caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Ma'aarij المعارج

44 verses · Mecca · revelation order 79

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ

Resmî Divehi Çevirisiއެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

See all translations of this verse →

لِّلْكَٰفِرِينَ لَيْسَ لَهُۥ دَافِعٌ

Resmî Divehi Çevirisiއެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

See all translations of this verse →

مِّنَ ٱللَّهِ ذِى ٱلْمَعَارِجِ

Resmî Divehi Çevirisiއެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

See all translations of this verse →

تَعْرُجُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ

Resmî Divehi Çevirisiފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكة ންނާއި، جبريل ގެފާނު، އެކަލާނގެ حضرة އަށް އަރާވަޑައިގަންނަވާނެތެވެ.

See all translations of this verse →

فَٱصْبِرْ صَبْرًا جَمِيلًا

Resmî Divehi Çevirisiފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ!

See all translations of this verse →

إِنَّهُمْ يَرَوْنَهُۥ بَعِيدًا

Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ.

See all translations of this verse →

وَنَرَىٰهُ قَرِيبًا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.

See all translations of this verse →

يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ

Resmî Divehi Çevirisiތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ.

See all translations of this verse →

وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ

Resmî Divehi Çevirisiއަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ.

See all translations of this verse →

وَلَا يَسْـَٔلُ حَمِيمٌ حَمِيمًا

Resmî Divehi Çevirisiއަދި، އެދުވަހުން ގާތް رحمة ތެރިޔަކު، رحمة ތެރިޔަކާމެދު سؤال އެއް ނުކުރާނެތެވެ.

See all translations of this verse →

يُبَصَّرُونَهُمْ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ

Resmî Divehi Çevirisiއެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ عذاب ން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، فدية އެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ.

See all translations of this verse →

وَصَٰحِبَتِهِۦ وَأَخِيهِ

Resmî Divehi Çevirisiއަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ أخ ވެސްމެއެވެ.

See all translations of this verse →

وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ

Resmî Divehi Çevirisiއަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ.

See all translations of this verse →

وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ

Resmî Divehi Çevirisiއަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ فدية އޭނާ ސަލާމަތް ކުރޭތޯއެވެ.

See all translations of this verse →

كَلَّآ إِنَّهَا لَظَىٰ

Resmî Divehi Çevirisiހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ.

See all translations of this verse →

نَزَّاعَةً لِّلشَّوَىٰ

Resmî Divehi Çevirisi(އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ حال ގައެވެ.

See all translations of this verse →

تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ

Resmî Divehi Çevirisiފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ.

See all translations of this verse →

وَجَمَعَ فَأَوْعَىٰٓ

Resmî Divehi Çevirisiއަދި މުދާ އެއްކޮށް، خزانة ކުރާ މީހާޔަށްވެސްމެއެވެ.

See all translations of this verse →

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا

Resmî Divehi Çevirisiހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.

See all translations of this verse →

إِذَا مَسَّهُ ٱلشَّرُّ جَزُوعًا

Resmî Divehi Çevirisiއެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.

See all translations of this verse →

وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا

Resmî Divehi Çevirisiއަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ.

See all translations of this verse →

إِلَّا ٱلْمُصَلِّينَ

Resmî Divehi Çevirisiނަމާދުކުރާ މީހުން މެނުވީއެވެ.

See all translations of this verse →

ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ

Resmî Divehi Çevirisiއެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.

See all translations of this verse →

وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ

Resmî Divehi Çevirisiއަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حق އެއްވާ މީހުންނެވެ.

See all translations of this verse →

لِّلسَّآئِلِ وَٱلْمَحْرُومِ

Resmî Divehi Çevirisiއަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حق އެއްވާ މީހުންނެވެ.

See all translations of this verse →

وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ

Resmî Divehi Çevirisiއަދި، އެއުރެންނީ، قيامة ދުވަހަށް إيمان ވެ، ތެދުކުރާ މީހުންނެވެ.

See all translations of this verse →

وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ

Resmî Divehi Çevirisiއަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަށް ބިރުވެތިވާ މީހުންނެވެ.

See all translations of this verse →

إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ

Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަކީ (އެކަލާނގެ أمان ކަންދެއްވިއްޔާމެނުވީ އެއިން) أمان ކަން ލިބިގެންނުވާ عذاب އެކެވެ.

See all translations of this verse →

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ

Resmî Divehi Çevirisiއަދި، އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާ މީހުންނެވެ.

See all translations of this verse →

إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

Resmî Divehi Çevirisiއެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.

See all translations of this verse →

فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ

Resmî Divehi Çevirisiފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.

See all translations of this verse →

وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ

Resmî Divehi Çevirisiއަދި، އެއުރެންނީ، އެއުރެންގެ أمانة ތަކަށާއި، އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ.

See all translations of this verse →

وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ

Resmî Divehi Çevirisiއެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ.

See all translations of this verse →

وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ

Resmî Divehi Çevirisiއަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.

See all translations of this verse →

أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ

Resmî Divehi Çevirisiއެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.

See all translations of this verse →

فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ

Resmî Divehi Çevirisiފަހެ، كافر ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟

See all translations of this verse →

عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ

Resmî Divehi Çevirisiފަހެ، كافر ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟

See all translations of this verse →

أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ

Resmî Divehi Çevirisiنعمة ގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟

See all translations of this verse →

كَلَّآ إِنَّا خَلَقْنَٰهُم مِّمَّا يَعْلَمُونَ

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ.

See all translations of this verse →

فَلَآ أُقْسِمُ بِرَبِّ ٱلْمَشَٰرِقِ وَٱلْمَغَٰرِبِ إِنَّا لَقَٰدِرُونَ

Resmî Divehi Çevirisiފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.

See all translations of this verse →

عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ

Resmî Divehi Çevirisiފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.

See all translations of this verse →

فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ

Resmî Divehi Çevirisiފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

See all translations of this verse →

يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ

Resmî Divehi Çevirisi(އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ.

See all translations of this verse →

خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ

Resmî Divehi Çevirisi(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ حال، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް وعد ކުރައްވާކަމުގައިވީ ދުވަހެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70