caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Haaqqa الحاقة

52 verses · Mecca · revelation order 78

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱلْحَآقَّةُ

Resmî Divehi Çevirisiކަށަވަރުވެގެންވާ قيامة ދުވަހެވެ.

See all translations of this verse →

مَا ٱلْحَآقَّةُ

Resmî Divehi Çevirisiކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟

See all translations of this verse →

وَمَآ أَدْرَىٰكَ مَا ٱلْحَآقَّةُ

Resmî Divehi Çevirisiކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

See all translations of this verse →

كَذَّبَتْ ثَمُودُ وَعَادٌۢ بِٱلْقَارِعَةِ

Resmî Divehi Çevirisiثمود ބާގައިމީހުންނާއި، عاد ބާގައިމީހުން قيامة ދުވަސް ދޮގުކުރޫއެވެ.

See all translations of this verse →

فَأَمَّا ثَمُودُ فَأُهْلِكُوا۟ بِٱلطَّاغِيَةِ

Resmî Divehi Çevirisiފަހެ، ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ.

See all translations of this verse →

وَأَمَّا عَادٌ فَأُهْلِكُوا۟ بِرِيحٍ صَرْصَرٍ عَاتِيَةٍ

Resmî Divehi Çevirisiއަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ.

See all translations of this verse →

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

Resmî Divehi Çevirisiއެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ.

See all translations of this verse →

فَهَلْ تَرَىٰ لَهُم مِّنۢ بَاقِيَةٍ

Resmî Divehi Çevirisiފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟

See all translations of this verse →

وَجَآءَ فِرْعَوْنُ وَمَن قَبْلَهُۥ وَٱلْمُؤْتَفِكَٰتُ بِٱلْخَاطِئَةِ

Resmî Divehi Çevirisiއަދި فرعون އާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ.

See all translations of this verse →

فَعَصَوْا۟ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً

Resmî Divehi Çevirisiފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ.

See all translations of this verse →

إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَٰكُمْ فِى ٱلْجَارِيَةِ

Resmî Divehi Çevirisiފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.

See all translations of this verse →

لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَآ أُذُنٌ وَٰعِيَةٌ

Resmî Divehi Çevirisiއެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ.

See all translations of this verse →

فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ

Resmî Divehi Çevirisiފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ.

See all translations of this verse →

وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً

Resmî Divehi Çevirisiއަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ.

See all translations of this verse →

فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ

Resmî Divehi Çevirisiފަހެ، އެދުވަހުން قيامة ވާ ހުށްޓެވެ.

See all translations of this verse →

وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ

Resmî Divehi Çevirisiއަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ.

See all translations of this verse →

وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَٰنِيَةٌ

Resmî Divehi Çevirisiއަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ.

See all translations of this verse →

يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ

Resmî Divehi Çevirisiއެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ.

See all translations of this verse →

فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَٰبِيَهْ

Resmî Divehi Çevirisiފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!

See all translations of this verse →

إِنِّى ظَنَنتُ أَنِّى مُلَٰقٍ حِسَابِيَهْ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقين ވިއެވެ.

See all translations of this verse →

فَهُوَ فِى عِيشَةٍ رَّاضِيَةٍ

Resmî Divehi Çevirisiފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.

See all translations of this verse →

فِى جَنَّةٍ عَالِيَةٍ

Resmî Divehi Çevirisiމަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.

See all translations of this verse →

قُطُوفُهَا دَانِيَةٌ

Resmî Divehi Çevirisiއެތާނގެ މޭވާތައް ކައިރިވެގެންވެއެވެ.

See all translations of this verse →

كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ

Resmî Divehi Çevirisi(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.

See all translations of this verse →

وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيْتَنِى لَمْ أُوتَ كِتَٰبِيَهْ

Resmî Divehi Çevirisiއަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

See all translations of this verse →

وَلَمْ أَدْرِ مَا حِسَابِيَهْ

Resmî Divehi Çevirisiއަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ!

See all translations of this verse →

يَٰلَيْتَهَا كَانَتِ ٱلْقَاضِيَةَ

Resmî Divehi Çevirisiއޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!

See all translations of this verse →

مَآ أَغْنَىٰ عَنِّى مَالِيَهْ

Resmî Divehi Çevirisiތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.

See all translations of this verse →

هَلَكَ عَنِّى سُلْطَٰنِيَهْ

Resmî Divehi Çevirisiތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ.

See all translations of this verse →

خُذُوهُ فَغُلُّوهُ

Resmî Divehi Çevirisi(زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!

See all translations of this verse →

ثُمَّ ٱلْجَحِيمَ صَلُّوهُ

Resmî Divehi Çevirisiދެން އޭނާ ނަރަކަޔަށް ވައްދާށެވެ!

See all translations of this verse →

ثُمَّ فِى سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَٱسْلُكُوهُ

Resmî Divehi Çevirisiދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!

See all translations of this verse →

إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ

Resmî Divehi Çevirisiހަމަކަށަވަރުން، އޭނާ މާތް اللَّه އަށް إيمان ވާކަމުގައެއް ނުވެއެވެ.

See all translations of this verse →

وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ

Resmî Divehi Çevirisiއަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ.

See all translations of this verse →

فَلَيْسَ لَهُ ٱلْيَوْمَ هَٰهُنَا حَمِيمٌ

Resmî Divehi Çevirisiފަހެ، މިއަދު މިތާކު އޭނާއަކަށް رحمة ތެރިޔަކު ނުވެއެވެ.

See all translations of this verse →

وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ

Resmî Divehi Çevirisiއަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ.

See all translations of this verse →

لَّا يَأْكُلُهُۥٓ إِلَّا ٱلْخَٰطِـُٔونَ

Resmî Divehi Çevirisiކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.

See all translations of this verse →

فَلَآ أُقْسِمُ بِمَا تُبْصِرُونَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ.

See all translations of this verse →

وَمَا لَا تُبْصِرُونَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ.

See all translations of this verse →

إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

Resmî Divehi Çevirisiހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު اللَّه ގެ حضرة ން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ.

See all translations of this verse →

وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلًا مَّا تُؤْمِنُونَ

Resmî Divehi Çevirisiއެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ.

See all translations of this verse →

وَلَا بِقَوْلِ كَاهِنٍ قَلِيلًا مَّا تَذَكَّرُونَ

Resmî Divehi Çevirisiއަދި އެއީ كاهن އެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.

See all translations of this verse →

تَنزِيلٌ مِّن رَّبِّ ٱلْعَٰلَمِينَ

Resmî Divehi Çevirisi(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.

See all translations of this verse →

وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ

Resmî Divehi Çevirisiއަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ.

See all translations of this verse →

لَأَخَذْنَا مِنْهُ بِٱلْيَمِينِ

Resmî Divehi Çevirisiއަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ.

See all translations of this verse →

ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ.

See all translations of this verse →

فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَٰجِزِينَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ عذاب ން ދުރެއްނުކުރެވޭނެތެވެ.

See all translations of this verse →

وَإِنَّهُۥ لَتَذْكِرَةٌ لِّلْمُتَّقِينَ

Resmî Divehi Çevirisiހަމަކަށަވަރުން، އެ قرآن އަކީ، تقوى ވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ.

See all translations of this verse →

وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.

See all translations of this verse →

وَإِنَّهُۥ لَحَسْرَةٌ عَلَى ٱلْكَٰفِرِينَ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެ قرآن އަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ.

See all translations of this verse →

وَإِنَّهُۥ لَحَقُّ ٱلْيَقِينِ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެ قرآن އަކީ، يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ.

See all translations of this verse →

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Resmî Divehi Çevirisiފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70