caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Abasa عبس

42 verses · Mecca · revelation order 24

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ عَبَسَ وَتَوَلَّىٰٓ

Resmî Divehi Çevirisiއެކަލޭގެފާނު (އެބަހީ: محمد ގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ.

See all translations of this verse →

أَن جَآءَهُ ٱلْأَعْمَىٰ

Resmî Divehi Çevirisiލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ.

See all translations of this verse →

وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ

Resmî Divehi Çevirisiއަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟

See all translations of this verse →

أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ

Resmî Divehi Çevirisiއަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟

See all translations of this verse →

أَمَّا مَنِ ٱسْتَغْنَىٰ

Resmî Divehi Çevirisiއެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ!

See all translations of this verse →

فَأَنتَ لَهُۥ تَصَدَّىٰ

Resmî Divehi Çevirisiފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ.

See all translations of this verse →

وَمَا عَلَيْكَ أَلَّا يَزَّكَّىٰ

Resmî Divehi Çevirisiއެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ.

See all translations of this verse →

وَأَمَّا مَن جَآءَكَ يَسْعَىٰ

Resmî Divehi Çevirisiއަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ!

See all translations of this verse →

وَهُوَ يَخْشَىٰ

Resmî Divehi Çevirisiއަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ!

See all translations of this verse →

فَأَنتَ عَنْهُ تَلَهَّىٰ

Resmî Divehi Çevirisiފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ.

See all translations of this verse →

كَلَّآ إِنَّهَا تَذْكِرَةٌ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ آية ތަކަކީ، ހަނދާންކޮށްދިނުމެކެވެ.

See all translations of this verse →

فَمَن شَآءَ ذَكَرَهُۥ

Resmî Divehi Çevirisiފަހެ، ބޭނުންމީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ!

See all translations of this verse →

فِى صُحُفٍ مُّكَرَّمَةٍ

Resmî Divehi Çevirisiއެ قرآن ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ.

See all translations of this verse →

مَّرْفُوعَةٍ مُّطَهَّرَةٍۭ

Resmî Divehi Çevirisiމަތިވެރި، طاهر ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ.

See all translations of this verse →

بِأَيْدِى سَفَرَةٍ

Resmî Divehi Çevirisiދަތުރުކުރައްވާ ملائكة ންގެ އަތްޕުޅުތަކުގައެވެ.

See all translations of this verse →

كِرَامٍۭ بَرَرَةٍ

Resmî Divehi Çevirisiމާތްވެގެންވާ ހެޔޮލަފާ ملائكة ންނެވެ.

See all translations of this verse →

قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ

Resmî Divehi Çevirisiއިންސާނާއަށް لعنة ލެއްވިއެވެ. އޭނާގެ ހުރި كافر ކަމުގެ ބޮޑުކަމާއެވެ!

See all translations of this verse →

مِنْ أَىِّ شَىْءٍ خَلَقَهُۥ

Resmî Divehi Çevirisiއެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟

See all translations of this verse →

مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ

Resmî Divehi Çevirisiއެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ.

See all translations of this verse →

ثُمَّ ٱلسَّبِيلَ يَسَّرَهُۥ

Resmî Divehi Çevirisiދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ.

See all translations of this verse →

ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ

Resmî Divehi Çevirisiދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ.

See all translations of this verse →

ثُمَّ إِذَا شَآءَ أَنشَرَهُۥ

Resmî Divehi Çevirisiދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ.

See all translations of this verse →

كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ.

See all translations of this verse →

فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ

Resmî Divehi Çevirisiފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ!

See all translations of this verse →

أَنَّا صَبَبْنَا ٱلْمَآءَ صَبًّا

Resmî Divehi Çevirisiބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ.

See all translations of this verse →

ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ.

See all translations of this verse →

فَأَنۢبَتْنَا فِيهَا حَبًّا

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ.

See all translations of this verse →

وَعِنَبًا وَقَضْبًا

Resmî Divehi Çevirisiއަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ.

See all translations of this verse →

وَزَيْتُونًا وَنَخْلًا

Resmî Divehi Çevirisiއަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ.

See all translations of this verse →

وَحَدَآئِقَ غُلْبًا

Resmî Divehi Çevirisiއަދި ގަސްތައްގިނަ ބަގީޗާތަކެވެ.

See all translations of this verse →

وَفَٰكِهَةً وَأَبًّا

Resmî Divehi Çevirisiމޭވާގެ ބާވަތްތަކާއި ހުއިތަކެވެ.

See all translations of this verse →

مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ

Resmî Divehi Çevirisi(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.

See all translations of this verse →

فَإِذَا جَآءَتِ ٱلصَّآخَّةُ

Resmî Divehi Çevirisiފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ.

See all translations of this verse →

يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ

Resmî Divehi Çevirisi(އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.

See all translations of this verse →

وَأُمِّهِۦ وَأَبِيهِ

Resmî Divehi Çevirisi(އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.

See all translations of this verse →

وَصَٰحِبَتِهِۦ وَبَنِيهِ

Resmî Divehi Çevirisi(އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.

See all translations of this verse →

لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

Resmî Divehi Çevirisiއެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ.

See all translations of this verse →

وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ

Resmî Divehi Çevirisiއެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ.

See all translations of this verse →

ضَاحِكَةٌ مُّسْتَبْشِرَةٌ

Resmî Divehi Çevirisiއެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ.

See all translations of this verse →

وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ

Resmî Divehi Çevirisiއަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ.

See all translations of this verse →

تَرْهَقُهَا قَتَرَةٌ

Resmî Divehi Çevirisiއެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ.

See all translations of this verse →

أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ

Resmî Divehi Çevirisiއެއުރެންނީ ހަމަ، ނުލަފާވެގެންވާ كافر ންނެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70