ސޫރަތު Ash-Shu'araa الشعراء
227 verses · Mecca · revelation order 47
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ طسٓمٓ
Resmî Divehi Çevirisiط س م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
See all translations of this verse →
تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْمُبِينِ
Resmî Divehi Çevirisiމިއީ (ކަންތައްތައް) بيان ވެގެންވާ ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ.
See all translations of this verse →
لَعَلَّكَ بَٰخِعٌ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ
Resmî Divehi Çevirisiއެއުރެން مؤمن ން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!)
See all translations of this verse →
إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةً فَظَلَّتْ أَعْنَٰقُهُمْ لَهَا خَٰضِعِينَ
Resmî Divehi Çevirisiތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން معجزة އެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ.
See all translations of this verse →
وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ ٱلرَّحْمَٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ
Resmî Divehi Çevirisiرحمن ވަންތަ ރަސްކަލާނގެ حضرة ން އެމީހުންގެ ގާތަށް އަންނަ ކޮންމެ އައު آية އަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.
See all translations of this verse →
فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ خبر ތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ.
See all translations of this verse →
أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
Resmî Divehi Çevirisiބިމުގެ (عجائب) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟
See all translations of this verse →
إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّٰلِمِينَ
Resmî Divehi Çevirisiކަލޭގެފާނުގެ ވެރިރަސްކަލާނގެ موسى ގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި قوم ގެމީހުންގެ ގާތަށް ކަލޭގެފާނު (رسول ކަމާއިގެން) ވަޑައިގަންނަވާށެވެ!
See all translations of this verse →
قَوْمَ فِرْعَوْنَ أَلَا يَتَّقُونَ
Resmî Divehi Çevirisiއެއީ فرعون ގެ قوم ގެމީހުންނެވެ. އެއުރެން اللَّه އަށް ބިރުވެތި ނުވަނީހެއްޔެވެ؟
See all translations of this verse →
قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ
Resmî Divehi Çevirisiއެކަލޭގެފާނު (އެބަހީ: موسى ގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.
See all translations of this verse →
وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَٰرُونَ
Resmî Divehi Çevirisiއަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) هارون ގެފާނުގެ އަރިހަށް (وحى އާއިގެން جبريل ގެފާނު) ފޮނުއްވައި ދެއްވާށެވެ!
See all translations of this verse →
وَلَهُمْ عَلَىَّ ذَنۢبٌ فَأَخَافُ أَن يَقْتُلُونِ
Resmî Divehi Çevirisiއެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު قتل ކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.
See all translations of this verse →
قَالَ كَلَّا فَٱذْهَبَا بِـَٔايَٰتِنَآ إِنَّا مَعَكُم مُّسْتَمِعُونَ
Resmî Divehi Çevirisiއެކަލާނގެ وحى ކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ آية ތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ.
See all translations of this verse →
فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiފަހެ، ތިޔަދެބޭކަލުން فرعون ގެގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ عالم ތަކުގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ންނެވެ.
See all translations of this verse →
أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ
Resmî Divehi Çevirisiإسرآءيل ގެދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ!
See all translations of this verse →
قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ
Resmî Divehi Çevirisiއޭނާ (އެބަހީ: فرعون، موسى ގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ عمر ފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ.
See all translations of this verse →
وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَٰفِرِينَ
Resmî Divehi Çevirisiއަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ حال، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ.
See all translations of this verse →
قَالَ فَعَلْتُهَآ إِذًا وَأَنَا۠ مِنَ ٱلضَّآلِّينَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ حال ގައެވެ.
See all translations of this verse →
فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًا وَجَعَلَنِى مِنَ ٱلْمُرْسَلِينَ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (مدين އަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް حكمة އާއި، ވިސްނުން ދެއްވިއެވެ. އަދި رسول ންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ.
See all translations of this verse →
وَتِلْكَ نِعْمَةٌ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ
Resmî Divehi Çevirisiއަދި ތިމަންކަލޭގެފާނަށް ކަލޭ ދިން نعمة އެއްކަމުގައި ތިޔަ ކަލަގޮވާ نعمة އަކީ، ކަލޭ إسرآءيل ގެދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން نعمة އެއް ހެއްޔެވެ؟)
See all translations of this verse →
قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَٰلَمِينَ
Resmî Divehi Çevirisiفرعون ދެންނެވިއެވެ. (ކަލޭގެފާނު އެފަރާތަކުން رسول ކަމާއިގެން ވަޑައިގެންނެވި) عالم ތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟
See all translations of this verse →
قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ إِن كُنتُم مُّوقِنِينَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން يقين ކުރާ ކަމުގައިވާނަމައެވެ.
See all translations of this verse →
قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ
Resmî Divehi Çevirisiއޭނާގެ ވަށައިގެންތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟
See all translations of this verse →
قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.
See all translations of this verse →
قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌ
Resmî Divehi Çevirisiއޭނާ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسول އަކީ، މޮޔައެއްކަން ކަށަވަރެވެ.
See all translations of this verse →
قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ إِن كُنتُمْ تَعْقِلُونَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. އެއީ مشرق އާއި، مغرب އާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ.
See all translations of this verse →
قَالَ لَئِنِ ٱتَّخَذْتَ إِلَٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ
Resmî Divehi Çevirisiއޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންފިޔަވައި އެހެން إله އަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ.
See all translations of this verse →
قَالَ أَوَلَوْ جِئْتُكَ بِشَىْءٍ مُّبِينٍ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ رسول ކަމުގެ މައްޗަށް) بيان ވެގެންވާ دليل އެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟
See all translations of this verse →
قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّٰدِقِينَ
Resmî Divehi Çevirisiއޭނާ ދެންނެވިއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ، دليل ގެންނަވައިބައްލަވާށެވެ!
See all translations of this verse →
فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ
Resmî Divehi Çevirisiދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.
See all translations of this verse →
وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّٰظِرِينَ
Resmî Divehi Çevirisiއަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ.
See all translations of this verse →
قَالَ لِلْمَلَإِ حَوْلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٌ
Resmî Divehi Çevirisiއޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ.
See all translations of this verse →
يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِۦ فَمَاذَا تَأْمُرُونَ
Resmî Divehi Çevirisiއެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާގޮތަކީ ކޮބައިހެއްޔެވެ؟
See all translations of this verse →
قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَٰشِرِينَ
Resmî Divehi Çevirisiއެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ!
See all translations of this verse →
يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ
Resmî Divehi Çevirisiއޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ.
See all translations of this verse →
فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوْمٍ مَّعْلُومٍ
Resmî Divehi Çevirisiފަހެ، އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ وقت އަކަށް ޖާދޫގަރުން އެއްކޮށްފިއެވެ.
See all translations of this verse →
وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ
Resmî Divehi Çevirisiއަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟
See all translations of this verse →
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُوا۟ هُمُ ٱلْغَٰلِبِينَ
Resmî Divehi Çevirisiއެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް تبع ވުމަށްޓަކައެވެ.
See all translations of this verse →
فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَٰلِبِينَ
Resmî Divehi Çevirisiފަހެ، އެ ޖާދޫގަރުން އައިހިނދު، އެއުރެން فرعون އަށް ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟
See all translations of this verse →
قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ ٱلْمُقَرَّبِينَ
Resmî Divehi Çevirisiއޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.
See all translations of this verse →
قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ
Resmî Divehi Çevirisiموسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ!
See all translations of this verse →
فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَٰلِبُونَ
Resmî Divehi Çevirisiފަހެ، އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެން އުކޫއެވެ. އަދި އެއުރެން ބުނޫއެވެ. فرعون ގެ عزّة ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ.
See all translations of this verse →
فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ
Resmî Divehi Çevirisiދެން موسى ގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ، އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.
See all translations of this verse →
فَأُلْقِىَ ٱلسَّحَرَةُ سَٰجِدِينَ
Resmî Divehi Çevirisiފަހެ، އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ.
See all translations of this verse →
قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiއެއުރެން ބުނޫއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ.
See all translations of this verse →
رَبِّ مُوسَىٰ وَهَٰرُونَ
Resmî Divehi Çevirisi(އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ.
See all translations of this verse →
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ
Resmî Divehi Çevirisiއޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ.
See all translations of this verse →
قَالُوا۟ لَا ضَيْرَ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
Resmî Divehi Çevirisiއެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ.
See all translations of this verse →
إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ
Resmî Divehi Çevirisiތިމަންމެން އެންމެފުރަތަމަ إيمان ވީބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ.
See all translations of this verse →
وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ
Resmî Divehi Çevirisiތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، فرعون އާއި އޭނާގެ لشكر ދާނެތެވެ.)
See all translations of this verse →
فَأَرْسَلَ فِرْعَوْنُ فِى ٱلْمَدَآئِنِ حَٰشِرِينَ
Resmî Divehi Çevirisiފަހެ، فرعون، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވިއެވެ.
See all translations of this verse →
إِنَّ هَٰٓؤُلَآءِ لَشِرْذِمَةٌ قَلِيلُونَ
Resmî Divehi Çevirisiހަމަކަށަވަރުން، މިބައިމީހުންނީ، (އެބަހީ: إسرآءيل ގެދަރިންނަކީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ.
See all translations of this verse →
وَإِنَّهُمْ لَنَا لَغَآئِظُونَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެއުރެންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ.
See all translations of this verse →
وَإِنَّا لَجَمِيعٌ حَٰذِرُونَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ.
See all translations of this verse →
فَأَخْرَجْنَٰهُم مِّن جَنَّٰتٍ وَعُيُونٍ
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانة ތަކުންނާއި، މަތިވެރި މާތް مقام ތަކުން އެއުރެން (އެބަހީ: فرعون އާއި، އޭނާގެ قوم ގެމީހުން) ބޭރުކުރެއްވީމެވެ.
See all translations of this verse →
وَكُنُوزٍ وَمَقَامٍ كَرِيمٍ
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانة ތަކުންނާއި، މަތިވެރި މާތް مقام ތަކުން އެއުރެން (އެބަހީ: فرعون އާއި، އޭނާގެ قوم ގެމީހުން) ބޭރުކުރެއްވީމެވެ.
See all translations of this verse →
كَذَٰلِكَ وَأَوْرَثْنَٰهَا بَنِىٓ إِسْرَٰٓءِيلَ
Resmî Divehi Çevirisiއެކަންކުރީ އެފަދައިންނެވެ. އަދި إسرآءيل ގެދަރިންނަށް ތިމަންރަސްކަލާނގެ އެތަކެތި ވާރުތަކުރެއްވީމެވެ.
See all translations of this verse →
فَأَتْبَعُوهُم مُّشْرِقِينَ
Resmî Divehi Çevirisiފަހެ، އެއުރެން (އެބަހީ: فرعون އާއި އޭނާގެ قوم ގެމީހުން) އަނެއްބައި މީހުންގެ ފަހަތުންގޮސް އަރައިހަމަކުރީ، އިރުއެރި ވަގުތުގައެވެ.
See all translations of this verse →
فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ
Resmî Divehi Çevirisiފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، موسى ގެފާނުގެ أصحاب ން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.
See all translations of this verse →
قَالَ كَلَّآ إِنَّ مَعِىَ رَبِّى سَيَهْدِينِ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.
See all translations of this verse →
فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسى ގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ.
See all translations of this verse →
وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ
Resmî Divehi Çevirisiތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فرعون އާއި އޭނާގެ قوم ގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ.
See all translations of this verse →
وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غرق ން) ސަލާމަތް ކުރެއްވީމެވެ.
See all translations of this verse →
ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ
Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ.
See all translations of this verse →
إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ
Resmî Divehi Çevirisi(އޭ محمد ގެފާނެވެ!) ކަލޭގެފާނު، އެއުރެންނަށް إبراهيم ގެފާނުގެ خبر ކިޔައިދެއްވާށެވެ!
See all translations of this verse →
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ
Resmî Divehi Çevirisi(އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ.
See all translations of this verse →
قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَٰكِفِينَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ، އެތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނޫއެވެ.
See all translations of this verse →
قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް دعاء ކޮށް ގޮވާހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟
See all translations of this verse →
أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ
Resmî Divehi Çevirisiނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟
See all translations of this verse →
قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ.
See all translations of this verse →
قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
See all translations of this verse →
أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
See all translations of this verse →
فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَٰلَمِينَ
Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، އެތަކެއްޗަކީ، ތިމަންކަލޭގެފާނުގެ عدوّ ންނެވެ. (އެތަކެއްޗަށް އަޅުކަމެއް ނުކުރައްވާނަމެވެ.) އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާނީ، عالم ތަކުގެ ވެރިރަސްކަލާނގެއަށެވެ.
See all translations of this verse →
ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ
Resmî Divehi Çevirisiއެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ.
See all translations of this verse →
وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ
Resmî Divehi Çevirisiއަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ.
See all translations of this verse →
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
Resmî Divehi Çevirisiއަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.
See all translations of this verse →
وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ
Resmî Divehi Çevirisiއަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ.
See all translations of this verse →
وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ
Resmî Divehi Çevirisiއަދި قيامة ދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ حضرة ންނެވެ.
See all translations of this verse →
رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّٰلِحِينَ
Resmî Divehi Çevirisiއަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علم އާއި، ވިސްނުން ދެއްވާނދޭވެ! އަދި صالح ންގެތެރެއިން މިއަޅާ ލައްވާނދޭވެ!
See all translations of this verse →
وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ
Resmî Divehi Çevirisiފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާނދޭވެ!
See all translations of this verse →
وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ
Resmî Divehi Çevirisiއަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ!
See all translations of this verse →
وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ
Resmî Divehi Çevirisiއަދި މިއަޅާގެ ބައްޕާއަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ.
See all translations of this verse →
وَلَا تُخْزِنِى يَوْمَ يُبْعَثُونَ
Resmî Divehi Çevirisiއަދި އެއުރެން (އެބަހީ: މީސްތަކުން) محشر އަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ!
See all translations of this verse →
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
Resmî Divehi Çevirisiއެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ.
See all translations of this verse →
إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ
Resmî Divehi Çevirisiސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ.
See all translations of this verse →
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ
Resmî Divehi Çevirisiއަދި تقوى ވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެތެވެ.
See all translations of this verse →
وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ
Resmî Divehi Çevirisiއަދި كافر ންނަށް ނަރަކަ ފާޅުކުރައްވާނެތެވެ.
See all translations of this verse →
وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ
Resmî Divehi Çevirisiއަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللَّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصر ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصر ލިބޭހެއްޔެވެ؟
See all translations of this verse →
مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ
Resmî Divehi Çevirisiއަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللَّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصر ދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصر ލިބޭހެއްޔެވެ؟
See all translations of this verse →
فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ
Resmî Divehi Çevirisiފަހެ، އެ ބުދުތަކާއި، كافر ވީ މީހުންނާއި، إبليس ގެ لشكر އާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ.
See all translations of this verse →
وَجُنُودُ إِبْلِيسَ أَجْمَعُونَ
Resmî Divehi Çevirisiފަހެ، އެ ބުދުތަކާއި، كافر ވީ މީހުންނާއި، إبليس ގެ لشكر އާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ.
See all translations of this verse →
قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ
Resmî Divehi Çevirisiއެއުރެން އެ ނަރަކައިގައި އަރާރުންވާ حال ބުނާނެތެވެ.
See all translations of this verse →
تَٱللَّهِ إِن كُنَّا لَفِى ضَلَٰلٍ مُّبِينٍ
Resmî Divehi Çevirisiاللَّه ގަންދީބުނަމުއެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، بيان ވެގެންވާ ފުރެދުމެއްގައެވެ.
See all translations of this verse →
إِذْ نُسَوِّيكُم بِرَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisi(އަޅުކަން ކުރުމުގައި) عالم ތަކުގެ ވެރިރަސްކަލާނގެއާ ތިޔަބައިމީހުންނާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ.
See all translations of this verse →
وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ
Resmî Divehi Çevirisiއަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރިން ފިޔަވައި އެހެން ބައެއްނޫނެވެ.
See all translations of this verse →
فَمَا لَنَا مِن شَٰفِعِينَ
Resmî Divehi Çevirisiފަހެ، ތިމަންމެންނަށް އެއްވެސް شفاعة ތެރިޔަކު ނުވެއެވެ.
See all translations of this verse →
وَلَا صَدِيقٍ حَمِيمٍ
Resmî Divehi Çevirisiއަދި ގާތް رحمة ތެރިޔަކުވެސް ނުވެއެވެ.
See all translations of this verse →
فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ
Resmî Divehi Çevirisiތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوع ވުމެއް ލިބޭނެ ނަމައެވެ. ފަހެ، އޭރުން ތިމަންމެން مؤمن ންގެ ތެރެއިން ވާހުށީމުއެވެ.
See all translations of this verse →
إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ
Resmî Divehi Çevirisiنوح ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ.
See all translations of this verse →
إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ
Resmî Divehi Çevirisi(އެއީ) އެއުރެންނަށް އެއުރެންގެ أخ، نوح ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟
See all translations of this verse →
إِنِّى لَكُمْ رَسُولٌ أَمِينٌ
Resmî Divehi Çevirisiހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiއަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبع ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمان ވާނެތޯއެވެ؟
See all translations of this verse →
قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عمل އާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟
See all translations of this verse →
إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى لَوْ تَشْعُرُونَ
Resmî Divehi Çevirisiތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حساب ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ.
See all translations of this verse →
وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ
Resmî Divehi Çevirisiއަދި إيمان ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
See all translations of this verse →
إِنْ أَنَا۠ إِلَّا نَذِيرٌ مُّبِينٌ
Resmî Divehi Çevirisiبيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ.
See all translations of this verse →
قَالُوا۟ لَئِن لَّمْ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ.
See all translations of this verse →
قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ قوم ގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ.
See all translations of this verse →
فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ
Resmî Divehi Çevirisiފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި إنصاف ކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ مؤمن ތަކުން ސަލާމަތް ކުރައްވާނދޭވެ!
See all translations of this verse →
فَأَنجَيْنَٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ
Resmî Divehi Çevirisiފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ.
See all translations of this verse →
ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ
Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން غرق ކުރެއްވީމެވެ.
See all translations of this verse →
إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެއެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
كَذَّبَتْ عَادٌ ٱلْمُرْسَلِينَ
Resmî Divehi Çevirisiعاد ބާގައިމީހުން رسول ން ދޮގުކުރޫއެވެ.
See all translations of this verse →
إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ
Resmî Divehi Çevirisi(އެއީ) އެއުރެންގެ أخ، هود ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟
See all translations of this verse →
إِنِّى لَكُمْ رَسُولٌ أَمِينٌ
Resmî Divehi Çevirisiހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiއަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.
See all translations of this verse →
أَتَبْنُونَ بِكُلِّ رِيعٍ ءَايَةً تَعْبَثُونَ
Resmî Divehi Çevirisiތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟
See all translations of this verse →
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟
See all translations of this verse →
وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް رحم އެއްނެތި) جبّار ންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
وَٱتَّقُوا۟ ٱلَّذِىٓ أَمَدَّكُم بِمَا تَعْلَمُونَ
Resmî Divehi Çevirisiތިޔަބައިމީހުން ދަންނަ نعمة ތަކުން ތިޔަބައިމީހުންނަށް مدد ދެއްވި ރަސްކަލާނގެއަށް تقوى ވެރިވާށެވެ!
See all translations of this verse →
أَمَدَّكُم بِأَنْعَٰمٍ وَبَنِينَ
Resmî Divehi Çevirisiنعم ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمة ދެއްވިއެވެ.
See all translations of this verse →
وَجَنَّٰتٍ وَعُيُونٍ
Resmî Divehi Çevirisiنعم ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمة ދެއްވިއެވެ.
See all translations of this verse →
إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
Resmî Divehi Çevirisiހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.
See all translations of this verse →
قَالُوا۟ سَوَآءٌ عَلَيْنَآ أَوَعَظْتَ أَمْ لَمْ تَكُن مِّنَ ٱلْوَٰعِظِينَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. ކަލޭގެފާނު نصيحة ދެއްވިޔަސް، ނުވަތަ نصيحة ދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ.
See all translations of this verse →
إِنْ هَٰذَآ إِلَّا خُلُقُ ٱلْأَوَّلِينَ
Resmî Divehi Çevirisiމިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ.
See all translations of this verse →
وَمَا نَحْنُ بِمُعَذَّبِينَ
Resmî Divehi Çevirisiއަދި عذاب ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
See all translations of this verse →
فَكَذَّبُوهُ فَأَهْلَكْنَٰهُمْ إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: هود ގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ
Resmî Divehi Çevirisiثمود ބާގައިމީހުން، رسول ން ދޮގުކުރޫއެވެ.
See all translations of this verse →
إِذْ قَالَ لَهُمْ أَخُوهُمْ صَٰلِحٌ أَلَا تَتَّقُونَ
Resmî Divehi Çevirisi(އެއީ) އެއުރެންގެ أخ، صالح ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟
See all translations of this verse →
إِنِّى لَكُمْ رَسُولٌ أَمِينٌ
Resmî Divehi Çevirisiހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiއަދި އަހުރެން އެ رسول ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.
See all translations of this verse →
أَتُتْرَكُونَ فِى مَا هَٰهُنَآ ءَامِنِينَ
Resmî Divehi Çevirisiމި ދުނިޔެމަތީގައިވާ نعمة ތަކުގައި، أمان ކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެ ހެއްޔެވެ؟
See all translations of this verse →
فِى جَنَّٰتٍ وَعُيُونٍ
Resmî Divehi Çevirisiބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ.
See all translations of this verse →
وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ
Resmî Divehi Çevirisiއަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ.
See all translations of this verse →
وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا فَٰرِهِينَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
وَلَا تُطِيعُوٓا۟ أَمْرَ ٱلْمُسْرِفِينَ
Resmî Divehi Çevirisiއަދި ހައްދުފަހަނަޅައިދާ މީހުންގެ أمر އަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ!
See all translations of this verse →
ٱلَّذِينَ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ
Resmî Divehi Çevirisiއެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި إصلاح އެއް ނުކުރާ މީހުންނެވެ.
See all translations of this verse →
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
See all translations of this verse →
مَآ أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّٰدِقِينَ
Resmî Divehi Çevirisiތިމަންމެންކަހަލަ آدم ގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، معجزة އެއް ގެންނަވައި ބައްލަވާށެވެ!
See all translations of this verse →
قَالَ هَٰذِهِۦ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ جمل އެކެވެ. އެ އެއްޗަށް ބޯފެނުގެ حصّة އެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّة އެއް ވެއެވެ.
See all translations of this verse →
وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ
Resmî Divehi Çevirisiއަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ عذاب އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ.
See all translations of this verse →
فَعَقَرُوهَا فَأَصْبَحُوا۟ نَٰدِمِينَ
Resmî Divehi Çevirisiފަހެ، އެއުރެން އޭތި މަރައިލިއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.
See all translations of this verse →
فَأَخَذَهُمُ ٱلْعَذَابُ إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiފަހެ، އެއުރެންނަށް عذاب އައިސް ޖެހުނެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ
Resmî Divehi Çevirisiلوط ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ.
See all translations of this verse →
إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ
Resmî Divehi Çevirisi(އެއީ) އެއުރެންގެ أخ، لوط ގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟
See all translations of this verse →
إِنِّى لَكُمْ رَسُولٌ أَمِينٌ
Resmî Divehi Çevirisiހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiއަދި އަހުރެން އެ رسول ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.
See all translations of this verse →
أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَٰلَمِينَ
Resmî Divehi Çevirisiخلق ތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟
See all translations of this verse →
وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم بَلْ أَنتُمْ قَوْمٌ عَادُونَ
Resmî Divehi Çevirisiތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلال ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.
See all translations of this verse →
قَالُوا۟ لَئِن لَّمْ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ.
See all translations of this verse →
قَالَ إِنِّى لِعَمَلِكُم مِّنَ ٱلْقَالِينَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عمل އަށް (އެބަހީ: لواط ގެ عمل އަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ.
See all translations of this verse →
رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ
Resmî Divehi Çevirisiއަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عمل ން މިއަޅާއާއި މިއަޅާގެ أهل ވެރިން ސަލާމަތް ކުރައްވާނދޭވެ!
See all translations of this verse →
فَنَجَّيْنَٰهُ وَأَهْلَهُۥٓ أَجْمَعِينَ
Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތް ކުރެއްވީމެވެ.
See all translations of this verse →
إِلَّا عَجُوزًا فِى ٱلْغَٰبِرِينَ
Resmî Divehi Çevirisiعذاب ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ.
See all translations of this verse →
ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ
Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ (އެ قوم ގެ) މީހުން ހަލާކުކުރެއްވީމެވެ.
See all translations of this verse →
وَأَمْطَرْنَا عَلَيْهِم مَّطَرًا فَسَآءَ مَطَرُ ٱلْمُنذَرِينَ
Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، إنذار ކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!
See all translations of this verse →
إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
كَذَّبَ أَصْحَٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ
Resmî Divehi Çevirisiالأيكة ގެ أهل ވެރިން رسول ން ދޮގުކުރޫއެވެ.
See all translations of this verse →
إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ
Resmî Divehi Çevirisi(އެއީ) އެއުރެންނަށް شعيب ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟
See all translations of this verse →
إِنِّى لَكُمْ رَسُولٌ أَمِينٌ
Resmî Divehi Çevirisiހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.
See all translations of this verse →
فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
See all translations of this verse →
وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiއަދި އަހުރެން އެ رسول ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.
See all translations of this verse →
أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ
Resmî Divehi Çevirisiތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!
See all translations of this verse →
وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ
Resmî Divehi Çevirisiއަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ!
See all translations of this verse →
وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުން މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ!
See all translations of this verse →
وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ
Resmî Divehi Çevirisiއަދި ތިޔަބައިމީހުންނާއި، އިސްވެދިޔަ جيل ތައް ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ!
See all translations of this verse →
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ
Resmî Divehi Çevirisiއެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
See all translations of this verse →
وَمَآ أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَٰذِبِينَ
Resmî Divehi Çevirisiއަދި ތިމަންމެންކަހަލަ آدم ގެދަރިޔެއް ކަމުގައި މެނުވީ، ކަލޭގެފާނު ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ހީކުރަނީ، ކަލޭގެފާނު ދޮގުވެރިންގެ ތެރެއިންވާ ކަމަށެވެ.
See all translations of this verse →
فَأَسْقِطْ عَلَيْنَا كِسَفًا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّٰدِقِينَ
Resmî Divehi Çevirisiފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންގެ މައްޗަށް އުޑުން ތަންގަނޑެއް ވައްޓަވައިލައްވަ ބައްލަވާށެވެ!
See all translations of this verse →
قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ
Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ.
See all translations of this verse →
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ
Resmî Divehi Çevirisiފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ عذاب، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ عذاب ވީ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަކަށެވެ.
See all translations of this verse →
إِنَّ فِى ذَٰلِكَ لَـَٔايَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ.
See all translations of this verse →
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
See all translations of this verse →
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ
Resmî Divehi Çevirisiހަމަކަށަވަރުން، އެ قرآن އަކީ، عالم ތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ.
See all translations of this verse →
نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ
Resmî Divehi Çevirisiކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن އާއިގެން ފައިބައިވަޑައިގަތީ، جبريل ގެފާނެވެ. އެއީ (މީސްތަކުންނަށް) إنذار ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.
See all translations of this verse →
عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ
Resmî Divehi Çevirisiކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن އާއިގެން ފައިބައިވަޑައިގަތީ، جبريل ގެފާނެވެ. އެއީ (މީސްތަކުންނަށް) إنذار ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.
See all translations of this verse →
بِلِسَانٍ عَرَبِىٍّ مُّبِينٍ
Resmî Divehi Çevirisi(އެ قرآن ބާވައިލެއްވީ) بيان ވެގެންވާ عرب ބަހުންނެވެ.
See all translations of this verse →
وَإِنَّهُۥ لَفِى زُبُرِ ٱلْأَوَّلِينَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ قرآن ގެ ވާހަކަ ވާކަން ކަށަވަރެވެ.
See all translations of this verse →
أَوَلَمْ يَكُن لَّهُمْ ءَايَةً أَن يَعْلَمَهُۥ عُلَمَٰٓؤُا۟ بَنِىٓ إِسْرَٰٓءِيلَ
Resmî Divehi Çevirisiإسرآءيل ގެދަރިންކުރެ، علم ވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: مكة ގެ مشرك ންނަށް) ހެތްކެއްކަމުގައި ނުވޭހެއްޔެވެ؟
See all translations of this verse →
وَلَوْ نَزَّلْنَٰهُ عَلَىٰ بَعْضِ ٱلْأَعْجَمِينَ
Resmî Divehi Çevirisiއަދި عجمى ންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمان ވާ ބަޔަކު ކަމުގައި ނުވީހެވެ.
See all translations of this verse →
فَقَرَأَهُۥ عَلَيْهِم مَّا كَانُوا۟ بِهِۦ مُؤْمِنِينَ
Resmî Divehi Çevirisiއަދި عجمى ންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمان ވާ ބަޔަކު ކަމުގައި ނުވީހެވެ.
See all translations of this verse →
كَذَٰلِكَ سَلَكْنَٰهُ فِى قُلُوبِ ٱلْمُجْرِمِينَ
Resmî Divehi Çevirisiތިމަންރަސްކަލާނގެ އެފަދައިން ކުށްވެރިންގެ ހިތްތަކަށް ދޮގުކުރުން ވެއްދެވީމެވެ.
See all translations of this verse →
لَا يُؤْمِنُونَ بِهِۦ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ
Resmî Divehi Çevirisiވޭންދެނިވި عذاب އެއުރެންނަށް ފެނިއްޖައުމަށްދާނދެން އެއުރެން އެއަކަށް إيمان އެއް ނުވާނެތެވެ.
See all translations of this verse →
فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ
Resmî Divehi Çevirisiފަހެ، އެއުރެންނަށް ނުވެސް އެނގިތިއްބައި، އެ عذاب އެއުރެންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ.
See all translations of this verse →
فَيَقُولُوا۟ هَلْ نَحْنُ مُنظَرُونَ
Resmî Divehi Çevirisiފަހެ، އެއުރެން ބުނާނެތެވެ. (إيمان ވުމަށްޓަކައި) ތިމަންމެންނަށް ލަސްކޮށްލައްވާނެ ހެއްޔެވެ؟
See all translations of this verse →
أَفَبِعَذَابِنَا يَسْتَعْجِلُونَ
Resmî Divehi Çevirisiފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذاب އަށް ހެއްޔެވެ؟
See all translations of this verse →
أَفَرَءَيْتَ إِن مَّتَّعْنَٰهُمْ سِنِينَ
Resmî Divehi Çevirisiފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
See all translations of this verse →
ثُمَّ جَآءَهُم مَّا كَانُوا۟ يُوعَدُونَ
Resmî Divehi Çevirisiފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
See all translations of this verse →
مَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يُمَتَّعُونَ
Resmî Divehi Çevirisiފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
See all translations of this verse →
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ
Resmî Divehi Çevirisiއެއްވެސް ރަށެއް، އެރަށުގެ أهل ވެރިންނަށް إنذار ކުރައްވާނޭ رسول ން ނުފޮނުއްވައެއް ތިމަންރަސްކަލާނގެ ހަލާކެއް ނުކުރައްވަމެވެ.
See all translations of this verse →
ذِكْرَىٰ وَمَا كُنَّا ظَٰلِمِينَ
Resmî Divehi Çevirisi(އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.
See all translations of this verse →
وَمَا تَنَزَّلَتْ بِهِ ٱلشَّيَٰطِينُ
Resmî Divehi Çevirisiއެ قرآن ގެނެސްދިނީ شيطان ންނެއް ނޫނެވެ.
See all translations of this verse →
وَمَا يَنۢبَغِى لَهُمْ وَمَا يَسْتَطِيعُونَ
Resmî Divehi Çevirisiއަދި އެއީ شيطان ންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ شيطان ންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ.
See all translations of this verse →
إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ
Resmî Divehi Çevirisiހަމަކަށަވަރުން، އެ شيطان ންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ.
See all translations of this verse →
فَلَا تَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ
Resmî Divehi Çevirisiފަހެ، اللَّه އާއެކު އެހެން إله އަކަށް ކަލޭގެފާނު دعاء ކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން عذاب ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ.
See all translations of this verse →
وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ
Resmî Divehi Çevirisiކަލޭގެފާނުގެ އެންމެ ގާތްތިމާގެ قبيلة ގެ މީހުންނަށް إنذار ކުރައްވާށެވެ!
See all translations of this verse →
وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
Resmî Divehi Çevirisiمؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)
See all translations of this verse →
فَإِنْ عَصَوْكَ فَقُلْ إِنِّى بَرِىٓءٌ مِّمَّا تَعْمَلُونَ
Resmî Divehi Çevirisiފަހެ، އެއުރެން ކަލޭގެފާނަށް އުރެދިއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ عمل ތަކުން ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.
See all translations of this verse →
وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ
Resmî Divehi Çevirisiއަދި عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއަށް ކަލޭގެފާނު وكيل ކުރައްވާށެވެ!
See all translations of this verse →
ٱلَّذِى يَرَىٰكَ حِينَ تَقُومُ
Resmî Divehi Çevirisiއެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
وَتَقَلُّبَكَ فِى ٱلسَّٰجِدِينَ
Resmî Divehi Çevirisiއަދި سجدة ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު حركات ތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ.
See all translations of this verse →
إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Resmî Divehi Çevirisiހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ
Resmî Divehi Çevirisiއެއުރެންގެ މައްޗަށް شيطان ން ފައިބާ މީހުންގެ خبر، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟
See all translations of this verse →
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ
Resmî Divehi Çevirisiއެ شيطان ން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ.
See all translations of this verse →
يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ
Resmî Divehi Çevirisiއެ شيطان ން އަޑުއަހާ ތަކެތި (كاهن ންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ.
See all translations of this verse →
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ
Resmî Divehi Çevirisiޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން كافر ންނަށް) تبع ވާނީ މަގުފުރެދިގެންވާ މީހުންނެވެ.
See all translations of this verse →
أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ
Resmî Divehi Çevirisiހަމަކަށަވަރުން، (ބަހުގެ) ކޮންމެ وادى އެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
See all translations of this verse →
وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ
Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ.
See all translations of this verse →
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًا وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ وَسَيَعْلَمُ ٱلَّذِينَ ظَلَمُوٓا۟ أَىَّ مُنقَلَبٍ يَنقَلِبُونَ
Resmî Divehi Çevirisiإيمان ވެ صالح عمل ތައްކޮށް، އަދި ގިނަގިނައިން اللَّه ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، نصر ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوع ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ.
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→