caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Ad-Dhuhaa الضحى

11 verses · Mecca · revelation order 11

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلضُّحَىٰ

Resmî Divehi Çevirisiދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ.

See all translations of this verse →

وَٱلَّيْلِ إِذَا سَجَىٰ

Resmî Divehi Çevirisiއަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

See all translations of this verse →

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

Resmî Divehi Çevirisiކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.

See all translations of this verse →

وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

Resmî Divehi Çevirisiއަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.

See all translations of this verse →

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ

Resmî Divehi Çevirisiއަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.

See all translations of this verse →

أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ

Resmî Divehi Çevirisiކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ.

See all translations of this verse →

وَوَجَدَكَ ضَآلًّا فَهَدَىٰ

Resmî Divehi Çevirisiއަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ.

See all translations of this verse →

وَوَجَدَكَ عَآئِلًا فَأَغْنَىٰ

Resmî Divehi Çevirisiއަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.

See all translations of this verse →

فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ

Resmî Divehi Çevirisiދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!

See all translations of this verse →

وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ

Resmî Divehi Çevirisiއަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!

See all translations of this verse →

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

Resmî Divehi Çevirisiއަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70