caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Balad البلد

20 verses · Mecca · revelation order 35

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ

Resmî Divehi Çevirisiކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް (އެބަހީ: مكة) ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.

See all translations of this verse →

وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ

Resmî Divehi Çevirisiކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް (އެބަހީ: مكة) ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.

See all translations of this verse →

وَوَالِدٍ وَمَا وَلَدَ

Resmî Divehi Çevirisiއަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ.)

See all translations of this verse →

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.

See all translations of this verse →

أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ

Resmî Divehi Çevirisiއެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟

See all translations of this verse →

يَقُولُ أَهْلَكْتُ مَالًا لُّبَدًا

Resmî Divehi Çevirisiއޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ.

See all translations of this verse →

أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ

Resmî Divehi Çevirisiއެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟

See all translations of this verse →

أَلَمْ نَجْعَل لَّهُۥ عَيْنَيْنِ

Resmî Divehi Çevirisiތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟

See all translations of this verse →

وَلِسَانًا وَشَفَتَيْنِ

Resmî Divehi Çevirisiތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟

See all translations of this verse →

وَهَدَيْنَٰهُ ٱلنَّجْدَيْنِ

Resmî Divehi Çevirisiއަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.

See all translations of this verse →

فَلَا ٱقْتَحَمَ ٱلْعَقَبَةَ

Resmî Divehi Çevirisiފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟

See all translations of this verse →

وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ

Resmî Divehi Çevirisiދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

See all translations of this verse →

فَكُّ رَقَبَةٍ

Resmî Divehi Çevirisi(އެއީ) އަޅަކު މިނިވަންކުރުމެވެ.

See all translations of this verse →

أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ

Resmî Divehi Çevirisiނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.

See all translations of this verse →

يَتِيمًا ذَا مَقْرَبَةٍ

Resmî Divehi Çevirisiގާތްތިމާގެ ޔަތީމަކަށެވެ.

See all translations of this verse →

أَوْ مِسْكِينًا ذَا مَتْرَبَةٍ

Resmî Divehi Çevirisiނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.

See all translations of this verse →

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ

Resmî Divehi Çevirisiދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.

See all translations of this verse →

أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ

Resmî Divehi Çevirisiކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.

See all translations of this verse →

وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ.

See all translations of this verse →

عَلَيْهِمْ نَارٌ مُّؤْصَدَةٌۢ

Resmî Divehi Çevirisiއެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70