caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Waaqia الواقعة

96 verses · Mecca · revelation order 46

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا وَقَعَتِ ٱلْوَاقِعَةُ

Resmî Divehi Çevirisiقيامة ވެއްޖެހިނދެވެ.

See all translations of this verse →

لَيْسَ لِوَقْعَتِهَا كَاذِبَةٌ

Resmî Divehi Çevirisiއެކަންވާނޭކަމާމެދު إنكار ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ.

See all translations of this verse →

خَافِضَةٌ رَّافِعَةٌ

Resmî Divehi Çevirisiއެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.)

See all translations of this verse →

إِذَا رُجَّتِ ٱلْأَرْضُ رَجًّا

Resmî Divehi Çevirisiބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ.

See all translations of this verse →

وَبُسَّتِ ٱلْجِبَالُ بَسًّا

Resmî Divehi Çevirisiއަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ.

See all translations of this verse →

فَكَانَتْ هَبَآءً مُّنۢبَثًّا

Resmî Divehi Çevirisiފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.

See all translations of this verse →

وَكُنتُمْ أَزْوَٰجًا ثَلَٰثَةً

Resmî Divehi Çevirisiއަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.

See all translations of this verse →

فَأَصْحَٰبُ ٱلْمَيْمَنَةِ مَآ أَصْحَٰبُ ٱلْمَيْمَنَةِ

Resmî Divehi Çevirisiފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟

See all translations of this verse →

وَأَصْحَٰبُ ٱلْمَشْـَٔمَةِ مَآ أَصْحَٰبُ ٱلْمَشْـَٔمَةِ

Resmî Divehi Çevirisiއަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟

See all translations of this verse →

وَٱلسَّٰبِقُونَ ٱلسَّٰبِقُونَ

Resmî Divehi Çevirisiއަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.

See all translations of this verse →

أُو۟لَٰٓئِكَ ٱلْمُقَرَّبُونَ

Resmî Divehi Çevirisiކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ.

See all translations of this verse →

فِى جَنَّٰتِ ٱلنَّعِيمِ

Resmî Divehi Çevirisiنعمة ގެ ސުވަރުގެތަކުގައެވެ.

See all translations of this verse →

ثُلَّةٌ مِّنَ ٱلْأَوَّلِينَ

Resmî Divehi Çevirisiއިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.

See all translations of this verse →

وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ

Resmî Divehi Çevirisiއަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކާ އަޅައިބަލާއިރު، محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ.

See all translations of this verse →

عَلَىٰ سُرُرٍ مَّوْضُونَةٍ

Resmî Divehi Çevirisiރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ.

See all translations of this verse →

مُّتَّكِـِٔينَ عَلَيْهَا مُتَقَٰبِلِينَ

Resmî Divehi Çevirisiއެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ حال ގައެވެ.

See all translations of this verse →

يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ

Resmî Divehi Çevirisiޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ.

See all translations of this verse →

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ

Resmî Divehi Çevirisiތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ.

See all translations of this verse →

لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ

Resmî Divehi Çevirisiއޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.

See all translations of this verse →

وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ

Resmî Divehi Çevirisiއަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ.

See all translations of this verse →

وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ

Resmî Divehi Çevirisiއަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ.

See all translations of this verse →

وَحُورٌ عِينٌ

Resmî Divehi Çevirisiއަދި ކަޅިރަވަ ރީތި، حورالعين ން ތިބޭނެއެވެ.

See all translations of this verse →

كَأَمْثَٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ

Resmî Divehi Çevirisi(އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ.

See all translations of this verse →

جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ

Resmî Divehi Çevirisi(އެއީ) އެއުރެން ކޮށްއުޅުނު عمل ތަކަށް ޖަޒާއެއް ކަމުގައެވެ.

See all translations of this verse →

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا

Resmî Divehi Çevirisiބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ.

See all translations of this verse →

إِلَّا قِيلًا سَلَٰمًا سَلَٰمًا

Resmî Divehi Çevirisiއެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلام ހުށްޓޭ، سلام ހުށްޓޭ، ބުނެވޭ އަޑެވެ.

See all translations of this verse →

وَأَصْحَٰبُ ٱلْيَمِينِ مَآ أَصْحَٰبُ ٱلْيَمِينِ

Resmî Divehi Çevirisiކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟

See all translations of this verse →

فِى سِدْرٍ مَّخْضُودٍ

Resmî Divehi Çevirisi(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.

See all translations of this verse →

وَطَلْحٍ مَّنضُودٍ

Resmî Divehi Çevirisiކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.

See all translations of this verse →

وَظِلٍّ مَّمْدُودٍ

Resmî Divehi Çevirisiއަދި ފެތުރިގެންވާ ހިޔަލުގައެވެ.

See all translations of this verse →

وَمَآءٍ مَّسْكُوبٍ

Resmî Divehi Çevirisiއަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ.

See all translations of this verse →

وَفَٰكِهَةٍ كَثِيرَةٍ

Resmî Divehi Çevirisiއަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.

See all translations of this verse →

لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ

Resmî Divehi Çevirisiހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.

See all translations of this verse →

وَفُرُشٍ مَّرْفُوعَةٍ

Resmî Divehi Çevirisiއަދި އުފުލިގެންވާ ދާންތަކެވެ.

See all translations of this verse →

إِنَّآ أَنشَأْنَٰهُنَّ إِنشَآءً

Resmî Divehi Çevirisiހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ.

See all translations of this verse →

فَجَعَلْنَٰهُنَّ أَبْكَارًا

Resmî Divehi Çevirisiފަހެ، بِكر ވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ.

See all translations of this verse →

عُرُبًا أَتْرَابًا

Resmî Divehi Çevirisiފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ.

See all translations of this verse →

لِّأَصْحَٰبِ ٱلْيَمِينِ

Resmî Divehi Çevirisiކަނާތްފަރާތުގެ މީހުންނަށްޓަކައެވެ.

See all translations of this verse →

ثُلَّةٌ مِّنَ ٱلْأَوَّلِينَ

Resmî Divehi Çevirisiއިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.

See all translations of this verse →

وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ

Resmî Divehi Çevirisiއަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ.

See all translations of this verse →

وَأَصْحَٰبُ ٱلشِّمَالِ مَآ أَصْحَٰبُ ٱلشِّمَالِ

Resmî Divehi Çevirisiވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟

See all translations of this verse →

فِى سَمُومٍ وَحَمِيمٍ

Resmî Divehi Çevirisi(އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.

See all translations of this verse →

وَظِلٍّ مِّن يَحْمُومٍ

Resmî Divehi Çevirisiއަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ.

See all translations of this verse →

لَّا بَارِدٍ وَلَا كَرِيمٍ

Resmî Divehi Çevirisiފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ.

See all translations of this verse →

إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ

Resmî Divehi Çevirisiހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.

See all translations of this verse →

وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ

Resmî Divehi Çevirisiއަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.

See all translations of this verse →

وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ

Resmî Divehi Çevirisiއަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟

See all translations of this verse →

أَوَءَابَآؤُنَا ٱلْأَوَّلُونَ

Resmî Divehi Çevirisiއަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟

See all translations of this verse →

قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.

See all translations of this verse →

لَمَجْمُوعُونَ إِلَىٰ مِيقَٰتِ يَوْمٍ مَّعْلُومٍ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.

See all translations of this verse →

ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ

Resmî Divehi Çevirisiއޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ.

See all translations of this verse →

لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ

Resmî Divehi Çevirisiއޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ.

See all translations of this verse →

فَمَالِـُٔونَ مِنْهَا ٱلْبُطُونَ

Resmî Divehi Çevirisiފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.

See all translations of this verse →

فَشَٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ

Resmî Divehi Çevirisiފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.

See all translations of this verse →

فَشَٰرِبُونَ شُرْبَ ٱلْهِيمِ

Resmî Divehi Çevirisiފަހެ، ފެންބޮވައިގެންފައިވާ جمل ތައް ފެންބޯފަދައިންނެވެ.

See all translations of this verse →

هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ

Resmî Divehi Çevirisiقيامة ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.

See all translations of this verse →

نَحْنُ خَلَقْنَٰكُمْ فَلَوْلَا تُصَدِّقُونَ

Resmî Divehi Çevirisiތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟

See all translations of this verse →

أَفَرَءَيْتُم مَّا تُمْنُونَ

Resmî Divehi Çevirisiތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟

See all translations of this verse →

ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ

Resmî Divehi Çevirisiއެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

See all translations of this verse →

نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ

Resmî Divehi Çevirisiތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.

See all translations of this verse →

عَلَىٰٓ أَن نُّبَدِّلَ أَمْثَٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ

Resmî Divehi Çevirisiތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.

See all translations of this verse →

وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ

Resmî Divehi Çevirisiހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟

See all translations of this verse →

أَفَرَءَيْتُم مَّا تَحْرُثُونَ

Resmî Divehi Çevirisiތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟

See all translations of this verse →

ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ

Resmî Divehi Çevirisiއެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟

See all translations of this verse →

لَوْ نَشَآءُ لَجَعَلْنَٰهُ حُطَٰمًا فَظَلْتُمْ تَفَكَّهُونَ

Resmî Divehi Çevirisiތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން حيران ވެފައި ތިބެއްޖައީހެވެ.

See all translations of this verse →

إِنَّا لَمُغْرَمُونَ

Resmî Divehi Çevirisi(ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ.

See all translations of this verse →

بَلْ نَحْنُ مَحْرُومُونَ

Resmî Divehi Çevirisiއަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) محروم ވެގެންވާ ބަޔަކީމުއެވެ.

See all translations of this verse →

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ

Resmî Divehi Çevirisiތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟

See all translations of this verse →

ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ

Resmî Divehi Çevirisiވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟

See all translations of this verse →

لَوْ نَشَآءُ جَعَلْنَٰهُ أُجَاجًا فَلَوْلَا تَشْكُرُونَ

Resmî Divehi Çevirisiތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން شكر ނުކުރަނީ ކީއްވެހެއްޔެވެ؟

See all translations of this verse →

أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ

Resmî Divehi Çevirisiތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟

See all translations of this verse →

ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ

Resmî Divehi Çevirisiއޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟

See all translations of this verse →

نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ

Resmî Divehi Çevirisiހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް قائم ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.

See all translations of this verse →

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Resmî Divehi Çevirisiފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!

See all translations of this verse →

فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ

Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ وحى ކުރައްވަމެވެ.

See all translations of this verse →

وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ

Resmî Divehi Çevirisiއަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ.

See all translations of this verse →

إِنَّهُۥ لَقُرْءَانٌ كَرِيمٌ

Resmî Divehi Çevirisiހަމަކަށަވަރުން، އެއީ މާތްވެގެންވާ قرآن ކަން ކަށަވަރެވެ.

See all translations of this verse →

فِى كِتَٰبٍ مَّكْنُونٍ

Resmî Divehi Çevirisiރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.

See all translations of this verse →

لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ

Resmî Divehi Çevirisiطاهر ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.

See all translations of this verse →

تَنزِيلٌ مِّن رَّبِّ ٱلْعَٰلَمِينَ

Resmî Divehi Çevirisi(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.

See all translations of this verse →

أَفَبِهَٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ

Resmî Divehi Çevirisiތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި قرآن އާ މެދުގައި) ހެއްޔެވެ؟

See all translations of this verse →

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުންނަށް رزق ދެއްވިކަމުގެ މައްޗަށްކުރާ شكر އަކީ (އެ رزق ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ.

See all translations of this verse →

فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ

Resmî Divehi Çevirisiފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ.

See all translations of this verse →

وَأَنتُمْ حِينَئِذٍ تَنظُرُونَ

Resmî Divehi Çevirisiއަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.

See all translations of this verse →

وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.

See all translations of this verse →

فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.

See all translations of this verse →

تَرْجِعُونَهَآ إِن كُنتُمْ صَٰدِقِينَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.

See all translations of this verse →

فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ

Resmî Divehi Çevirisiފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!

See all translations of this verse →

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ

Resmî Divehi Çevirisiފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزق އާއި، نعمة ގެ ސުވަރުގެ ހުށްޓެވެ.

See all translations of this verse →

وَأَمَّآ إِن كَانَ مِنْ أَصْحَٰبِ ٱلْيَمِينِ

Resmî Divehi Çevirisiއަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!

See all translations of this verse →

فَسَلَٰمٌ لَّكَ مِنْ أَصْحَٰبِ ٱلْيَمِينِ

Resmî Divehi Çevirisiފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ.

See all translations of this verse →

وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ

Resmî Divehi Çevirisiއަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!

See all translations of this verse →

فَنُزُلٌ مِّنْ حَمِيمٍ

Resmî Divehi Çevirisiފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.

See all translations of this verse →

وَتَصْلِيَةُ جَحِيمٍ

Resmî Divehi Çevirisiއަދި ނަރަކަޔަށް ވެއްދެވުމެކެވެ.

See all translations of this verse →

إِنَّ هَٰذَا لَهُوَ حَقُّ ٱلْيَقِينِ

Resmî Divehi Çevirisiހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ.

See all translations of this verse →

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Resmî Divehi Çevirisiފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70