caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Lail الليل

21 verses · Mecca · revelation order 9

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلَّيْلِ إِذَا يَغْشَىٰ

Resmî Divehi Çevirisiރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

See all translations of this verse →

وَٱلنَّهَارِ إِذَا تَجَلَّىٰ

Resmî Divehi Çevirisiދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ.

See all translations of this verse →

وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ

Resmî Divehi Çevirisiއަދި ފިރިހެން، އަންހެން، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ.

See all translations of this verse →

إِنَّ سَعْيَكُمْ لَشَتَّىٰ

Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.

See all translations of this verse →

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ

Resmî Divehi Çevirisiފަހެ (މުދަލުން) ހޭދަކޮށް (اللَّه އަށް) تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!

See all translations of this verse →

وَصَدَّقَ بِٱلْحُسْنَىٰ

Resmî Divehi Çevirisiފަހެ (މުދަލުން) ހޭދަކޮށް (اللَّه އަށް) تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!

See all translations of this verse →

فَسَنُيَسِّرُهُۥ لِلْيُسْرَىٰ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.

See all translations of this verse →

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ

Resmî Divehi Çevirisiއަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!

See all translations of this verse →

وَكَذَّبَ بِٱلْحُسْنَىٰ

Resmî Divehi Çevirisiއަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!

See all translations of this verse →

فَسَنُيَسِّرُهُۥ لِلْعُسْرَىٰ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.

See all translations of this verse →

وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ

Resmî Divehi Çevirisiއަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.

See all translations of this verse →

إِنَّ عَلَيْنَا لَلْهُدَىٰ

Resmî Divehi Çevirisiހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.

See all translations of this verse →

وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.

See all translations of this verse →

فَأَنذَرْتُكُمْ نَارًا تَلَظَّىٰ

Resmî Divehi Çevirisiފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ.

See all translations of this verse →

لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى

Resmî Divehi Çevirisiބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ.

See all translations of this verse →

ٱلَّذِى كَذَّبَ وَتَوَلَّىٰ

Resmî Divehi Çevirisiއެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.

See all translations of this verse →

وَسَيُجَنَّبُهَا ٱلْأَتْقَى

Resmî Divehi Çevirisiއަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.

See all translations of this verse →

ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ

Resmî Divehi Çevirisiއެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.

See all translations of this verse →

وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ

Resmî Divehi Çevirisiއެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.

See all translations of this verse →

إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ

Resmî Divehi Çevirisiއެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ.

See all translations of this verse →

وَلَسَوْفَ يَرْضَىٰ

Resmî Divehi Çevirisiއަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70