caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު At-Takwir التكوير

29 verses · Mecca · revelation order 7

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلشَّمْسُ كُوِّرَتْ

Resmî Divehi Çevirisiއިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلنُّجُومُ ٱنكَدَرَتْ

Resmî Divehi Çevirisiއަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلْجِبَالُ سُيِّرَتْ

Resmî Divehi Çevirisiއަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلْعِشَارُ عُطِّلَتْ

Resmî Divehi Çevirisiއަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلْوُحُوشُ حُشِرَتْ

Resmî Divehi Çevirisiއަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلْبِحَارُ سُجِّرَتْ

Resmî Divehi Çevirisiއަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.

See all translations of this verse →

وَإِذَا ٱلنُّفُوسُ زُوِّجَتْ

Resmî Divehi Çevirisiއަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.

See all translations of this verse →

وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ

Resmî Divehi Çevirisiއަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ.

See all translations of this verse →

بِأَىِّ ذَنۢبٍ قُتِلَتْ

Resmî Divehi Çevirisiއޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟

See all translations of this verse →

وَإِذَا ٱلصُّحُفُ نُشِرَتْ

Resmî Divehi Çevirisiއަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلسَّمَآءُ كُشِطَتْ

Resmî Divehi Çevirisiއަދި އުޑު ގެންދަވާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلْجَحِيمُ سُعِّرَتْ

Resmî Divehi Çevirisiއަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ.

See all translations of this verse →

وَإِذَا ٱلْجَنَّةُ أُزْلِفَتْ

Resmî Divehi Çevirisiއަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.

See all translations of this verse →

عَلِمَتْ نَفْسٌ مَّآ أَحْضَرَتْ

Resmî Divehi Çevirisiކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.

See all translations of this verse →

فَلَآ أُقْسِمُ بِٱلْخُنَّسِ

Resmî Divehi Çevirisiފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.

See all translations of this verse →

ٱلْجَوَارِ ٱلْكُنَّسِ

Resmî Divehi Çevirisiފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.

See all translations of this verse →

وَٱلَّيْلِ إِذَا عَسْعَسَ

Resmî Divehi Çevirisiއަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

See all translations of this verse →

وَٱلصُّبْحِ إِذَا تَنَفَّسَ

Resmî Divehi Çevirisiއަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.

See all translations of this verse →

إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

Resmî Divehi Çevirisiހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.

See all translations of this verse →

ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ

Resmî Divehi Çevirisiعرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.

See all translations of this verse →

مُّطَاعٍ ثَمَّ أَمِينٍ

Resmî Divehi Çevirisiއެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.

See all translations of this verse →

وَمَا صَاحِبُكُم بِمَجْنُونٍ

Resmî Divehi Çevirisiއަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.

See all translations of this verse →

وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ.

See all translations of this verse →

وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ

Resmî Divehi Çevirisiއަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ.

See all translations of this verse →

وَمَا هُوَ بِقَوْلِ شَيْطَٰنٍ رَّجِيمٍ

Resmî Divehi Çevirisiއަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ.

See all translations of this verse →

فَأَيْنَ تَذْهَبُونَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟

See all translations of this verse →

إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ

Resmî Divehi Çevirisiعالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.

See all translations of this verse →

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

Resmî Divehi Çevirisiތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.

See all translations of this verse →

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

Resmî Divehi Çevirisiعالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70