَّا يَشْتَهُونَ

Resmî Divehi Çevirisiއަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.

See all translations of this verse →

كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ

Resmî Divehi Çevirisi(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!

See all translations of this verse →

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Resmî Divehi Çevirisiإحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

See all translations of this verse →

كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ

Resmî Divehi Çevirisi(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.

See all translations of this verse →

وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ

Resmî Divehi Çevirisiތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ.

See all translations of this verse →

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

Resmî Divehi Çevirisiދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.

See all translations of this verse →

فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ

Resmî Divehi Çevirisiފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70