caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Ar-Rahmaan الرحمن

78 verses · Medina · revelation order 97

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱلرَّحْمَٰنُ

Resmî Divehi Çevirisiرحمن ވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

عَلَّمَ ٱلْقُرْءَانَ

Resmî Divehi Çevirisiއެކަލާނގެ قرآن އުނގަންނައިދެއްވިއެވެ.

See all translations of this verse →

خَلَقَ ٱلْإِنسَٰنَ

Resmî Divehi Çevirisiއެކަލާނގެ އިންސާނާ ހެއްދެވިއެވެ.

See all translations of this verse →

عَلَّمَهُ ٱلْبَيَانَ

Resmî Divehi Çevirisiއެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ.

See all translations of this verse →

ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ

Resmî Divehi Çevirisiއިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.

See all translations of this verse →

وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ

Resmî Divehi Çevirisiއަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، سجدة ކުރެތެވެ.

See all translations of this verse →

وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ

Resmî Divehi Çevirisiއަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި عدل إنصاف ލެއްވިއެވެ.

See all translations of this verse →

أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ

Resmî Divehi Çevirisiމިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ.

See all translations of this verse →

وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ

Resmî Divehi Çevirisiعدل إنصاف ގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!

See all translations of this verse →

وَٱلْأَرْضَ وَضَعَهَا لِلْأَنَامِ

Resmî Divehi Çevirisiއަދި خلق ތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ.

See all translations of this verse →

فِيهَا فَٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ

Resmî Divehi Çevirisiއެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ.

See all translations of this verse →

وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ

Resmî Divehi Çevirisiއަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisiއޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ

Resmî Divehi Çevirisiމުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވިއެވެ.

See all translations of this verse →

وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ

Resmî Divehi Çevirisiއަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ

Resmî Divehi Çevirisiއިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسم އަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.)

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ

Resmî Divehi Çevirisiއެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ.

See all translations of this verse →

بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ

Resmî Divehi Çevirisiއެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ

Resmî Divehi Çevirisiއެ ދެކަނޑުން ރަންމުތާއި، مرجان ފައިދާވެ ނުކުމެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَٰمِ

Resmî Divehi Çevirisiއަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު ملك ވެގެންވަނީ، އެކަލާނގެއަށެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

كُلُّ مَنْ عَلَيْهَا فَانٍ

Resmî Divehi Çevirisiއެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.

See all translations of this verse →

وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ

Resmî Divehi Çevirisiއަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذات ފުޅު ދެމިވޮޑިގެންވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

يَسْـَٔلُهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ كُلَّ يَوْمٍ هُوَ فِى شَأْنٍ

Resmî Divehi Çevirisiއުޑުތަކާއި، ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން عزّة ތެރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް رزق ދެއްވައި، އަނެއްބަޔަކު محروم ކުރައްވަތެވެ.)

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ

Resmî Divehi Çevirisiއޭ ޖިންނީންނާއި، އިންސީންނާ ދެބާވަތުގެ މީހުންނޭވެ! ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަންރަސްކަލާނގެ حكم ކުރައްވާ ހުށީމެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ لَا تَنفُذُونَ إِلَّا بِسُلْطَٰنٍ

Resmî Divehi Çevirisiއޭ ޖިންނީންނާއި، އިންސީންގެ جماعة ގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ

Resmî Divehi Çevirisiތިޔަ ދެބައިމީހުންގެ މައްޗަށް (قيامة ދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް نصر އެއް ނުލިބޭނެތެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ

Resmî Divehi Çevirisiފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ

Resmî Divehi Çevirisiފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް سوال އެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.)

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

يُعْرَفُ ٱلْمُجْرِمُونَ بِسِيمَٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ

Resmî Divehi Çevirisi(އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

هَٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ

Resmî Divehi Çevirisiމިއީ ކުށްވެރިން ދޮގުކޮށް އުޅުނު ނަރަކަޔެވެ.

See all translations of this verse →

يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ

Resmî Divehi Çevirisiއެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެއުރެން ހިނގަހިނގާ ތިބޭނެތެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

Resmî Divehi Çevirisiއެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

ذَوَاتَآ أَفْنَانٍ

Resmî Divehi Çevirisiހިޔާ ފެތުރިގެންވާ ގޮފިތަކުގެ ވެރި ދެ ސުވަރުގެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فِيهِمَا عَيْنَانِ تَجْرِيَانِ

Resmî Divehi Çevirisiހިނގަހިނގާ ހުންނަ ފެންއާރުގެ ދެ އާރު، އެ ދެ ސުވަރުގޭގައިވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فِيهِمَا مِن كُلِّ فَٰكِهَةٍ زَوْجَانِ

Resmî Divehi Çevirisiކޮންމެ މޭވާއަކުން ދެބާވަތް އެ ދެ ސުވަރުގޭގައިވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ وَجَنَى ٱلْجَنَّتَيْنِ دَانٍ

Resmî Divehi Çevirisi(އެއުރެން ތިބޭހުށީ) ދާންތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީވެސް إستبرق ންނެވެ. (އެބަހީ: ފަލަ ފަށުއިންނެވެ.) އަދި އެ ދެ ސުވަރުގޭގެ މޭވާތައް (ބިންނަ މީހުންނަށް) ކައިރިވެގެންވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فِيهِنَّ قَٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ

Resmî Divehi Çevirisiކަޅިތައް عفة ތެރި، حورالعين ން އެ ސުވަރުގެތަކުގައިވެއެވެ. އެއުރެންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ

Resmî Divehi Çevirisi(ރީތިކަމާއި، ސާފުކަމުގައި) އެކަނބަލުން ياقوت އާއި، مرجان ފަދައެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

هَلْ جَزَآءُ ٱلْإِحْسَٰنِ إِلَّا ٱلْإِحْسَٰنُ

Resmî Divehi Çevirisiހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

وَمِن دُونِهِمَا جَنَّتَانِ

Resmî Divehi Çevirisiއަދި އެ ދެ ސުވަރުގެ ފިޔަވައި ދެ ސުވަރުގެވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

مُدْهَآمَّتَانِ

Resmî Divehi Çevirisi(އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فِيهِمَا عَيْنَانِ نَضَّاخَتَانِ

Resmî Divehi Çevirisiފެން އަރައަރާ ހުންނަ ދެ އާރު، އެ ދެތާނގައިވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فِيهِمَا فَٰكِهَةٌ وَنَخْلٌ وَرُمَّانٌ

Resmî Divehi Çevirisiއެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

فِيهِنَّ خَيْرَٰتٌ حِسَانٌ

Resmî Divehi Çevirisiހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ

Resmî Divehi Çevirisi(އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ حور ންތަކެކެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ

Resmî Divehi Çevirisiއެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ

Resmî Divehi Çevirisiފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި مخمل ގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ حال ގައެވެ.

See all translations of this verse →

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Resmî Divehi Çevirisi(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

See all translations of this verse →

تَبَٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَٰلِ وَٱلْإِكْرَامِ

Resmî Divehi Çevirisiކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ اسم ފުޅު މަތިވެރިވެގެންވެއެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70