ސޫރަތު Al-Alaq العلق
19 verses · Mecca · revelation order 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
Resmî Divehi Çevirisiކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ.
See all translations of this verse →
خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ
Resmî Divehi Çevirisiގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
See all translations of this verse →
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ
Resmî Divehi Çevirisiކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
ٱلَّذِى عَلَّمَ بِٱلْقَلَمِ
Resmî Divehi Çevirisiއެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ.
See all translations of this verse →
عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ
Resmî Divehi Çevirisiއިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.
See all translations of this verse →
كَلَّآ إِنَّ ٱلْإِنسَٰنَ لَيَطْغَىٰٓ
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.
See all translations of this verse →
أَن رَّءَاهُ ٱسْتَغْنَىٰٓ
Resmî Divehi Çevirisiއޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.
See all translations of this verse →
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ
Resmî Divehi Çevirisiހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
See all translations of this verse →
أَرَءَيْتَ ٱلَّذِى يَنْهَىٰ
Resmî Divehi Çevirisiއަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
See all translations of this verse →
عَبْدًا إِذَا صَلَّىٰٓ
Resmî Divehi Çevirisiއަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
See all translations of this verse →
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ
Resmî Divehi Çevirisiތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟
See all translations of this verse →
أَوْ أَمَرَ بِٱلتَّقْوَىٰٓ
Resmî Divehi Çevirisiތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟
See all translations of this verse →
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ
Resmî Divehi Çevirisiތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟
See all translations of this verse →
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
Resmî Divehi Çevirisiހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟
See all translations of this verse →
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.
See all translations of this verse →
نَاصِيَةٍ كَٰذِبَةٍ خَاطِئَةٍ
Resmî Divehi Çevirisiއެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.
See all translations of this verse →
فَلْيَدْعُ نَادِيَهُۥ
Resmî Divehi Çevirisiފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!
See all translations of this verse →
سَنَدْعُ ٱلزَّبَانِيَةَ
Resmî Divehi Çevirisiނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ.
See all translations of this verse →
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب
Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) اللَّه ގެ حضرة އަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!
See all translations of this verse →
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→