caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Ash-Shams الشمس

15 verses · Mecca · revelation order 26

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلشَّمْسِ وَضُحَىٰهَا

Resmî Divehi Çevirisiއިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.

See all translations of this verse →

وَٱلْقَمَرِ إِذَا تَلَىٰهَا

Resmî Divehi Çevirisiއަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ.

See all translations of this verse →

وَٱلنَّهَارِ إِذَا جَلَّىٰهَا

Resmî Divehi Çevirisiއަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ.

See all translations of this verse →

وَٱلَّيْلِ إِذَا يَغْشَىٰهَا

Resmî Divehi Çevirisiއަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

See all translations of this verse →

وَٱلسَّمَآءِ وَمَا بَنَىٰهَا

Resmî Divehi Çevirisiއަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.

See all translations of this verse →

وَٱلْأَرْضِ وَمَا طَحَىٰهَا

Resmî Divehi Çevirisiއަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.

See all translations of this verse →

وَنَفْسٍ وَمَا سَوَّىٰهَا

Resmî Divehi Çevirisiއަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.

See all translations of this verse →

فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا

Resmî Divehi Çevirisiފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.

See all translations of this verse →

قَدْ أَفْلَحَ مَن زَكَّىٰهَا

Resmî Divehi Çevirisiއެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

See all translations of this verse →

وَقَدْ خَابَ مَن دَسَّىٰهَا

Resmî Divehi Çevirisiއަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.

See all translations of this verse →

كَذَّبَتْ ثَمُودُ بِطَغْوَىٰهَآ

Resmî Divehi Çevirisiثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ.

See all translations of this verse →

إِذِ ٱنۢبَعَثَ أَشْقَىٰهَا

Resmî Divehi Çevirisiއެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.

See all translations of this verse →

فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَٰهَا

Resmî Divehi Çevirisiފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ!

See all translations of this verse →

فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا

Resmî Divehi Çevirisiފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ.

See all translations of this verse →

وَلَا يَخَافُ عُقْبَٰهَا

Resmî Divehi Çevirisiއަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70