caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Maryam مريم

98 verses · Mecca · revelation order 44

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ كٓهيعٓصٓ

Resmî Divehi Çevirisiك هـ ى ع ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)

See all translations of this verse →

ذِكْرُ رَحْمَتِ رَبِّكَ عَبْدَهُۥ زَكَرِيَّآ

Resmî Divehi Çevirisiމިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ زكريّا ގެފާނަށް ލެއްވި رحمة ގެ ވާހަކައެވެ.

See all translations of this verse →

إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّا

Resmî Divehi Çevirisiއެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި دعاء ކުރެއްވި ހިނދެވެ.

See all translations of this verse →

قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا

Resmî Divehi Çevirisiއެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ.

See all translations of this verse →

وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ!

See all translations of this verse →

يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ وَٱجْعَلْهُ رَبِّ رَضِيًّا

Resmî Divehi Çevirisiތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ!

See all translations of this verse →

يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا

Resmî Divehi Çevirisiއޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ.

See all translations of this verse →

قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَٰمٌ وَكَانَتِ ٱمْرَأَتِى عَاقِرًا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّا

Resmî Divehi Çevirisiއެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ.

See all translations of this verse →

قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًٔا

Resmî Divehi Çevirisiއެކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ.

See all translations of this verse →

قَالَ رَبِّ ٱجْعَل لِّىٓ ءَايَةً قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٍ سَوِيًّا

Resmî Divehi Çevirisiއެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް علامة އެއް ލައްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަށް އޮތް علامة އަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ.

See all translations of this verse →

فَخَرَجَ عَلَىٰ قَوْمِهِۦ مِنَ ٱلْمِحْرَابِ فَأَوْحَىٰٓ إِلَيْهِمْ أَن سَبِّحُوا۟ بُكْرَةً وَعَشِيًّا

Resmî Divehi Çevirisiފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، تسبيح ކިޔަވައި އުޅުމަށް އެއުރެންނަށް إشارة ން އެންގެވިއެވެ.

See all translations of this verse →

يَٰيَحْيَىٰ خُذِ ٱلْكِتَٰبَ بِقُوَّةٍ وَءَاتَيْنَٰهُ ٱلْحُكْمَ صَبِيًّا

Resmî Divehi Çevirisiއޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ.

See all translations of this verse →

وَحَنَانًا مِّن لَّدُنَّا وَزَكَوٰةً وَكَانَ تَقِيًّا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ حضرة ން އޯގާވެރިކަމާއި، طاهر ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު تقوى ވެރިޔަކު ކަމުގައިވިއެވެ.

See all translations of this verse →

وَبَرًّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا

Resmî Divehi Çevirisiއަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، جبّار އަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.

See all translations of this verse →

وَسَلَٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا

Resmî Divehi Çevirisiއަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ.

See all translations of this verse →

وَٱذْكُرْ فِى ٱلْكِتَٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا

Resmî Divehi Çevirisiއަދި ކަލޭގެފާނު މި ފޮތުން مريم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ أهل ވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަކަށް ވަޑައިގަތްހިނދެވެ.

See all translations of this verse →

فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا

Resmî Divehi Çevirisiފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ وحى ގެ ملائكة އާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ ملائكة އާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.

See all translations of this verse →

قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَٰنِ مِنكَ إِن كُنتَ تَقِيًّا

Resmî Divehi Çevirisiއެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (اللَّه އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ.

See all translations of this verse →

قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمًا زَكِيًّا

Resmî Divehi Çevirisiއެ ملائكة އާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އަކީމެވެ. ހެޔޮލަފާ، صالح ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ.

See all translations of this verse →

قَالَتْ أَنَّىٰ يَكُونُ لِى غُلَٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا

Resmî Divehi Çevirisiއެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް آدم ގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ.

See all translations of this verse →

قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا وَكَانَ أَمْرًا مَّقْضِيًّا

Resmî Divehi Çevirisiއެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއް ކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.

See all translations of this verse →

فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًا قَصِيًّا

Resmî Divehi Çevirisiފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ.

See all translations of this verse →

فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَٰلَيْتَنِى مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا

Resmî Divehi Çevirisiދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!

See all translations of this verse →

فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا

Resmî Divehi Çevirisiދެން އެކަމަނާ (އޮންނެވިތާނ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ.

See all translations of this verse →

وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَٰقِطْ عَلَيْكِ رُطَبًا جَنِيًّا

Resmî Divehi Çevirisiއަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.

See all translations of this verse →

فَكُلِى وَٱشْرَبِى وَقَرِّى عَيْنًا فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا

Resmî Divehi Çevirisiފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.

See all translations of this verse →

فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ قَالُوا۟ يَٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا

Resmî Divehi Çevirisiފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ.

See all translations of this verse →

يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا

Resmî Divehi Çevirisiއޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.

See all translations of this verse →

فَأَشَارَتْ إِلَيْهِ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا

Resmî Divehi Çevirisiފަހެ، އެކަމަނާ އެ ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟

See all translations of this verse →

قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا

Resmî Divehi Çevirisiއެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ.

See all translations of this verse →

وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا

Resmî Divehi Çevirisiއަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركات ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެކަލާނގެ މިއަޅާޔަށް وصية ކުރެއްވިއެވެ.

See all translations of this verse →

وَبَرًّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا

Resmî Divehi Çevirisiއަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، جبّار އަކު ކަމުގައި ނުލައްވަތެވެ.

See all translations of this verse →

وَٱلسَّلَٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا

Resmî Divehi Çevirisiމިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (محشر އަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް سلام ހުށްޓެވެ.

See all translations of this verse →

ذَٰلِكَ عِيسَى ٱبْنُ مَرْيَمَ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ

Resmî Divehi Çevirisiއެއީ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ. (މިއީ) އެއުރެން އެބަސްފުޅާމެދު شك ކުރާ، حق ތެދުބަސްފުޅެވެ.

See all translations of this verse →

مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ سُبْحَٰنَهُۥٓ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

Resmî Divehi Çevirisiދަރިކަލަކު ހިއްޕެވުން އެއީ، اللَّه އަށް އެކަށީގެންވާ ކަމެއްނޫނެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިހިނދު، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެތެވެ.

See all translations of this verse →

وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ هَٰذَا صِرَٰطٌ مُّسْتَقِيمٌ

Resmî Divehi Çevirisiހަމަކަށަވަރުން، اللَّه އީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.

See all translations of this verse →

فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن مَّشْهَدِ يَوْمٍ عَظِيمٍ

Resmî Divehi Çevirisiފަހެ، އެއުރެންގެ އެކި جماعة ތަކުގެ މެދުގައި خلاف އުފެދުނެވެ. ފަހެ، ބޮޑުވެގެންވާ ދުވަހެއްގެ (ބިރުވެރިކަން) ދެކޭހިނދު، كافر ވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ.

See all translations of this verse →

أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا لَٰكِنِ ٱلظَّٰلِمُونَ ٱلْيَوْمَ فِى ضَلَٰلٍ مُّبِينٍ

Resmî Divehi Çevirisiއެއުރެން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު، އެއުރެންގެ އިވުމާއި ފެނުމުގެ ސާފުކަން ބޮޑުކަމާއެވެ! އެހެނެއްކަމަކު، އަނިޔާވެރިވީ މީހުން މިއަދުވަނީ، ފާޅުވެ بيان ވެގެންވާ މަގުފުރެދުމެއްގައެވެ.

See all translations of this verse →

وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ

Resmî Divehi Çevirisiހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذار ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ غافل ކަމެއްގެ ތެރޭގައެވެ. އަދި އެއުރެން إيمان އެއް ނުމެވޭމެއެވެ.

See all translations of this verse →

إِنَّا نَحْنُ نَرِثُ ٱلْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ

Resmî Divehi Çevirisiހަމަކަށަވަރުން، ބިމާއި، ބިމުގައިވާހާ ބަޔަކު ވާރުތަވެ ملك ވެގެންވަނީ، ތިމަންރަސްކަލާނގެއަށެވެ. އަދި އެއުރެން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ.

See all translations of this verse →

وَٱذْكُرْ فِى ٱلْكِتَٰبِ إِبْرَٰهِيمَ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا

Resmî Divehi Çevirisiކަލޭގެފާނު މިފޮތުން إبراهيم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.

See all translations of this verse →

إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا

Resmî Divehi Çevirisiއެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިހިނދެވެ. އޭ ބައްޕާއެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި ބައްޕައަށް އެއްވެސް ކަމެއް ފުއްދައިނުދޭ އެއްޗަކަށް، ބައްޕަ އަޅުކަންކުރަނީ ކީއްވެގެންހެއްޔެވެ؟

See all translations of this verse →

يَٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًا سَوِيًّا

Resmî Divehi Çevirisiއޭ ބައްޕާއެވެ! علم ގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ علم، ތިމަންނާއަށް ހަމަކަށަވަރުން، އައިސްފައިވެއެވެ. ފަހެ، ތިމަންނާއަށް ބައްޕަ تبع ވާށެވެ! އޭރުން ބައްޕައަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދައްކާހުށީމެވެ.

See all translations of this verse →

يَٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَٰنَ إِنَّ ٱلشَّيْطَٰنَ كَانَ لِلرَّحْمَٰنِ عَصِيًّا

Resmî Divehi Çevirisiއޭ ބައްޕާއެވެ! شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށް ނުކިޔަމަންތެރިޔެއް ކަމުގައި شيطان އާ ވިއެވެ.

See all translations of this verse →

يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا

Resmî Divehi Çevirisiއޭ ބައްޕާއެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެ حضرة ން عذاب އެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، شيطان އާގެ އެހީތެރިޔެއް ކަމުގައެވެ.

See all translations of this verse →

قَالَ أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَٰٓإِبْرَٰهِيمُ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ وَٱهْجُرْنِى مَلِيًّا

Resmî Divehi Çevirisiއޭނާ ބުންޏެވެ. އޭ إبراهيم އެވެ! ތިމަންގެ إله ންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގުމުއްދަތަކަށް، އަހުރެންނާ ވަކިވާށެވެ!

See all translations of this verse →

قَالَ سَلَٰمٌ عَلَيْكَ سَأَسْتَغْفِرُ لَكَ رَبِّىٓ إِنَّهُۥ كَانَ بِى حَفِيًّا

Resmî Divehi Çevirisiއެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަގެ މައްޗަށް سلام ހުށްޓެވެ! ބައްޕައަށް ފާފަފުއްސެވުން އެދި، އަޅުގެ ވެރިރަސްކަލާނގެއަށް دعاء ކުރާހުށީމެވެ. ހަމަކަށަވަރުން، އަޅުގެމައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.

See all translations of this verse →

وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُوا۟ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّا

Resmî Divehi Çevirisiއަދި ތިޔަބައިމީހުންނާއި اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާހުށީމެވެ. އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހުރެން ނުވާށިއެވެ.

See all translations of this verse →

فَلَمَّا ٱعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ وَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ وَكُلًّا جَعَلْنَا نَبِيًّا

Resmî Divehi Çevirisiފަހެ، އެކަލޭގެފާނު، އެއުރެންނާއި، اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެވަޑައިގަތްހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް، إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ.

See all translations of this verse →

وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا

Resmî Divehi Çevirisiއަދި އެބޭކަލުންނަށް، ތިމަންރަސްކަލާނގެ رحمة ގެތެރެއިން ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ، އެބޭކަލުންނަށް (އަންނަނިވި جيل ތަކުގެ ދޫމަތީގައި) މަތިވެރިވެގެންވާ ރިވެތި ނަން ލެއްވީމެވެ.

See all translations of this verse →

وَٱذْكُرْ فِى ٱلْكِتَٰبِ مُوسَىٰٓ إِنَّهُۥ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا

Resmî Divehi Çevirisiކަލޭގެފާނު މިފޮތުން موسى ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيار ކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.

See all translations of this verse →

وَنَٰدَيْنَٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَٰهُ نَجِيًّا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް وحى ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ.

See all translations of this verse →

وَوَهَبْنَا لَهُۥ مِن رَّحْمَتِنَآ أَخَاهُ هَٰرُونَ نَبِيًّا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ رحمة ވަންތަކަމުން، އެކަލޭގެފާނުގެ أخ، هارون ގެފާނު ނަބިއްޔަކު ކަމުގައި، އެކަލޭގެފާނަށް ދެއްވީމެވެ.

See all translations of this verse →

وَٱذْكُرْ فِى ٱلْكِتَٰبِ إِسْمَٰعِيلَ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًا نَّبِيًّا

Resmî Divehi Çevirisiކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.

See all translations of this verse →

وَكَانَ يَأْمُرُ أَهْلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرْضِيًّا

Resmî Divehi Çevirisiއަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ.

See all translations of this verse →

وَٱذْكُرْ فِى ٱلْكِتَٰبِ إِدْرِيسَ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا

Resmî Divehi Çevirisiކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.

See all translations of this verse →

وَرَفَعْنَٰهُ مَكَانًا عَلِيًّا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ.

See all translations of this verse →

أُو۟لَٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ إِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُ ٱلرَّحْمَٰنِ خَرُّوا۟ سُجَّدًا وَبُكِيًّا

Resmî Divehi Çevirisiއެބޭކަލުންނަކީ، آدم ގެފާނުގެ ދަރިކޮޅުން ވަޑައިގަތް ނަބިއްޔުންކުރެ، އެބޭކަލުންގެ މައްޗަށް اللَّه نعمة ދެއްވި ބޭކަލުންނެވެ. އަދި ތިމަންރަސްކަލާނގެ، نوح ގެފާނާއެކުގައި (ނަވުގައި) އުފުއްލެވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އަދި إبراهيم ގެފާނާއި إسرآءيل ގެފާނުގެ ދަރިކޮޅުންވާ ބަޔެކެވެ. އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި، خيار ކުރެއްވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އެބޭކަލުންގެ މައްޗަށް رحمن ވަންތަ ރަސްކަލާނގެ آية ތައް ކިޔެވޭހިނދު، އެބޭކަލުން ކީރިތިކުރައްވަމުން سجدة އަށް ތިރިވެވަޑައިގަންނަވަތެވެ.

See all translations of this verse →

فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ فَسَوْفَ يَلْقَوْنَ غَيًّا

Resmî Divehi Çevirisiފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!

See all translations of this verse →

إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا

Resmî Divehi Çevirisiتوبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

See all translations of this verse →

جَنَّٰتِ عَدْنٍ ٱلَّتِى وَعَدَ ٱلرَّحْمَٰنُ عِبَادَهُۥ بِٱلْغَيْبِ إِنَّهُۥ كَانَ وَعْدُهُۥ مَأْتِيًّا

Resmî Divehi Çevirisi(އެއީ) رحمن ވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް غيب ގައި ދެއްވުމަށް وعد ކުރައްވާފައިވާ، عدن އޭ ކިއުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން، އެކަލާނގެ وعد ފުޅަކީ، އަންނާނޭ އެއްޗެއްކަމުގައިވެއެވެ.

See all translations of this verse →

لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَٰمًا وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا

Resmî Divehi Çevirisiއެތާނގައި ބޭކާރު ވާހަކައެއް އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު، (އިވޭނީ) سلام އާއި، تحيّة ގެ އަޑެވެ. އަދި ހެނދުނާއި، ހަވީރު އެއުރެންގެ رزق، އެއުރެންނަށްޓަކައި އެތާނގައި ވެއެވެ.

See all translations of this verse →

تِلْكَ ٱلْجَنَّةُ ٱلَّتِى نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا

Resmî Divehi Çevirisiއެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، تقوى ވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ.

See all translations of this verse →

وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ وَمَا كَانَ رَبُّكَ نَسِيًّا

Resmî Divehi Çevirisiއަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައިވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައިވާހާ އެއްޗަކާއި، އެދެމެދުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.

See all translations of this verse →

رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ هَلْ تَعْلَمُ لَهُۥ سَمِيًّا

Resmî Divehi Çevirisi(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟

See all translations of this verse →

وَيَقُولُ ٱلْإِنسَٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا

Resmî Divehi Çevirisiއިންސާނާ ބުނެތެވެ. ތިމަން މަރުވެދިއުމަށްފަހުގައިވެސް، އަލުން ދިރުމަކަށް ނެރުއްވާނޭހެއްޔެވެ؟

See all translations of this verse →

أَوَلَا يَذْكُرُ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا

Resmî Divehi Çevirisiއެ އިންސާނާ މީގެކުރިން موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާ ހެއްދެވިކަން އޭނާ ހަނދާން ނުކުރަނީހެއްޔެވެ؟

See all translations of this verse →

فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا

Resmî Divehi Çevirisiފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، شيطان ންނާ އެކުގައި އެއުރެން محشر އަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ حال، ނަރަކައިގެ ވަށައިގެން އެއުރެން ގެންނަވާހުށީމެވެ.

See all translations of this verse →

ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَٰنِ عِتِيًّا

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެއުރެންކުރެ رحمن ވަންތަ ރަސްކަލާނގެއަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ.

See all translations of this verse →

ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا

Resmî Divehi Çevirisiދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން أولى ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއެވެ.

See all translations of this verse →

وَإِن مِّنكُمْ إِلَّا وَارِدُهَا كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا

Resmî Divehi Çevirisiއަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ.

See all translations of this verse →

ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّٰلِمِينَ فِيهَا جِثِيًّا

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ حال، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ.

See all translations of this verse →

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا

Resmî Divehi Çevirisiއަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. (ތިމަންމެން) ދެބައިމީހުންކުރެ ދަރަޖައިގެގޮތުން އެންމެމޮޅީ، އަދި މަޖްލިސްގެ ގޮތުން އެންމެރަނގަޅީ، ކޮންބަޔެއްހެއްޔެވެ؟

See all translations of this verse →

وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَٰثًا وَرِءْيًا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން ކިތައް ކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ މުދާވެރިކަމުގެ ގޮތުންނާއި، ފެންނަ ފެނުމަށް އެއުރެން މާރަނގަޅެވެ.

See all translations of this verse →

قُلْ مَن كَانَ فِى ٱلضَّلَٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَٰنُ مَدًّا حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް رحمن ވަންތަ ރަސްކަލާނގެ عمر ދިގުކުރައްވައި، مهلة ދެއްވާނެތެވެ. އެއުރެންނަށް وعد ކުރައްވާ ކަންތައް، އެއުރެން ދެކެފުމަށްދާނދެނެވެ. އެހެންޏާ (ދުނިޔޭގެ) عذاب އެވެ. އެހެންޏާ قيامة ދުވަހުގެ ހަލާކެވެ. ފަހެ، ދަރަޖައިގެ ގޮތުން އެންމެނުބައީ، އަދި لشكر ގެގޮތުން އެންމެ ނިކަމެތީ، ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.

See all translations of this verse →

وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا

Resmî Divehi Çevirisiތެދުމަގު ލިބިގެންފި މީހުންނަށް اللَّه ތެދުމަގު ދެއްކެވުން އިތުރުކުރައްވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ثواب ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި صالح عمل ތަކެވެ.

See all translations of this verse →

أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَٰتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا

Resmî Divehi Çevirisiތިމަންރަސްކަލާނގެ آية ތަކަށް كافر ވެ، އަދި ހަމަކަށަވަރުން، ތިމަންނާއަށް މުދަލާއި، ދަރިން ދެއްވާހުށްޓޭ ބުނިމީހާ، ކަލޭގެފާނު ފަހެ، ދެކެވަޑައިގަތީމުތޯއެވެ؟

See all translations of this verse →

أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَٰنِ عَهْدًا

Resmî Divehi Çevirisiއޭނާއަށް غيب އެނގުނީހެއްޔެވެ؟ ނުވަތަ رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފީހެއްޔެވެ؟

See all translations of this verse →

كَلَّا سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّا

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. އޭނާ ބުނާއެއްޗެއް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި އޭނާއަށް عذاب އިތުރުކުރައްވައި ދިގުކުރައްވާހުށީމެވެ.

See all translations of this verse →

وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًا

Resmî Divehi Çevirisiއަދި އޭނާ އެބުނާ މުދަލާއި، ދަރިން (ނެތިކުރައްވައި) އެހުރިހާ އެއްޗެއް، ތިމަންރަސްކަލާނގެ މިލްކުކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އޭނާ އަންނަހުށީ، އެކަނިމާ އެކަންޏެވެ.

See all translations of this verse →

وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا

Resmî Divehi Çevirisiއެއުރެން اللَّه ފިޔަވައި އެހެން إله ންތަކެއް ހިފީ އެއުރެންނަށް عزّة އެއްކަމުގައި ވާނޭކަމަށެވެ.

See all translations of this verse →

كَلَّا سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا

Resmî Divehi Çevirisiހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ إله ންތަކަށް އެއުރެން އަޅުކަންކުރުމަށް إنكار ކުރާނެތެވެ. އަދި އެ إله ންތައް އެއުރެންގެ މައްޗަށް عداوة ތެރިންކަމުގައި ވާނެތެވެ.

See all translations of this verse →

أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَٰطِينَ عَلَى ٱلْكَٰفِرِينَ تَؤُزُّهُمْ أَزًّا

Resmî Divehi Çevirisiكافر ވި މީހުންގެމައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ شيطان ން ފާކުރެއްވިކަން، ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ އެ شيطان ން އެއުރެންނަށް ވަސްވާސްދީ ހެއްލުންތެރިކުރެތެވެ.

See all translations of this verse →

فَلَا تَعْجَلْ عَلَيْهِمْ إِنَّمَا نَعُدُّ لَهُمْ عَدًّا

Resmî Divehi Çevirisiފަހެ، ކަލޭގެފާނު އެއުރެންގެ މައްޗަށް އަވަސްވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި (أجل ގެ ދުވަސްތައް) ގުނައި عدد ކުރައްވަމެވެ.

See all translations of this verse →

يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا

Resmî Divehi Çevirisiتقوى ވެރިން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް (عزّة ތެރި) وفد އެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!)

See all translations of this verse →

وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا

Resmî Divehi Çevirisiއަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ.

See all translations of this verse →

لَّا يَمْلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَٰنِ عَهْدًا

Resmî Divehi Çevirisiرحمن ވަންތަ ރަސްކަލާނގެ حضرة ގައި عهد އެއް ހިފާފައިވާ މީހަކަށް (އެކަލާނގެ إذن ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް شفاعة ތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ.

See all translations of this verse →

وَقَالُوا۟ ٱتَّخَذَ ٱلرَّحْمَٰنُ وَلَدًا

Resmî Divehi Çevirisiرحمن ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ كافر ވި މީހުން ބުނޫއެވެ.

See all translations of this verse →

لَّقَدْ جِئْتُمْ شَيْـًٔا إِدًّا

Resmî Divehi Çevirisiހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ.

See all translations of this verse →

تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا

Resmî Divehi Çevirisiއެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ.

See all translations of this verse →

أَن دَعَوْا۟ لِلرَّحْمَٰنِ وَلَدًا

Resmî Divehi Çevirisiއެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.

See all translations of this verse →

وَمَا يَنۢبَغِى لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا

Resmî Divehi Çevirisiފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ.

See all translations of this verse →

إِن كُلُّ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَٰنِ عَبْدًا

Resmî Divehi Çevirisiرحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ.

See all translations of this verse →

لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا

Resmî Divehi Çevirisiހަމަކަށަވަރުން، އެކަލާނގެ އެއުރެން ހިމަނުއްވައި، ފުރިހަމަ عدد ކުރެއްވުމަކުން عدد ކުރެއްވިއެވެ.

See all translations of this verse →

وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدًا

Resmî Divehi Çevirisiއަދި قيامة ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ حضرة އަށް އަންނަހުށީ، އެކަނިމާއެކަންޏެވެ.

See all translations of this verse →

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَٰنُ وُدًّا

Resmî Divehi Çevirisiހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) رحمن ވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ.

See all translations of this verse →

فَإِنَّمَا يَسَّرْنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا

Resmî Divehi Çevirisiފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ވާހަކަދައްކަވާ ބަހުން އެ قرآن ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން تقوى ވެރިންނަށް އުފާވެރިކަމުގެ خبر ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން إنذار ކުރެއްވުމަށްޓަކައެވެ.

See all translations of this verse →

وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ، އެއުރެންގެ ކުރިން ކިތައްކިތައް أمّة ހަލާކު ކުރެއްވިންހެއްޔެވެ؟ އެއުރެންކުރެ އެކަކުވެސް، ކަލޭގެފާނަށް ފެނިވަޑައިގަންނަވާތޯއެވެ؟ ނުވަތަ އެއުރެންގެ އެއްވެސް އަޑެއްބަޑެއް، ކަލޭގެފާނަށް އިވިވަޑައިގަންނަވާތޯއެވެ؟

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70