caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު An-Naazi'aat النازعات

46 verses · Mecca · revelation order 81

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلنَّٰزِعَٰتِ غَرْقًا

Resmî Divehi Çevirisiގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.

See all translations of this verse →

وَٱلنَّٰشِطَٰتِ نَشْطًا

Resmî Divehi Çevirisiއަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمن ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.

See all translations of this verse →

وَٱلسَّٰبِحَٰتِ سَبْحًا

Resmî Divehi Çevirisiއަދި ކަލާނގެ أمر ފުޅުތަކާއިގެން ދަތުރުކުރައްވާ ملائكة ން ގަންދެއްވަމެވެ.

See all translations of this verse →

فَٱلسَّٰبِقَٰتِ سَبْقًا

Resmî Divehi Çevirisiއަދި (مؤمن ންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكة ންނާއިއެވެ.

See all translations of this verse →

فَٱلْمُدَبِّرَٰتِ أَمْرًا

Resmî Divehi Çevirisiއަދި (ދުނިޔޭގެ) ކަންތައްތައް تدبير ކުރެއްވުމުގައި އުޅުއްވާ ملائكة ންނާއިއެވެ.

See all translations of this verse →

يَوْمَ تَرْجُفُ ٱلرَّاجِفَةُ

Resmî Divehi Çevirisi(ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ.

See all translations of this verse →

تَتْبَعُهَا ٱلرَّادِفَةُ

Resmî Divehi Çevirisiއެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ.

See all translations of this verse →

قُلُوبٌ يَوْمَئِذٍ وَاجِفَةٌ

Resmî Divehi Çevirisiއެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ.

See all translations of this verse →

أَبْصَٰرُهَا خَٰشِعَةٌ

Resmî Divehi Çevirisiއެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ.

See all translations of this verse →

يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ

Resmî Divehi Çevirisiއެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟

See all translations of this verse →

أَءِذَا كُنَّا عِظَٰمًا نَّخِرَةً

Resmî Divehi Çevirisiފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟

See all translations of this verse →

قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ

Resmî Divehi Çevirisiއެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ.

See all translations of this verse →

فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ

Resmî Divehi Çevirisiފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.

See all translations of this verse →

فَإِذَا هُم بِٱلسَّاهِرَةِ

Resmî Divehi Çevirisiފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشر ބިމުގައެވެ.

See all translations of this verse →

هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ

Resmî Divehi Çevirisiموسى ގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

See all translations of this verse →

إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى

Resmî Divehi Çevirisiطوى އޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ.

See all translations of this verse →

ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ

Resmî Divehi Çevirisiفرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

See all translations of this verse →

فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ

Resmî Divehi Çevirisiއަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافر ކަމުން طاهر ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟

See all translations of this verse →

وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ

Resmî Divehi Çevirisiއަދި ކަލޭގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ.

See all translations of this verse →

فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ

Resmî Divehi Çevirisiފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ.

See all translations of this verse →

فَكَذَّبَ وَعَصَىٰ

Resmî Divehi Çevirisiފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ.

See all translations of this verse →

ثُمَّ أَدْبَرَ يَسْعَىٰ

Resmî Divehi Çevirisiދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ.

See all translations of this verse →

فَحَشَرَ فَنَادَىٰ

Resmî Divehi Çevirisiފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ.

See all translations of this verse →

فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ

Resmî Divehi Çevirisiފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.

See all translations of this verse →

فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ

Resmî Divehi Çevirisiދެން آخرة އާއި، ދުނިޔޭގެ عقوبات އެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ.

See all translations of this verse →

إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ

Resmî Divehi Çevirisiބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرة އެއްވާކަން ކަށަވަރެވެ.

See all translations of this verse →

ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ بَنَىٰهَا

Resmî Divehi Çevirisiހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.

See all translations of this verse →

رَفَعَ سَمْكَهَا فَسَوَّىٰهَا

Resmî Divehi Çevirisiއެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.

See all translations of this verse →

وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا

Resmî Divehi Çevirisiއަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ.

See all translations of this verse →

وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ

Resmî Divehi Çevirisiއެއަށްފަހު، ބިން ފެތުރުއްވިއެވެ.

See all translations of this verse →

أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا

Resmî Divehi Çevirisiއެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ.

See all translations of this verse →

وَٱلْجِبَالَ أَرْسَىٰهَا

Resmî Divehi Çevirisiއަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ.

See all translations of this verse →

مَتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ

Resmî Divehi Çevirisi(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.

See all translations of this verse →

فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ

Resmî Divehi Çevirisiފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: قيامة ދުވަސް އަންނަހިނދެވެ.)

See all translations of this verse →

يَوْمَ يَتَذَكَّرُ ٱلْإِنسَٰنُ مَا سَعَىٰ

Resmî Divehi Çevirisiއިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ.

See all translations of this verse →

وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ

Resmî Divehi Çevirisiއަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.

See all translations of this verse →

فَأَمَّا مَن طَغَىٰ

Resmî Divehi Çevirisiފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!

See all translations of this verse →

وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا

Resmî Divehi Çevirisiފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!

See all translations of this verse →

فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ

Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.

See all translations of this verse →

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ

Resmî Divehi Çevirisiއަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!

See all translations of this verse →

فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ

Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.

See all translations of this verse →

يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا

Resmî Divehi Çevirisiقيامة ގެ وقت އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ.

See all translations of this verse →

فِيمَ أَنتَ مِن ذِكْرَىٰهَآ

Resmî Divehi Çevirisiއެކަން بيان ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟

See all translations of this verse →

إِلَىٰ رَبِّكَ مُنتَهَىٰهَآ

Resmî Divehi Çevirisiއެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ.

See all translations of this verse →

إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا

Resmî Divehi Çevirisiކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ.

See all translations of this verse →

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا

Resmî Divehi Çevirisiއެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70