caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-A'laa الأعلى

19 verses · Mecca · revelation order 8

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى

Resmî Divehi Çevirisiކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!

See all translations of this verse →

ٱلَّذِى خَلَقَ فَسَوَّىٰ

Resmî Divehi Çevirisiއެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ.

See all translations of this verse →

وَٱلَّذِى قَدَّرَ فَهَدَىٰ

Resmî Divehi Çevirisiއަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.

See all translations of this verse →

وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ

Resmî Divehi Çevirisiއަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ.

See all translations of this verse →

فَجَعَلَهُۥ غُثَآءً أَحْوَىٰ

Resmî Divehi Çevirisiއަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ.

See all translations of this verse →

سَنُقْرِئُكَ فَلَا تَنسَىٰٓ

Resmî Divehi Çevirisiތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ قرآن) ހަނދުމަފުޅެއް ނުނެތޭނެތެވެ.

See all translations of this verse →

إِلَّا مَا شَآءَ ٱللَّهُ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ

Resmî Divehi Çevirisi(ހަނދުމަފުޅު ނެތުމަށް) اللَّه އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ.

See all translations of this verse →

وَنُيَسِّرُكَ لِلْيُسْرَىٰ

Resmî Divehi Çevirisiއަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ.

See all translations of this verse →

فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ

Resmî Divehi Çevirisiފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ!

See all translations of this verse →

سَيَذَّكَّرُ مَن يَخْشَىٰ

Resmî Divehi Çevirisi(اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ.

See all translations of this verse →

وَيَتَجَنَّبُهَا ٱلْأَشْقَى

Resmî Divehi Çevirisiއަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ.

See all translations of this verse →

ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ

Resmî Divehi Çevirisiއެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ.

See all translations of this verse →

ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ

Resmî Divehi Çevirisiދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ.

See all translations of this verse →

قَدْ أَفْلَحَ مَن تَزَكَّىٰ

Resmî Divehi Çevirisi(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

See all translations of this verse →

وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ

Resmî Divehi Çevirisi(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

See all translations of this verse →

بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا

Resmî Divehi Çevirisiއަދި ކިއެއްތަ! آخرة ގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حال ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.

See all translations of this verse →

وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ

Resmî Divehi Çevirisiއަދި ކިއެއްތަ! آخرة ގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حال ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.

See all translations of this verse →

إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ

Resmî Divehi Çevirisiހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ.

See all translations of this verse →

صُحُفِ إِبْرَٰهِيمَ وَمُوسَىٰ

Resmî Divehi Çevirisiإبراهيم ގެފާނާއި، موسى ގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70