caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Burooj البروج

22 verses · Mecca · revelation order 27

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ

Resmî Divehi Çevirisiبرج ތަކުގެވެރި އުޑު ގަންދެއްވަމެވެ.

See all translations of this verse →

وَٱلْيَوْمِ ٱلْمَوْعُودِ

Resmî Divehi Çevirisiއަދި وعد ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ.

See all translations of this verse →

وَشَاهِدٍ وَمَشْهُودٍ

Resmî Divehi Çevirisiއަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.

See all translations of this verse →

قُتِلَ أَصْحَٰبُ ٱلْأُخْدُودِ

Resmî Divehi Çevirisiވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ.

See all translations of this verse →

ٱلنَّارِ ذَاتِ ٱلْوَقُودِ

Resmî Divehi Çevirisi(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.

See all translations of this verse →

إِذْ هُمْ عَلَيْهَا قُعُودٌ

Resmî Divehi Çevirisiއެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ.

See all translations of this verse →

وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ

Resmî Divehi Çevirisiمؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ.

See all translations of this verse →

وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ

Resmî Divehi Çevirisiއަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ.

See all translations of this verse →

ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ

Resmî Divehi Çevirisiއެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.

See all translations of this verse →

إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ

Resmî Divehi Çevirisiހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دين ން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ.

See all translations of this verse →

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ

Resmî Divehi Çevirisiހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.

See all translations of this verse →

إِنَّ بَطْشَ رَبِّكَ لَشَدِيدٌ

Resmî Divehi Çevirisiހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ.

See all translations of this verse →

إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ

Resmî Divehi Çevirisiހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ.

See all translations of this verse →

وَهُوَ ٱلْغَفُورُ ٱلْوَدُودُ

Resmî Divehi Çevirisiއަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

ذُو ٱلْعَرْشِ ٱلْمَجِيدُ

Resmî Divehi Çevirisiعرش ގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

فَعَّالٌ لِّمَا يُرِيدُ

Resmî Divehi Çevirisiއިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.

See all translations of this verse →

هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ

Resmî Divehi Çevirisiفرعون އާއި، ثمود ބާގައިގެ لشكر ގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

See all translations of this verse →

فِرْعَوْنَ وَثَمُودَ

Resmî Divehi Çevirisiفرعون އާއި، ثمود ބާގައިގެ لشكر ގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

See all translations of this verse →

بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ

Resmî Divehi Çevirisiއަދި ކިއެއްތަ! كافر ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ.

See all translations of this verse →

وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ

Resmî Divehi Çevirisiاللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ.

See all translations of this verse →

بَلْ هُوَ قُرْءَانٌ مَّجِيدٌ

Resmî Divehi Çevirisiއަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ.

See all translations of this verse →

فِى لَوْحٍ مَّحْفُوظٍۭ

Resmî Divehi Çevirisiއަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70