وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلًا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَٰنًا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
Resmî Divehi Çevirisiއަދި اللَّه، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ نعمة ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ.