caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު An-Nahl النحل

128 verses · Mecca · revelation order 70

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ

Resmî Divehi Çevirisiاللَّه ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ! އެއުރެން شريك ކޮށް އުޅުނު ތަކެތިން، އެކަލާނގެ ހުސްطاهر ވެ، މަތިވެރިވެ ވޮޑިގެންވެއެވެ.

See all translations of this verse →

يُنَزِّلُ ٱلْمَلَٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ

Resmî Divehi Çevirisiއެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمر ފުޅާއެކު، وحى އާއިގެން ملائكة ން ފޮނުއްވަތެވެ. (وحى ކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!

See all translations of this verse →

خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ تَعَٰلَىٰ عَمَّا يُشْرِكُونَ

Resmî Divehi Çevirisiއެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެއުރެން شريك ކުރާ ތަކެއްޗަށްވުރެން، އެކަލާނގެ މަތިވެރިވެވޮޑިގެންވެތެވެ.

See all translations of this verse →

خَلَقَ ٱلْإِنسَٰنَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ

Resmî Divehi Çevirisiމަނިތިއްކަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ފަހެ، އެހާރުން އޭނާވަނީ، ފާޅުވެ، ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.

See all translations of this verse →

وَٱلْأَنْعَٰمَ خَلَقَهَا لَكُمْ فِيهَا دِفْءٌ وَمَنَٰفِعُ وَمِنْهَا تَأْكُلُونَ

Resmî Divehi Çevirisiއަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، نعم ސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.

See all translations of this verse →

وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ

Resmî Divehi Çevirisiއެ ތަކެތި ހަވީރު (ނިދާތަނަށް) ގެންނަ ހިނދުގައްޔާއި، ހެނދުނު (ހުއިހައްޕަން) ނެރޭހިނދު، ތިޔަބައިމީހުންނަށްޓަކައި އެ ތަކެތީގައި ރީތިކަމެއްވެއެވެ.

See all translations of this verse →

وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا۟ بَٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ

Resmî Divehi Çevirisiއަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާ ހަމައަށް ތިޔަބައިމީހުންނަށް ދެވޭކަމަށްނުވާ ރަށަކަށް، އެ نعم ސޫފިތައް ތިޔަބައިމީހުންގެ ބުރަތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

See all translations of this verse →

وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لَا تَعْلَمُونَ

Resmî Divehi Çevirisiއަދި އަހާއި، بغل އާއި، حمار ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ.

See all translations of this verse →

وَعَلَى ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌ وَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ

Resmî Divehi Çevirisiސީދާވެގެންވާ ތެދުމަގު ބަޔާންކޮށްދެއްވުންވަނީ، اللَّه އަށެވެ. އަދި އެ މަގުތަކުގެ ތެރެއިން ކަސިޔާރުވެގެންވާ މަގުވެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން އެންމެންނަށް ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.

See all translations of this verse →

هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ

Resmî Divehi Çevirisiތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ.

See all translations of this verse →

يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ

Resmî Divehi Çevirisiއެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، فكر ކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.

See all translations of this verse →

وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ

Resmî Divehi Çevirisiއަދި އެކަލާނގެ ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި خدمة ތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސް ވަނީ އެކަލާނގެ أمر ފުޅުން خدمة ތެރި ކުރައްވާފައެވެ. ހަމަކަށަވަރުން، އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.

See all translations of this verse →

وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَذَّكَّرُونَ

Resmî Divehi Çevirisiއަދި އެ ތަކެތީގެ ކުލަތައް ތަފާތު ގޮތުގައި، ތިޔަބައިމީހުންނަށްޓަކައި ބިމުގައި އެކަލާނގެ އުފައްދަވާފައިވާ ތަކެތިވެސްމެއެވެ. ހަމަކަށަވަރުން، ހަނދުމަކޮށް އުޅޭބަޔަކަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.

See all translations of this verse →

وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު خدمة ތެރިކުރެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެ ކަނޑުން ތާޒާ މަސް ކެއުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، އެ ކަނޑުން ނެރެ، ނެގުމަށްޓަކައެވެ. އަދި އެ ކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. އަދި (އެއީ) ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން (ދެއްވުމަށް) އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.

See all translations of this verse →

وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَٰرًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް މަގު އެނގުމަށްޓަކައެވެ.

See all translations of this verse →

وَعَلَٰمَٰتٍ وَبِٱلنَّجْمِ هُمْ يَهْتَدُونَ

Resmî Divehi Çevirisiއަދި (މަގު ފާހަގަކުރެވޭ) ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ.

See all translations of this verse →

أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ أَفَلَا تَذَكَّرُونَ

Resmî Divehi Çevirisiފަހެ (އެންމެހާ ތަކެތި) ހައްދަވާ ކަލާނގެއާއި (އެއްޗެއް) ނަހަދާ ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟

See all translations of this verse →

وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ

Resmî Divehi Çevirisiތިޔަބައިމީހުން اللَّه ގެ نعمة ހިމަނައި، عدد ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمة އެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.

See all translations of this verse →

وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ

Resmî Divehi Çevirisiއަދި اللَّه ފިޔަވައި އެއުރެން دعاء ކޮށް އަޅުކަންކޮށް އުޅޭ ތަކެތި، އެއްވެސް އެއްޗެއް ނަހަދަތެވެ. އަދި خود އެ ތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ.

See all translations of this verse →

أَمْوَٰتٌ غَيْرُ أَحْيَآءٍ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

Resmî Divehi Çevirisi(އެއީ) މަރުވެފައިވާ، ދިރުމެއްނުވާ ތަކެއްޗެވެ. އަދި އެއުރެން (އެހެން ދިރުމަކަށް) ފޮނުއްވާނެ އިރެއް އެ ތަކެއްޗަކަށް ނޭނގެތެވެ.

See all translations of this verse →

إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ

Resmî Divehi Çevirisiތިޔަބައިމީހުންގެ إله އަކީ، އެއްކައުވަންތަ إله އެވެ. ފަހެ، آخرة އަށް إيمان ނުވާ މީހުންނަކީ، އެއުރެންގެ ހިތްތައް އެކަމަށް إنكار ކުރާ މީހުންނެވެ. އަދި އެއުރެންނީ ބޮޑާވެގެންވާ ބަޔެކެވެ.

See all translations of this verse →

لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ

Resmî Divehi Çevirisiشك އެއްނެތެވެ. ހަމަކަށަވަރުން، އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ. ހަމަކަށަވަރުން، ބޮޑާވެގަންނަ މީހުންދެކެ، އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.

See all translations of this verse →

وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمْ قَالُوٓا۟ أَسَٰطِيرُ ٱلْأَوَّلِينَ

Resmî Divehi Çevirisiތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއްހޭ، އެއުރެންނަށް ބުނެފިނަމަ، އެއުރެން ބުނެތެވެ. އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތަކެވެ.

See all translations of this verse →

لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَٰمَةِ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ أَلَا سَآءَ مَا يَزِرُونَ

Resmî Divehi Çevirisi(އެއީ) قيامة ދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ!

See all translations of this verse →

قَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَأَتَى ٱللَّهُ بُنْيَٰنَهُم مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ، اللَّه، އެއުރެންގެ ބިނާ، ބިންގަލުން ނެތިކުރެއްވުމަށް އިރާދަކުރެއްވިއެވެ. ދެން އެއުރެންގެ (ބޯ) މަތިން، އެއުރެންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެއުރެން ހީވެސްނުކުރާ ގޮތްގޮތުން، އެއުރެންނަށް عذاب އައެވެ.

See all translations of this verse →

ثُمَّ يَوْمَ ٱلْقِيَٰمَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تُشَٰٓقُّونَ فِيهِمْ قَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلسُّوٓءَ عَلَى ٱلْكَٰفِرِينَ

Resmî Divehi Çevirisiދެން قيامة ދުވަހުން، އެކަލާނގެ އެއުރެން ނިކަމެތި ކުރައްވާނެތެވެ. އަދި وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހަދައި (އަދި) އެ ތަކެއްޗާމެދު (مؤمن ންނާ) ތިޔަބައިމީހުން ދެކޮޅުވެރިވެ އުޅުނު شريك ން ކޮބައިހެއްޔެވެ؟ علم ލިބިގެންވާ މީހުން (އެ ދުވަހުން) ދަންނަވާނެތެވެ. ހަމަކަށަވަރުން، ނިކަމެތިކަމާއި، ނުބައިކަން މިއަދު އޮތީ كافر ންގެ މައްޗަށެވެ.

See all translations of this verse →

ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءٍۭ بَلَىٰٓ إِنَّ ٱللَّهَ عَلِيمٌۢ بِمَا كُنتُمْ تَعْمَلُونَ

Resmî Divehi Çevirisi(އެއީ) އެއުރެންގެ نفس ތަކަށް އަނިޔާކުރާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން ملائكة ންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

See all translations of this verse →

فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَٰلِدِينَ فِيهَا فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ

Resmî Divehi Çevirisiފަހެ، އެތާނގައި ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كبر ވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ!

See all translations of this verse →

وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ قَالُوا۟ خَيْرًا لِّلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ وَلَنِعْمَ دَارُ ٱلْمُتَّقِينَ

Resmî Divehi Çevirisiتقوى ވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮގޮތެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި آخرة ގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި تقوى ވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!

See all translations of this verse →

جَنَّٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ لَهُمْ فِيهَا مَا يَشَآءُونَ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ

Resmî Divehi Çevirisiއެއީ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެން ވަންނާނެތެވެ. އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުރެތެވެ. އެއުރެން އެދޭކަންތައް، އެއުރެންނަށްޓަކައި އެތާނގައިވެއެވެ. تقوى ވެރިންނަށް اللَّه ޖަޒާ ދެއްވަނީ އެފަދައިންނެވެ.

See all translations of this verse →

ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ

Resmî Divehi Çevirisiއެއުރެންނަކީ، ކުށްފާފަތަކުން طاهر ވެގެންވާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ ملائكة ން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!

See all translations of this verse →

هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَٰٓئِكَةُ أَوْ يَأْتِىَ أَمْرُ رَبِّكَ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Resmî Divehi Çevirisiއެއުރެންގެ ގާތަށް ملائكة ން ވަޑައިގަތުމަށް، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب ގެ) أمر ފުޅު އައުމަށް މެނުވީ އެއުރެން انتظار ކުރޭ ހެއްޔެވެ؟ އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާކުރާކަމުގައި ވޫއެވެ.

See all translations of this verse →

فَأَصَابَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

Resmî Divehi Çevirisiފަހެ، އެއުރެން عمل ކުޅަގޮތުގެ ނުބައި ޖަޒާތައް، އެއުރެންނަށް ޖެހުނެވެ. އަދި އެއުރެން އެކަމަކަށް މަލާމާތްކޮށް އުޅުނު ކަންތައް އައިސް އެއުރެން ވަށައިލިއެވެ.

See all translations of this verse →

وَقَالَ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِۦ مِن شَىْءٍ نَّحْنُ وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن دُونِهِۦ مِن شَىْءٍ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ

Resmî Divehi Çevirisiشريك ކުޅަ މީހުން ބުނެފޫއެވެ. اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ތިމަންމެންވެސް، އަދި ތިމަންމެންގެ ކާބަފައިންވެސް އަޅުކަމެއް ނުކުޅައީހެވެ. އަދި އެކަލާނގެ އެންގެވުމަކާނުލައި އެއްވެސް އެއްޗެއް ތިމަންމެން حرام ކޮށެއް ނުހެދީމުހެވެ. އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. ފަހެ، ބަޔާންވެގެންވާ އިއްވެވުން މެނުވީ، رسول ންގެ މައްޗަށް ވޭހެއްޔެވެ؟

See all translations of this verse →

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَٰلَةُ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!

See all translations of this verse →

إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ وَمَا لَهُم مِّن نَّٰصِرِينَ

Resmî Divehi Çevirisiއެއުރެންނަށް ތެދުމަގު ލިބުމުގެ މައްޗަށް ކަލޭގެފާނު شوق ވެރިވެ ވަޑައިގަތަސް، ފަހެ، ހަމަކަށަވަރުން، اللَّه، އެކަލާނގެ މަގުފުރައްދަވާ މީހަކަށް ތެދުމަގެއް ނުދައްކަވަތެވެ. އަދި އެއުރެންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.

See all translations of this verse →

وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ لَا يَبْعَثُ ٱللَّهُ مَن يَمُوتُ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Resmî Divehi Çevirisiއެއުރެންނަށް ވެވުނުހާ ގަދައެއްކޮށް اللَّه ގަންދީ ހުވާކޮށް އެއުރެން ބުނެފޫއެވެ. މަރުވާ މީހަކު (އަލުން އެހެން ދިރުމަކަށް) اللَّه ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. (އެއީ) އެކަލާނގެއަށް ކަށަވަރުވެ حق ވެގެންވާ ގޮތުގައި، ކުރައްވާފައިވާ وعد އެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.

See all translations of this verse →

لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ كَانُوا۟ كَٰذِبِينَ

Resmî Divehi Çevirisiއެއުރެން އެކަމާމެދު خلاف ވެ އުޅުނު ކަންތަކުގެ حقيقة އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންވީ، ދޮގުވެރިންކަމުގައިކަން، كافر ވި މީހުން ދެނެގަތުމަށްޓަކައެވެ.

See all translations of this verse →

إِنَّمَا قَوْلُنَا لِشَىْءٍ إِذَآ أَرَدْنَٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ

Resmî Divehi Çevirisiތިމަންރަސްކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ހިނދަކު، ތިމަންރަސްކަލާނގެ އެކަމަކަށް އަންގަވާ ބަސްފުޅެއްކަމުގައިވާކަން ކަށަވަރީ، [ވާށޭ] ތިމަންރަސްކަލާނގެ އެކަމަކަށް وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.

See all translations of this verse →

وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ لَوْ كَانُوا۟ يَعْلَمُونَ

Resmî Divehi Çevirisiއެއުރެންނަށް އަނިޔާ ލިބުމަށްފަހު، اللَّه އަށްޓަކައި هجرة ކުޅަ މީހުންނަށް، ހަމަކަށަވަރުން، ދުނިޔޭގައިވެސް އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، آخرة ގެ ދަރުމަ މާބޮޑެވެ. އެއުރެން (އެކަން) ދަންނަނަމައެވެ.

See all translations of this verse →

ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

Resmî Divehi Çevirisiއެއުރެންނީ، ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުންނެވެ.

See all translations of this verse →

وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

Resmî Divehi Çevirisiއަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންރަސްކަލާނގެ وحى އިއްވަވައި، رسول ކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން علم ގެ أهل ވެރިންނާ سؤال ކުރާށެވެ!

See all translations of this verse →

بِٱلْبَيِّنَٰتِ وَٱلزُّبُرِ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

Resmî Divehi Çevirisi(ތިމަންރަސްކަލާނގެ އެ رسول ން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ.

See all translations of this verse →

أَفَأَمِنَ ٱلَّذِينَ مَكَرُوا۟ ٱلسَّيِّـَٔاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلْأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ

Resmî Divehi Çevirisiފަހެ، ނުބައި ރޭވުންތައް ރޭވިމީހުން، اللَّه އެއުރެންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެއުރެން ހީވެސްނުކުރާ ދިމަދިމާއިން، އެއުރެންނަށް عذاب އަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީ ހެއްޔެވެ؟

See all translations of this verse →

أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ

Resmî Divehi Çevirisiނުވަތަ އެއުރެން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެކަލާނގެ އެއުރެން ހަލާކު ކުރައްވައިފާނެކަމާމެދުގައިވެސް މެއެވެ. ފަހެ، (اللَّه) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.

See all translations of this verse →

أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ

Resmî Divehi Çevirisiނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍ يَتَفَيَّؤُا۟ ظِلَٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًا لِّلَّهِ وَهُمْ دَٰخِرُونَ

Resmî Divehi Çevirisiއަދި اللَّه ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. اللَّه އަށް سجدة ކުރާ حال ގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށް ދެރަވެ، ނިކަމެތިވާ حال ގައެވެ.

See all translations of this verse →

وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍ وَٱلْمَلَٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ

Resmî Divehi Çevirisiއުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، ملائكة ން، اللَّه އަށް سجدة ކުރެތެވެ. އަދި އެބޭކަލުން ބޮޑާވެއެއް ނުގަނެތެވެ.

See all translations of this verse →

يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ

Resmî Divehi Çevirisiއެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ.

See all translations of this verse →

وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَٰهَيْنِ ٱثْنَيْنِ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ فَإِيَّٰىَ فَٱرْهَبُونِ

Resmî Divehi Çevirisiاللَّه وحى ކުރެއްވިއެވެ. ތިޔަބައިމީހުން، ދެ إله ން ވާކަމަށް قبول ނުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ!

See all translations of this verse →

وَلَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا أَفَغَيْرَ ٱللَّهِ تَتَّقُونَ

Resmî Divehi Çevirisiއަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ބިރުވެތިވަނީ، اللَّه ނޫން ފަރާތަކަށް ހެއްޔެވެ؟

See all translations of this verse →

وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން دعاء ކޮށް ދަންނަވަނީ، ހަމަ އެކަލާނގެ حضرة އަށެވެ.

See all translations of this verse →

ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ

Resmî Divehi Çevirisiދެން އެކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، އެ ދަތިحال ފިއްލަވައިފިނަމަ، އެހާރުން ތިޔަބައިމީހުންކުރެ ބަޔަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ކުރެތެވެ.

See all translations of this verse →

لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ

Resmî Divehi Çevirisiއެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް، كافر ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ نتيجة) އެނގޭހުށްޓެވެ.

See all translations of this verse →

وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَٰهُمْ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ

Resmî Divehi Çevirisiތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ބައެއް، އެއުރެންނަށް އެނގުމެއްނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ދީއުޅެތެވެ. اللَّه ގަންދެއްވައި وحى ކުރައްވަމެވެ. ތިޔަބައިމީހުން، ހަދައިއުޅުނު ދޮގުތަކާމެދު، ހަމަކަށަވަރުން، ތިޔަބައިމީހުންނާ سؤال ކުރައްވާ ހުށްޓެވެ.

See all translations of this verse →

وَيَجْعَلُونَ لِلَّهِ ٱلْبَنَٰتِ سُبْحَٰنَهُۥ وَلَهُم مَّا يَشْتَهُونَ

Resmî Divehi Çevirisiއަދި اللَّه އަށް އަންހެންދަރިން ވާކަމަށް، އެއުރެން ހަދަތެވެ. އެކަލާނގެ (އެފަދަ ކަންކަމުން) ހުސްطاهر ވެވޮޑިގެންވެއެވެ. އަދި އެއުރެން އެދޭ ތަކެތި، (އެބަހީ: ފިރިހެންދަރިން) ވަނީ، އެއުރެންނަށްކަމަށް ހަދަތެވެ.

See all translations of this verse →

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ

Resmî Divehi Çevirisiއަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ.

See all translations of this verse →

يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ أَلَا سَآءَ مَا يَحْكُمُونَ

Resmî Divehi Çevirisiއެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ.

See all translations of this verse →

لِلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ مَثَلُ ٱلسَّوْءِ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

Resmî Divehi Çevirisiނުބައިވެގެންވާ مثال ވަނީ، آخرة އަށް إيمان ނުވާ މީހުންނަށެވެ. އަދި އެންމެ މަތިވެރި مثال ވަނީ، اللَّه އަށެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةً وَلَا يَسْتَقْدِمُونَ

Resmî Divehi Çevirisiއަދި އެއުރެންގެ އަނިޔާގެ ސަބަބުން اللَّه މީސްތަކުންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާ އުޅޭ އެއްވެސް ދިރޭއެއްޗެއް، އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައެޅިގެންވާ މުއްދަތަކަށް، އެކަލާނގެ އެއުރެން ފަސްކުރައްވަނީއެވެ. ފަހެ، އެއުރެންގެ أجل އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް، ލަހެއް ނުކުރައްވާހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ.

See all translations of this verse →

وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفْرَطُونَ

Resmî Divehi Çevirisiއަދި އެއުރެން، ނުރުހޭ ތަކެތި (އެބަހީ: އަންހެންދަރިން) އެއުރެން اللَّه އަށް نسبة ކުރެތެވެ. އަދި ހަމަކަށަވަރުން، ހުރިހާ ހެވެއްވަނީ، އެއުރެންނަށް ކަމަށްބުނެ، އެއުރެންގެ ދޫތަކުން ދޮގުތައް ހަދައި އުޅެތެވެ. شك އެއް ނެތެވެ. ހަމަކަށަވަރުން، އެއުރެންނަށްހުރީ ނަރަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ، އެންމެ ފުރަތަމަ އެ ތަނަށް ދޫކުރައްވާނޭ ބަޔެކެވެ.

See all translations of this verse →

تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ

Resmî Divehi Çevirisiاللَّه ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ أمّة ތަކަށް، ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ދެން شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. ފަހެ، މިއަދު އެއުރެންގެ އެހީތެރިޔަކީ، އެ شيطان އާއެވެ. އަދި އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ.

See all translations of this verse →

وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

Resmî Divehi Çevirisiއަދި އެއުރެން އެކަމާމެދު خلاف ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ.

See all translations of this verse →

وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَسْمَعُونَ

Resmî Divehi Çevirisiاللَّه، އުޑުން ފެން ބާވައިލެއްވިއެވެ. ފަހެ، ބިންގަނޑު މަރުވެ އޮތުމަށްފަހު، އެ ފެނުގެ ސަބަބުން، އެކަލާނގެ އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން، އަޑުއަހާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.

See all translations of this verse →

وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّٰرِبِينَ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولات ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ.

See all translations of this verse →

وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَٰبِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْقِلُونَ

Resmî Divehi Çevirisiއަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: މި آية ބާވައިލެއްވީ، ރާ حرام ކުރެއްވުމުގެ ކުރީގައެވެ.)

See all translations of this verse →

وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ

Resmî Divehi Çevirisiކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهام ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ!

See all translations of this verse →

ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًا يَخْرُجُ مِنۢ بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌ لِّلنَّاسِ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ

Resmî Divehi Çevirisiދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.

See all translations of this verse →

وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّىٰكُمْ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَىْ لَا يَعْلَمَ بَعْدَ عِلْمٍ شَيْـًٔا إِنَّ ٱللَّهَ عَلِيمٌ قَدِيرٌ

Resmî Divehi Çevirisiاللَّه، ތިޔަބައިމީހުން ހެއްދެވިއެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން މަރުގަންނަވަތެވެ. އަދި އެންމެ ނިކަމެތި عمر އަށް ރައްދުކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އެމީހާއަށް އެނގިގެންވުމަށްފަހު، އެއްވެސް އެއްޗެއް ނޭނގުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِى ٱلرِّزْقِ فَمَا ٱلَّذِينَ فُضِّلُوا۟ بِرَآدِّى رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَٰنُهُمْ فَهُمْ فِيهِ سَوَآءٌ أَفَبِنِعْمَةِ ٱللَّهِ يَجْحَدُونَ

Resmî Divehi Çevirisiއަދި اللَّه، رزق ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ފަހެ، އެއުރެންނަށް މިލްކުވެގެންވާ އަޅުންނަށް، އެއުރެންގެ رزق ރައްދުކޮށްދޭ ބަޔަކުކަމުގައި، އިތުރު ކުރެއްވި މީހުން ނުވެތެވެ. ފަހެ، އެކަމުގައި، އެއުރެން ހަމަހަމަވެގެންވެއެވެ. ފަހެ، އެއުރެން إنكار ކޮށް ދެކޮޅުހަދަނީ، اللَّه ދެއްވި نعمة އާ މެދުގައި ހެއްޔެވެ؟

See all translations of this verse →

وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ

Resmî Divehi Çevirisiއަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު حلال ތަކެތިން، ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. ފަހެ، އެއުރެން إيمان ވަނީ، باطل އަށް ހެއްޔެވެ؟ އަދި އެއުރެން كافر ވަނީ، اللَّه ގެ نعمة އަށް ހެއްޔެވެ؟

See all translations of this verse →

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ شَيْـًٔا وَلَا يَسْتَطِيعُونَ

Resmî Divehi Çevirisiاللَّه ފިޔަވައި، އެހެންފަރާތަކަށް، އެއުރެން އަޅުކަންކުރެތެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެއުރެންނަށް رزق ދިނުން މިލްކުވެގެން ނުވާ ތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ.

See all translations of this verse →

فَلَا تَضْرِبُوا۟ لِلَّهِ ٱلْأَمْثَالَ إِنَّ ٱللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް اللَّه އާ އެއްފަދަ ނުކުރާށެވެ! ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

See all translations of this verse →

ضَرَبَ ٱللَّهُ مَثَلًا عَبْدًا مَّمْلُوكًا لَّا يَقْدِرُ عَلَىٰ شَىْءٍ وَمَن رَّزَقْنَٰهُ مِنَّا رِزْقًا حَسَنًا فَهُوَ يُنفِقُ مِنْهُ سِرًّا وَجَهْرًا هَلْ يَسْتَوُۥنَ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

Resmî Divehi Çevirisiއެހެންމީހަކަށް މިލްކުވެގެންވާ، އަދި އެއްވެސްކަމެއް ކުރުމަށް ކުޅަދާނަވެގެންނުވާ އަޅަކާއި، ތިމަންރަސްކަލާނގެ ހެޔޮވެގެންވާ رزق ން رزق ދެއްވައި، ސިއްރާއި ފާޅުގައި އެއިން ހޭދަކޮށްއުޅޭ މީހަކާ ދެމީހުންގެ مثال ން اللَّه، مثال އެއް ޖެއްސެވިއެވެ. އެއުރެން ހަމަހަމަވާނޭ ހެއްޔެވެ؟ حمد ހުރީ، اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަ މީހުންނަކަށް ނޭނގެތެވެ.

See all translations of this verse →

وَضَرَبَ ٱللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ وَهُوَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ

Resmî Divehi Çevirisiދެފިރިހެނެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. އެ ދެމީހުންކުރެ އެކަކީ، އެއްވެސްކަމެއްގެ މައްޗަށް ކުޅަދާނަވެގެންނުވާ މަންމަނެކެވެ. އަދި އޭނާއަކީ، އޭނާގެ ސާހިބުމީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮކަމަކާއިގެނެއް ނާދެތެވެ. އެމީހާއާއި، ސީދާވެގެންވާ ތެދުމަގުގައިހުރެ، إنصاف އަށް އަމުރުކޮށްއުޅޭ މީހަކާ ހަމަހަމަވެގެންވާނޭ ހެއްޔެވެ؟

See all translations of this verse →

وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَآ أَمْرُ ٱلسَّاعَةِ إِلَّا كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Resmî Divehi Çevirisiއަދި އުޑުތަކާއި، ބިމުގެ غيب މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި قيامة ވުމުގެ ވަގުތުގެ ކަންތައް، ލޮލުގެ އެސްފިޔަޖަހާހައި ހިނދުކޮޅެއް ފަދައިން މެނުވީ ނުވެތެވެ. ނުވަތަ، އެއަށްވުރެވެސް ގާތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ لَعَلَّكُمْ تَشْكُرُونَ

Resmî Divehi Çevirisiތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ.

See all translations of this verse →

أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يُؤْمِنُونَ

Resmî Divehi Çevirisiއުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) اللَّه މެނުވީ ނުހިފަހައްޓަވަތެވެ. إيمان ވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

See all translations of this verse →

وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَٰمِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَٰثًا وَمَتَٰعًا إِلَىٰ حِينٍ

Resmî Divehi Çevirisiއަދި اللَّه، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް قائم ވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، نعم ސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެ ތަކެތީގެ ކެހެރިންނާއި، އެ ތަކެތީގެ ލޯލިންނާއި، އެ ތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި، ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ.

See all translations of this verse →

وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلًا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَٰنًا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ

Resmî Divehi Çevirisiއަދި اللَّه، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ نعمة ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ.

See all translations of this verse →

فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَٰغُ ٱلْمُبِينُ

Resmî Divehi Çevirisiފަހެ، އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ، ބަޔާންވެގެންވާ އިއްވެވުމެވެ.

See all translations of this verse →

يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَٰفِرُونَ

Resmî Divehi Çevirisiއެއުރެން اللَّه ގެ نعمة ދަނެތެވެ. ދެން އެއުރެން އެއަށް إنكار ކުރެތެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، كافر ންނެވެ.

See all translations of this verse →

وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا۟ وَلَا هُمْ يُسْتَعْتَبُونَ

Resmî Divehi Çevirisiތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން، ހެކިވެރިޔަކު ފޮނުއްވަވާ ދުވަސް ހަނދުމަކުރާށެވެ! ދެން كافر ވިމީހުންނަށް (عذر ދެއްކުމަކަށް) إذن އެއް ނުދެއްވާހުށްޓެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް، އެނބުރި އާދެވޭނޭ ބަޔަކު ކަމުގައި، އެއުރެން އެދުވަހުން ނުވެތެވެ.

See all translations of this verse →

وَإِذَا رَءَا ٱلَّذِينَ ظَلَمُوا۟ ٱلْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ

Resmî Divehi Çevirisiއަދި އަނިޔާވެރިވި މީހުން، عذاب ދެކޭހިނދު، އެއުރެންގެ ކިބައިން އެކަން ލުއި ނުކުރައްވާހުށްޓެވެ. އަދި ފަސްކުރައްވާނޭ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ.

See all translations of this verse →

وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَٰذِبُونَ

Resmî Divehi Çevirisiއަދި شريك ކުޅަ މީހުން، އެއުރެން (اللَّه އާ) شريك ކުޅަ ފަރާތްތައް ދެކޭހިނދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! މިތިބީ އަޅަމެންގެ شريك ންނެވެ. އެއީ، އިބަރަސްކަލާނގެ ފިޔަވައި، އަޅަމެން އެފަރާތްތަކަށް އަޅުކަންކޮށް އުޅުނު ފަރާތްތަކެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ދޮގުވެރިންނޭ ބުނެ، އެ ތަކެތި އެއުރެންނަށް އެބަސް ރައްދުކުރާނެތެވެ.

See all translations of this verse →

وَأَلْقَوْا۟ إِلَى ٱللَّهِ يَوْمَئِذٍ ٱلسَّلَمَ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

Resmî Divehi Çevirisiއަދި އެއުރެން އެދުވަހުން، اللَّه އަށް تسليم ކުރާނެތެވެ. އަދި އެއުރެން އަމިއްލަޔަށް ހަދައިގެން އުޅުނު باطل إله ންތައް، އެއުރެންނަށް ގެއްލިގެންދާނެތެވެ.

See all translations of this verse →

ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ زِدْنَٰهُمْ عَذَابًا فَوْقَ ٱلْعَذَابِ بِمَا كَانُوا۟ يُفْسِدُونَ

Resmî Divehi Çevirisi(اللَّه އަށާއި އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، عذاب ގެ މައްޗަށް عذاب ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ.

See all translations of this verse →

وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰٓؤُلَآءِ وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު، ހަމަ އެއުރެންގެ ތެރެއިން އެއުރެންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަންރަސްކަލާނގެ، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ.

See all translations of this verse →

إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

Resmî Divehi Çevirisiހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.

See all translations of this verse →

وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ

Resmî Divehi Çevirisiތިޔަބައިމީހުން اللَّه އަށް عهد ކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ.

See all translations of this verse →

وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَٰثًا تَتَّخِذُونَ أَيْمَٰنَكُمْ دَخَلًۢا بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَىٰ مِنْ أُمَّةٍ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِۦ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَٰمَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ

Resmî Divehi Çevirisiއަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: عهد ތަކުގެ ބާރު ލިބިގަތުމަށްފަހު، އެ عهد ތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު، އަނެއްބަޔަކަށްވުރެ ގިނަބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުން އެކަމުން امتحان ކުރައްވަތެވެ. އަދި ތިޔަބައިމީހުން، خلاف ވެ އުޅުނުކަންތައް، قيامة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ.

See all translations of this verse →

وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَٰكِن يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ وَلَتُسْـَٔلُنَّ عَمَّا كُنتُمْ تَعْمَلُونَ

Resmî Divehi Çevirisiاللَّه އިރާދަކުރެއްވިނަމަ، އެއް أمّة އެއް ކަމުގައި، ތިޔަބައިމީހުން ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތިޔަބައިމީހުން عمل ކޮށް އުޅުނު ކަންތަކާމެދު، ތިޔަބައިމީހުންނާ سوال ކުރައްވާހުށިކަން ކަށަވަރެވެ.

See all translations of this verse →

وَلَا تَتَّخِذُوٓا۟ أَيْمَٰنَكُمْ دَخَلًۢا بَيْنَكُمْ فَتَزِلَّ قَدَمٌۢ بَعْدَ ثُبُوتِهَا وَتَذُوقُوا۟ ٱلسُّوٓءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ وَلَكُمْ عَذَابٌ عَظِيمٌ

Resmî Divehi Çevirisiތިޔަބައިމީހުންގެ ހުވާތައް، އެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަ ކުރުމަށްޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ، (އެހެންވެއްޖެނަމަ، އެ ހުވާގެ ސަބަބުން) ފައިތިލަ ثابت ވެ ހުރުމަށްފަހު، އެ ފައިތިލަ ކައްސާލައިގެން ހިނގައިދާނެތެވެ. އަދި ތިޔަބައިމީހުން، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށްއުޅުމުގެ ސަބަބުން، مصيبات ގެ ރަހަ ތިޔަބައިމީހުންނަށް ލިބިދާނެތެވެ. އަދި ބޮޑުވެގެންވާ عذاب، ތިޔަބައިމީހުންނަށް ހުށްޓެވެ.

See all translations of this verse →

وَلَا تَشْتَرُوا۟ بِعَهْدِ ٱللَّهِ ثَمَنًا قَلِيلًا إِنَّمَا عِندَ ٱللَّهِ هُوَ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުން، اللَّه ގެ عهد އަށް ކުޑަ އަގެއް ނުގަންނާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ حضرة ގައިވާ އެއްޗެއް އެއީ، ތިޔަބައިމީހުންނަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ އެއްޗެކެވެ.

See all translations of this verse →

مَا عِندَكُمْ يَنفَدُ وَمَا عِندَ ٱللَّهِ بَاقٍ وَلَنَجْزِيَنَّ ٱلَّذِينَ صَبَرُوٓا۟ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

Resmî Divehi Çevirisiތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި اللَّه ގެ حضرة ގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން عمل ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

See all translations of this verse →

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

Resmî Divehi Çevirisiمؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

See all translations of this verse →

فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ

Resmî Divehi Çevirisiފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!

See all translations of this verse →

إِنَّهُۥ لَيْسَ لَهُۥ سُلْطَٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

Resmî Divehi Çevirisiހަމަކަށަވަރުން، إيمان ވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ شيطان އާއަކަށް ނުވެއެވެ.

See all translations of this verse →

إِنَّمَا سُلْطَٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ

Resmî Divehi Çevirisiއޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريك ކޮށްއުޅޭ މީހުންގެ މައްޗަށެވެ.

See all translations of this verse →

وَإِذَا بَدَّلْنَآ ءَايَةً مَّكَانَ ءَايَةٍ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

Resmî Divehi Çevirisiއެއް آية އެއްގެ ތަނަށް، އެހެން آية އެއް ތިމަންރަސްކަލާނގެ ބަދަލުކުރައްވައި ގެންނަވައިފި ހިނދު، اللَّه އެކަލާނގެ ބާވައިލައްވާ ތަކެތި މޮޅަށް ދެނެވޮޑިގެންވެތެވެ. އެއުރެން ބުނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ދޮގުހަދާ މީހެއްކަމުގައެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން ނުދަނެތެވެ.

See all translations of this verse →

قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! حق ގޮތުގައި އެ ފޮތް ބާވައިލެއްވީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން جبريل ގެފާނެވެ. (އެއީ) إيمان ވި މީހުންނަށް ثابت ކަން ދެއްވުމަށްޓަކައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ.

See all translations of this verse →

وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٌ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِىٌّ وَهَٰذَا لِسَانٌ عَرَبِىٌّ مُّبِينٌ

Resmî Divehi Çevirisiއެކަލޭގެފާނަށް އުނގަންނައިދެއްވަނީ، ހަމަކަށަވަރުން، إنسان އެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، عجمى ބަހެވެ. މިއީ ބަޔާންވެގެންވާ عرب ބަހެވެ.

See all translations of this verse →

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَٰتِ ٱللَّهِ لَا يَهْدِيهِمُ ٱللَّهُ وَلَهُمْ عَذَابٌ أَلِيمٌ

Resmî Divehi Çevirisiހަމަކަށަވަރުން، اللَّه ގެ آية ތަކަށް، إيمان ނުވާ މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ތެދުމަގެއް ނުދައްކަވާނެތެވެ. އަދި ވޭންދެނިވި عذاب އެއުރެންނަށްހުށްޓެވެ.

See all translations of this verse →

إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَٰتِ ٱللَّهِ وَأُو۟لَٰٓئِكَ هُمُ ٱلْكَٰذِبُونَ

Resmî Divehi Çevirisiދޮގުހަދާކަން ކަށަވަރީ، اللَّه ގެ آية ތަކަށް إيمان ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ.

See all translations of this verse →

مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ

Resmî Divehi Çevirisiإيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ.

See all translations of this verse →

ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ

Resmî Divehi Çevirisiއެއީ ހަމަކަށަވަރުން، އެއުރެން، آخرة ގެ މައްޗަށް، دنيوى حياة އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، كافر ވީމީހުންނަކަށް، اللَّه، ތެދުމަގެއް ނުދައްކަވާނެތެވެ.

See all translations of this verse →

أُو۟لَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَٰرِهِمْ وَأُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ

Resmî Divehi Çevirisiއެއުރެންނީ، އެއުރެންގެ ހިތްތަކުގައްޔާއި، އެއުރެންގެ ކަންފަތްތަކުގައްޔާއި، އެއުރެންގެ ލޯތަކުގައި، اللَّه ސިއްކަގައްސަވާފައިވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، غافل ވެގެންވާ މީހުންނެވެ.

See all translations of this verse →

لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْخَٰسِرُونَ

Resmî Divehi Çevirisiشك އެއްނެތެވެ. ހަމަކަށަވަރުން، آخرة ގައި ގެއްލެނިވެގެންވާ މީހުންނަކީ، ހަމަ، އެއުރެންނެވެ.

See all translations of this verse →

ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا۟ مِنۢ بَعْدِ مَا فُتِنُوا۟ ثُمَّ جَٰهَدُوا۟ وَصَبَرُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ

Resmî Divehi Çevirisiދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެހީތެރިވެ) ވޮޑިގަތުންވަނީ، އެއުރެންނަށް އަނިޔާލިބި، امتحان ވެވުމަށްފަހު، هجرة ކޮށް، ދެން جهاد ކޮށް، ކެތްތެރިވީ މީހުންނަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެއަށްފަހުވެސް ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

See all translations of this verse →

يَوْمَ تَأْتِى كُلُّ نَفْسٍ تُجَٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ

Resmî Divehi Çevirisiކޮންމެ نفس އެއްވެސް، އެ نفس އެއް (دفاع ކޮށް) ޖަދަލުކުރުމަށް އަންނަ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކުޅަ عمل އަކަށް (އެ ދުވަހުން) ފުރިހަމައަށް ޖަޒާ ދެއްވާނެތެވެ. އަދި އެއުރެންނަށް، ބޭއިންސާފެއް ނުކުރައްވާނޭމެއެވެ.

See all translations of this verse →

وَضَرَبَ ٱللَّهُ مَثَلًا قَرْيَةً كَانَتْ ءَامِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ

Resmî Divehi Çevirisiއަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް رزق އާދެތެވެ. ދެން اللَّه ގެ نعمة ތަކަށް އެ ރަށުގެ މީހުން كافر ވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް اللَّه ދެއްކެވިއެވެ.

See all translations of this verse →

وَلَقَدْ جَآءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ ٱلْعَذَابُ وَهُمْ ظَٰلِمُونَ

Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެންގެތެރެއިން، رسول އަކު، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، އެއުރެން އެ رسول އާ ދޮގުކުޅައޫވެ. ދެން އެއުރެން އަނިޔާވެރިންކަމުގައިވާ حال، އެއުރެންގެ މައްޗަށް عذاب އައެވެ.

See all translations of this verse →

فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًا طَيِّبًا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

Resmî Divehi Çevirisiފަހެ، اللَّه ތިޔަބައިމީހުންނަށް ރަނގަޅު حلال ތަކެތީގެ ގޮތުގައި ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި اللَّه ގެ نعمة އަށް ތިޔަބައިމީހުން شكر ކުރާށެވެ! (އެއީ) ހަމައެކަނި، އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ.

See all translations of this verse →

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Resmî Divehi Çevirisiތިޔަބައިމީހުންނަށް، އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިއުމެއް ނެތި، مجبور ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَٰذَا حَلَٰلٌ وَهَٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ

Resmî Divehi Çevirisiاللَّه އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ حلال ކަމެކޭ، އަދި މިއީ حرام ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، اللَّه އާމެދު، ދޮގުހަދާމީހުން ނުދިނޭހުށްޓެވެ.

See all translations of this verse →

مَتَٰعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ

Resmî Divehi Çevirisi(އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.

See all translations of this verse →

وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ وَمَا ظَلَمْنَٰهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Resmî Divehi Çevirisiމީގެކުރިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ (وحى ކުރައްވައި) ކިޔައިދެއްވި ކަންތައް، يهودى ވީ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ حرام ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަމެވެ. އެހެނެއް ކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވާ ކަމުގައި، އެއުރެން ވޫއެވެ.

See all translations of this verse →

ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا۟ ٱلسُّوٓءَ بِجَهَٰلَةٍ ثُمَّ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ

Resmî Divehi Çevirisiދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު توبة ވެ، إصلاح ވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

See all translations of this verse →

إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ

Resmî Divehi Çevirisiހަމަކަށަވަރުން، إبراهيم ގެފާނީ، اللَّه އަށް ކިޔަމަންތެރިވެވަޑައިގެން، باطل މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّة އެއް ކަމުގައިވިއެވެ. އަދި شريك ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ.

See all translations of this verse →

شَاكِرًا لِّأَنْعُمِهِ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

Resmî Divehi Çevirisiއެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ.

See all translations of this verse →

وَءَاتَيْنَٰهُ فِى ٱلدُّنْيَا حَسَنَةً وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّٰلِحِينَ

Resmî Divehi Çevirisiއަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން، آخرة ގައި، އެކަލޭގެފާނު ވަނީ، صالح ންގެތެރެއިންކަން ކަށަވަރެވެ.

See all translations of this verse →

ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ

Resmî Divehi Çevirisiދެން ތިމަންރަސްކަލާނގެ، ކަލޭގެފާނަށް وحى ކުރެއްވީމެވެ. باطل މަގުން އެއްކިބާވެ، ސީދާމަގުގައިވާ إبراهيم ގެފާނުގެ دين އަށް، ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ފަހެ، مشرك ންގެ ތެރެއިން އެކަލޭގެފާނު ނުވެތެވެ.

See all translations of this verse →

إِنَّمَا جُعِلَ ٱلسَّبْتُ عَلَى ٱلَّذِينَ ٱخْتَلَفُوا۟ فِيهِ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

Resmî Divehi Çevirisiހޮނިހިރުދުވަހުގެ حرمة ތެރިކަން ލައްވާފައިވާކަން ކަށަވަރީ، އެދުވަހާމެދު خلاف ވެގެން އުޅުނު މީހުންގެ މައްޗަށެވެ. އަދި ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامة ދުވަހުން އެއުރެންގެމެދުގައި، حكم ކުރައްވާނެކަން ކަށަވަރެވެ.

See all translations of this verse →

ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

Resmî Divehi Çevirisiحكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.

See all translations of this verse →

وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّٰبِرِينَ

Resmî Divehi Çevirisiއަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.

See all translations of this verse →

وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍ مِّمَّا يَمْكُرُونَ

Resmî Divehi Çevirisiއަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّه ގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!

See all translations of this verse →

إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ

Resmî Divehi Çevirisiހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ. އަދި إحسان ތެރިންނާވެސް އެކުގައެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70