caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Ghaashiya الغاشية

26 verses · Mecca · revelation order 68

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ

Resmî Divehi Çevirisiބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ(އެބަހީ: قيامة ގެ ވާހަކަ) ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

See all translations of this verse →

وُجُوهٌ يَوْمَئِذٍ خَٰشِعَةٌ

Resmî Divehi Çevirisiއެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ.

See all translations of this verse →

عَامِلَةٌ نَّاصِبَةٌ

Resmî Divehi Çevirisiމަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ.

See all translations of this verse →

تَصْلَىٰ نَارًا حَامِيَةً

Resmî Divehi Çevirisiހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ.

See all translations of this verse →

تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ

Resmî Divehi Çevirisiހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ.

See all translations of this verse →

لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

Resmî Divehi Çevirisiކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ.

See all translations of this verse →

لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ

Resmî Divehi Çevirisi) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.

See all translations of this verse →

وُجُوهٌ يَوْمَئِذٍ نَّاعِمَةٌ

Resmî Divehi Çevirisiއެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.

See all translations of this verse →

لِّسَعْيِهَا رَاضِيَةٌ

Resmî Divehi Çevirisiދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ.

See all translations of this verse →

فِى جَنَّةٍ عَالِيَةٍ

Resmî Divehi Çevirisiމަތިވެރިވެގެންވާ ސުވަރުގޭގައެވެ.

See all translations of this verse →

لَّا تَسْمَعُ فِيهَا لَٰغِيَةً

Resmî Divehi Çevirisi) ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ.

See all translations of this verse →

فِيهَا عَيْنٌ جَارِيَةٌ

Resmî Divehi Çevirisiހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ.

See all translations of this verse →

فِيهَا سُرُرٌ مَّرْفُوعَةٌ

Resmî Divehi Çevirisiއުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.

See all translations of this verse →

وَأَكْوَابٌ مَّوْضُوعَةٌ

Resmî Divehi Çevirisiއަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.

See all translations of this verse →

وَنَمَارِقُ مَصْفُوفَةٌ

Resmî Divehi Çevirisiއަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ.

See all translations of this verse →

وَزَرَابِىُّ مَبْثُوثَةٌ

Resmî Divehi Çevirisiއަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.

See all translations of this verse →

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ

Resmî Divehi Çevirisiފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ.

See all translations of this verse →

وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ

Resmî Divehi Çevirisiއަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟

See all translations of this verse →

وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ

Resmî Divehi Çevirisiއަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟

See all translations of this verse →

وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ

Resmî Divehi Çevirisiއަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟

See all translations of this verse →

فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ

Resmî Divehi Çevirisiފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.

See all translations of this verse →

لَّسْتَ عَلَيْهِم بِمُصَيْطِرٍ

Resmî Divehi Çevirisiއެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.

See all translations of this verse →

إِلَّا مَن تَوَلَّىٰ وَكَفَرَ

Resmî Divehi Çevirisiފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ.

See all translations of this verse →

فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ

Resmî Divehi Çevirisiފަހެ، اللَّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ.

See all translations of this verse →

إِنَّ إِلَيْنَآ إِيَابَهُمْ

Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ.

See all translations of this verse →

ثُمَّ إِنَّ عَلَيْنَا حِسَابَهُم

Resmî Divehi Çevirisiދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70