ސޫރަތު An-Naba النبإ
40 verses · Mecca · revelation order 80
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ عَمَّ يَتَسَآءَلُونَ
Resmî Divehi Çevirisiއެއުރެން އެކަކު އަނެކަކާ سؤال ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟
See all translations of this verse →
عَنِ ٱلنَّبَإِ ٱلْعَظِيمِ
Resmî Divehi Çevirisiބޮޑުވެގެންވާ خبر އާ މެދުގައެވެ.
See all translations of this verse →
ٱلَّذِى هُمْ فِيهِ مُخْتَلِفُونَ
Resmî Divehi Çevirisiއެ خبر އަކީ، އެއުރެން އެއާމެދު خلاف ވެގެންވާ خبر އެވެ.
See all translations of this verse →
كَلَّا سَيَعْلَمُونَ
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
See all translations of this verse →
ثُمَّ كَلَّا سَيَعْلَمُونَ
Resmî Divehi Çevirisiދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
See all translations of this verse →
أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًا
Resmî Divehi Çevirisiތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟
See all translations of this verse →
وَٱلْجِبَالَ أَوْتَادًا
Resmî Divehi Çevirisiއަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟
See all translations of this verse →
وَخَلَقْنَٰكُمْ أَزْوَٰجًا
Resmî Divehi Çevirisiއަދި (ދެ جنس ން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ.
See all translations of this verse →
وَجَعَلْنَا نَوْمَكُمْ سُبَاتًا
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ.
See all translations of this verse →
وَجَعَلْنَا ٱلَّيْلَ لِبَاسًا
Resmî Divehi Çevirisiއަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ.
See all translations of this verse →
وَجَعَلْنَا ٱلنَّهَارَ مَعَاشًا
Resmî Divehi Çevirisiއަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ.
See all translations of this verse →
وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
Resmî Divehi Çevirisiގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ.
See all translations of this verse →
وَجَعَلْنَا سِرَاجًا وَهَّاجًا
Resmî Divehi Çevirisiއަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ.
See all translations of this verse →
وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا
Resmî Divehi Çevirisiއަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
See all translations of this verse →
لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا
Resmî Divehi Çevirisiއެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ.
See all translations of this verse →
وَجَنَّٰتٍ أَلْفَافًا
Resmî Divehi Çevirisiއަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ.
See all translations of this verse →
إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَٰتًا
Resmî Divehi Çevirisiހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ.
See all translations of this verse →
يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا
Resmî Divehi Çevirisiތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ.
See all translations of this verse →
وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا
Resmî Divehi Çevirisiއަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ.
See all translations of this verse →
وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا
Resmî Divehi Çevirisiއަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.
See all translations of this verse →
إِنَّ جَهَنَّمَ كَانَتْ مِرْصَادًا
Resmî Divehi Çevirisiހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ.
See all translations of this verse →
لِّلطَّٰغِينَ مَـَٔابًا
Resmî Divehi Çevirisiكافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.
See all translations of this verse →
لَّٰبِثِينَ فِيهَآ أَحْقَابًا
Resmî Divehi Çevirisiއެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ.
See all translations of this verse →
لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
Resmî Divehi Çevirisiއެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ.
See all translations of this verse →
إِلَّا حَمِيمًا وَغَسَّاقًا
Resmî Divehi Çevirisiކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ.
See all translations of this verse →
جَزَآءً وِفَاقًا
Resmî Divehi Çevirisi(އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.
See all translations of this verse →
إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا
Resmî Divehi Çevirisiހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ.
See all translations of this verse →
وَكَذَّبُوا۟ بِـَٔايَٰتِنَا كِذَّابًا
Resmî Divehi Çevirisiބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކުރޫއެވެ.
See all translations of this verse →
وَكُلَّ شَىْءٍ أَحْصَيْنَٰهُ كِتَٰبًا
Resmî Divehi Çevirisiއަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ.
See all translations of this verse →
فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.
See all translations of this verse →
إِنَّ لِلْمُتَّقِينَ مَفَازًا
Resmî Divehi Çevirisiހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ.
See all translations of this verse →
حَدَآئِقَ وَأَعْنَٰبًا
Resmî Divehi Çevirisiބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ.
See all translations of this verse →
وَكَوَاعِبَ أَتْرَابًا
Resmî Divehi Çevirisiއަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ.
See all translations of this verse →
وَكَأْسًا دِهَاقًا
Resmî Divehi Çevirisiއަދި ފުރިފައިވާ ރާތަށިތަކެވެ.
See all translations of this verse →
لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا
Resmî Divehi Çevirisiباطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ.
See all translations of this verse →
جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا
Resmî Divehi Çevirisiކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.
See all translations of this verse →
رَّبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَٰنِ لَا يَمْلِكُونَ مِنْهُ خِطَابًا
Resmî Divehi Çevirisiއުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمن ވަންތަ ރަސްކަލާނގެ حضرة ންނެވެ. އެކަލާނގެ حضرة އަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ.
See all translations of this verse →
يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّا لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًا
Resmî Divehi Çevirisiجبريل ގެފާނާއި، ملائكة ން ސަފަކަށް قائم ވެ ތިއްބަވާ ދުވަހެވެ. رحمن ވަންތަ ރަސްކަލާނގެ، އެމީހަކަށް إذن ދެއްވައި، حق ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ.
See all translations of this verse →
ذَٰلِكَ ٱلْيَوْمُ ٱلْحَقُّ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا
Resmî Divehi Çevirisiއެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވުމެއް ހިފައިފާހުށިކަމެވެ!
See all translations of this verse →
إِنَّآ أَنذَرْنَٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَٰلَيْتَنِى كُنتُ تُرَٰبًۢا
Resmî Divehi Çevirisiހަމަކަށަވަރުން، ގާތްވެގެންވާ عذاب އެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→