caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Az-Zukhruf الزخرف

89 verses · Mecca · revelation order 63

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ حمٓ

Resmî Divehi Çevirisiح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)

See all translations of this verse →

وَٱلْكِتَٰبِ ٱلْمُبِينِ

Resmî Divehi Çevirisiبيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ.

See all translations of this verse →

إِنَّا جَعَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

See all translations of this verse →

وَإِنَّهُۥ فِىٓ أُمِّ ٱلْكِتَٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައިވާ މައިފޮތުގައި (އެބަހީ: اللوح المحفوظ ގައި) އެފޮތްވަނީ މަތިވެރިވެގެންވާ حكمة ތެރި ފޮތެއް ކަމުގައެވެ.

See all translations of this verse →

أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ

Resmî Divehi Çevirisiފަހެ، ތިޔަބައިމީހުން (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައިވީތީވެ، ތިޔަބައިމީހުންނާމެދު ތިމަންރަސްކަލާނގެ قرآن ގެ وعظ ބާވައިނުލައްވައި ދޫކޮށްލައްވަންވީހެއްޔެވެ؟

See all translations of this verse →

وَكَمْ أَرْسَلْنَا مِن نَّبِىٍّ فِى ٱلْأَوَّلِينَ

Resmî Divehi Çevirisiއަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟

See all translations of this verse →

وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

Resmî Divehi Çevirisiއަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ.

See all translations of this verse →

فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ ٱلْأَوَّلِينَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ އެބައިމީހުންނަށްވުރެ މާބާރުގަދަ މީހުން ހަލާކު ކުރެއްވީމެވެ. އަދި އިސްވެދިޔަ މީހުންގެ مثال ވޭތުވެހިނގައްޖެއެވެ.

See all translations of this verse →

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ

Resmî Divehi Çevirisiހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެތަކެތި ހެއްދެވީ، عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

See all translations of this verse →

ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ

Resmî Divehi Çevirisiއެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި ބިން ލައްވައި، އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން (ގަސްތުކުރާ ތަންތަނަށް) ދިއުމަށް މަގު އެނގުމަށްޓަކައެވެ.

See all translations of this verse →

وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا كَذَٰلِكَ تُخْرَجُونَ

Resmî Divehi Çevirisiއަދި އެކަލާނގެއީ، ކަނޑައެޅިގެންވާ މިންވަރަކަށް އުޑުން ފެން ވެއްސެވި ރަސްކަލާނގެއެވެ. ފަހެ، މަރުވެފައިވާ ރަށެއް ތިމަންރަސްކަލާނގެ އެފެނުން ދިރުއްވީމެވެ. ހަމައެފަދައިން، ތިޔަބައިމީހުން (ކަށްވަޅުތަކުން) ނެރުއްވާހުށްޓެވެ.

See all translations of this verse →

وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَٰمِ مَا تَرْكَبُونَ

Resmî Divehi Çevirisiއަދި އެކަލާނގެއީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި ރަސްކަލާނގެއެވެ. އަދި ނައުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ.

See all translations of this verse →

لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَٰنَ ٱلَّذِى سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ

Resmî Divehi Çevirisi(އެއީ) ތިޔަބައިމީހުން އެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ نعمة ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށްޓަކައެވެ. އަޅަމެންނަށް މި ތަކެތި خدمة ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ.

See all translations of this verse →

وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވާނެކަން ކަށަވަރެވެ.

See all translations of this verse →

وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا إِنَّ ٱلْإِنسَٰنَ لَكَفُورٌ مُّبِينٌ

Resmî Divehi Çevirisiއެއުރެން (އެބަހީ: كافر ވި މީހުން) އެކަލާނގެ އަޅުންގެތެރެއިން ބަޔެއް، އެކަލާނގެ ދަރިންކަމުގައި ހެދޫއެވެ. ހަމަކަށަވަރުން (މިކަންކުރާ) އިންސާނާއީ، ފާޅުވެގެންހުރި كافر ކަންބޮޑު މީހެއްކަން ކަށަވަރެވެ.

See all translations of this verse →

أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ

Resmî Divehi Çevirisiނުވަތަ އެކަލާނގެ ހެއްދެވި ތަކެތީގެތެރެއިން އެކަލާނގެ ذات ފުޅަށް އަންހެންދަރިން ހިއްޕަވައި، ތިޔަބައިމީހުންނަށް ފިރިހެންދަރިން خاص ކުރެއްވި (ކަމަށް ހީކުރަނީ) ހެއްޔެވެ؟

See all translations of this verse →

وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ

Resmî Divehi Çevirisiرحمن ވަންތަ ރަސްކަލާނގެއަށް އެއުރެންގެ މީހަކު نسبة ކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ خبر އެމީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެންދެއެވެ. އޭނާޔަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ.

See all translations of this verse →

أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ

Resmî Divehi Çevirisiއަދި (اللَّه އަށް އެއުރެން އެ نسبة ކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާހިނދު حجّة ބަޔާން ނުކުރެވޭ މީހެކެވެ.

See all translations of this verse →

وَجَعَلُوا۟ ٱلْمَلَٰٓئِكَةَ ٱلَّذِينَ هُمْ عِبَٰدُ ٱلرَّحْمَٰنِ إِنَٰثًا أَشَهِدُوا۟ خَلْقَهُمْ سَتُكْتَبُ شَهَٰدَتُهُمْ وَيُسْـَٔلُونَ

Resmî Divehi Çevirisiއަދި رحمن ވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكة ންނަކީ، އަންހެން ބަޔެއް ކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكة ން ހެއްދެވިއިރު، އެއުރެން حاضر ވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުށްޓެވެ. އަދި (آخرة ދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ.

See all translations of this verse →

وَقَالُوا۟ لَوْ شَآءَ ٱلرَّحْمَٰنُ مَا عَبَدْنَٰهُم مَّا لَهُم بِذَٰلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَخْرُصُونَ

Resmî Divehi Çevirisiއަދި އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެ އިރާދަކުރެއްވިނަމަ، ތިމަންމެން އެ ملائكة ންނަކަށް އަޅުކަމެއް ނުކުރީމުހެވެ. އެކަމާމެދު އެއުރެންނަށް އެއްވެސް އެނގުމެއް ނުވެތެވެ. އެއުރެން ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ނުވެތެވެ.

See all translations of this verse →

أَمْ ءَاتَيْنَٰهُمْ كِتَٰبًا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ

Resmî Divehi Çevirisiނުވަތަ އޭގެކުރިން (އެބަހީ: قرآن ގެ ކުރިން) ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ފަހެ، އެއުރެން އެފޮތުގައި ހިފަހައްޓަނީ ހެއްޔެވެ؟

See all translations of this verse →

بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّهْتَدُونَ

Resmî Divehi Çevirisiއަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ.

See all translations of this verse →

وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقْتَدُونَ

Resmî Divehi Çevirisiއަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން تبع ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް إنذار ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ.

See all translations of this verse →

قَٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ

Resmî Divehi Çevirisiއެބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ دين އެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް دين އަށްވުރެ حق ކަންބޮޑު دين އަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ دين އަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި دين އަށް ތިމަންމެންވަނީ كافر ވެގެންނެވެ.

See all translations of this verse →

فَٱنتَقَمْنَا مِنْهُمْ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ދޮގުކުރާ މީހުންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!

See all translations of this verse →

وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ

Resmî Divehi Çevirisiإبراهيم ގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.

See all translations of this verse →

إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ

Resmî Divehi Çevirisiއިސްވެދިޔަ مثال އަކާނުލައި ތިމަން ހެއްދެވި ރަސްކަލާނގެ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ.

See all translations of this verse →

وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ

Resmî Divehi Çevirisiއަދި އެބަސްފުޅު (އެބަހީ: لاإله إلاّاللَّه މި كلمة ފުޅު) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. އެއީ اللَّه ގެ މަގަށް އެއުރެން رجوع ވުމަށްޓަކައެވެ.

See all translations of this verse →

بَلْ مَتَّعْتُ هَٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ

Resmî Divehi Çevirisiއަދި ކިއެއްތަ! ތިމަންރަސްކަލާނގެ މިބައިމީހުންނާއި، އެއުރެންގެ ކާބަފައިން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. حق ފޮތާއި، بيان ކޮށްދެއްވާ رسول އަކު އެއުރެންގެގާތަށް ވަޑައިގެންފުމަށް ދާނދެނެވެ.

See all translations of this verse →

وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَٰذَا سِحْرٌ وَإِنَّا بِهِۦ كَٰفِرُونَ

Resmî Divehi Çevirisiއަދި حق ފޮތް (އެބަހީ: ކީރިތި قرآن) އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނޫއެވެ. މިއީ ޖާދޫއެކެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، އެއަށް كافر ވެގެންނެވެ.

See all translations of this verse →

وَقَالُوا۟ لَوْلَا نُزِّلَ هَٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ

Resmî Divehi Çevirisiއަދި އެއުރެން ބުނޫއެވެ. އެ ދެރަށުގެ (އެބަހީ: مكة އާއި، طائف ގެ) މީހުންކުރެ، މާތްމީހަކަށް މި قرآن ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟

See all translations of this verse →

أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

Resmî Divehi Çevirisiކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.

See all translations of this verse →

وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةً وَٰحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَٰنِ لِبُيُوتِهِمْ سُقُفًا مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ

Resmî Divehi Çevirisiއަދި (كافر ކަމުގައި) މީސްތަކުން އެއް أمّة އެއްކަމުގައި ނުވާނެނަމަ، رحمن ވަންތަ ރަސްކަލާނގެއަށް كافر ވާ މީހުންގެ ގެތަކުގެ ފުރާޅުތައް ރިހިން ލައްވައި، އަދި އެއުރެން އަރައިފައިބާ ސިޑިތައް (ރިހިން) ލެއްވީމުހެވެ.

See all translations of this verse →

وَلِبُيُوتِهِمْ أَبْوَٰبًا وَسُرُرًا عَلَيْهَا يَتَّكِـُٔونَ

Resmî Divehi Çevirisiއަދި އެއުރެންގެ ގެތަކުގެ ދޮރުތަކާއި، އެއުރެން ލެނގިލައިގެން ތިބޭ އެނދުތައްވެސް (ރިހިން) ލެއްވީމުހެވެ.

See all translations of this verse →

وَزُخْرُفًا وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ

Resmî Divehi Çevirisiއަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި تقوى ވެރިންނަށް آخرة ގެ نعمة ހުށްޓެވެ.

See all translations of this verse →

وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ

Resmî Divehi Çevirisiرحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ.

See all translations of this verse →

وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެ شيطان ން، މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިފައިކަމުގައެވެ.

See all translations of this verse →

حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ

Resmî Divehi Çevirisiއޭނާ ތިމަންރަސްކަލާނގެ حضرة އަށް އަތުވެއްޖެނަމަ، އެހިނދު އޭނާ ބުނާނެތެވެ. ތިމަންނާޔާ، ކަލެޔާ ދެމެދުގެ ދުރުމިން مشرق އާއި، مغرب އާ ދެމެދުހައި ދުރުމިން ކަމުގައިވާނަމަ، ކޮންފަދަހެއްޔެވެ! ފަހެ، ކަލެޔަކީ ހާދަހާ ނުބައިވެގެންވާ އެކުވެރިޔެކެވެ.

See all translations of this verse →

وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ

Resmî Divehi Çevirisi(އެއުރެންނަށް އަންގަވާނެތެވެ.) އަދި ތިޔަބައިމީހުން އަނިޔާވެރިވުމުގެ ސަބަބުން، ތިޔަބައިމީހުން عذاب ގައި ބައިވެރިވުމަކުން މިއަދު ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ.

See all translations of this verse →

أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَٰلٍ مُّبِينٍ

Resmî Divehi Çevirisiފަހެ، ބީރުބަޔަކަށް (حق ގެ) އަޑު ކަލޭގެފާނަށް އިއްވެވިދާނެތޯއެވެ؟ ނުވަތަ ކަނުބަޔަކަށް އަދި ފާޅުވެ بيان ވެގެންވާ އުރެދުމެއްގައިވާ ބަޔަކަށް މަގު ދެއްކެވިދާނެތޯއެވެ؟

See all translations of this verse →

فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވައިފިނަމަވެސް (އެބަހީ: މަރުގެންނެވި ނަމަވެސް) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ.

See all translations of this verse →

أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ

Resmî Divehi Çevirisiނުވަތަ އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރެއްވި ކަންތައް ކަލޭގެފާނަށް ދައްކަވާހުށީމެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، އެއުރެންގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

See all translations of this verse →

فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ إِنَّكَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ

Resmî Divehi Çevirisiފަހެ، ކަލޭގެފާނަށް އިއްވަވާ وحى އެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.

See all translations of this verse →

وَإِنَّهُۥ لَذِكْرٌ لَّكَ وَلِقَوْمِكَ وَسَوْفَ تُسْـَٔلُونَ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم ގެމީހުންނަށް ލިބުނު شرف އެކެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނާ سؤال ކުރައްވާނެތެވެ.

See all translations of this verse →

وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَٰنِ ءَالِهَةً يُعْبَدُونَ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ رسول ންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسول ންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ شريعة ން ބައްލަވާށެވެ!) رحمن ވަންތަ ރަސްކަލާނގެ މެނުވީ، އަޅުކަންވެވޭ އެހެން إله ންތަކެއް ތިމަންރަސްކަލާނގެ ލެއްވިންހެއްޔެވެ؟

See all translations of this verse →

وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَٰلَمِينَ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއިގެން، فرعون އާއި، އޭނާގެ قوم ގެ ބޮޑުންގެ ގާތަށް ތިމަންރަސްކަލާނގެ موسى ގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالم ތަކުގެ ވެރިރަސްކަލާނގެ رسول އަކީމެވެ.

See all translations of this verse →

فَلَمَّا جَآءَهُم بِـَٔايَٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ

Resmî Divehi Çevirisiފަހެ، އެކަލޭގެފާނު ތިމަންރަސްކަލާނގެ آية ތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެހާރުން އެ آية ތަކާމެދު، އެއުރެން މަލާމާތްކޮށް، ހެނއެވެ.

See all translations of this verse →

وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا وَأَخَذْنَٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ

Resmî Divehi Çevirisiއަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްކެވި ކޮންމެ معجزة އެއް، އެފަދަ އަނެއް معجزة އަކަށްވުރެ މާބޮޑުކަމުގައި މެނުވީ ނުދައްކަވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައި، ހިއްޕެވީމެވެ. (އެއީ) އެއުރެން (كافر ކަމުން) رجوع ވުމަށްޓަކައެވެ.

See all translations of this verse →

وَقَالُوا۟ يَٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ

Resmî Divehi Çevirisiއެއުރެން ބުނޫއެވެ. އޭ ޖާދޫވެރިޔާއެވެ! އެކަލާނގެ ކަލޭގެފާނަށް عهد ވެވޮޑިގެންނެވި ކަންތައް ތިމަންމެންނަށް ދެއްވުމަށްއެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރައްވައި ބައްލަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ވާހުށީ ތެދުމަގުލިބިގެންވާ ބަޔަކު ކަމުގައެވެ.

See all translations of this verse →

فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފިއްލަވައިފިހިނދު، އެހާރުން އެއުރެން عهد އުވައިލަތެވެ.

See all translations of this verse →

وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَٰذِهِ ٱلْأَنْهَٰرُ تَجْرِى مِن تَحْتِىٓ أَفَلَا تُبْصِرُونَ

Resmî Divehi Çevirisiއަދި فرعون އޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟

See all translations of this verse →

أَمْ أَنَا۠ خَيْرٌ مِّنْ هَٰذَا ٱلَّذِى هُوَ مَهِينٌ وَلَا يَكَادُ يُبِينُ

Resmî Divehi Çevirisiއަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسى ގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.

See all translations of this verse →

فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَٰٓئِكَةُ مُقْتَرِنِينَ

Resmî Divehi Çevirisiފަހެ، އޭނާގެ މައްޗަށް ރަނުގެ އުޅާތަކެއް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭނާއާއެކުގައި އެހީތެރިވާނެ ملائكة ން ވަޑައިނުގަތީ ކީއްވެގެން ހެއްޔެވެ؟

See all translations of this verse →

فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ إِنَّهُمْ كَانُوا۟ قَوْمًا فَٰسِقِينَ

Resmî Divehi Çevirisiފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسق ވެގެންވާ ބަޔަކު ކަމުގައެވެ.

See all translations of this verse →

فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَٰهُمْ أَجْمَعِينَ

Resmî Divehi Çevirisiފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ.

See all translations of this verse →

فَجَعَلْنَٰهُمْ سَلَفًا وَمَثَلًا لِّلْـَٔاخِرِينَ

Resmî Divehi Çevirisiފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.

See all translations of this verse →

وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ

Resmî Divehi Çevirisiمريم ގެފާނުގެ ދަރިކަލުންގެ ވާހަކަ مثال އެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قوم ގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ.

See all translations of this verse →

وَقَالُوٓا۟ ءَأَٰلِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا بَلْ هُمْ قَوْمٌ خَصِمُونَ

Resmî Divehi Çevirisiއަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ إله ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ جدل ކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ.

See all translations of this verse →

إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ

Resmî Divehi Çevirisiތިމަންރަސްކަލާނގެ، އެކަލޭގެފާނަށް نعمة ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި إسرآءيل ގެދަރިންނަށް عبرة އެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ.

See all translations of this verse →

وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَٰٓئِكَةً فِى ٱلْأَرْضِ يَخْلُفُونَ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންގެ ފަހަށް، ބިމުގައި ملائكة ން ލައްވައިފީމުހެވެ.

See all translations of this verse →

وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ هَٰذَا صِرَٰطٌ مُّسْتَقِيمٌ

Resmî Divehi Çevirisiއަދި ހަމަކަށަވަރުން، އެކަލޭގެފާނީ، قيامة ވުމުގެ ވަގުތަށް ހުރި علامة އެކެވެ. ފަހެ، ތިޔަބައިމީހުން އެދުވަހާމެދު شك ނުކުރާހުށިކަމެވެ! އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަގަށް تبع ވާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.

See all translations of this verse →

وَلَا يَصُدَّنَّكُمُ ٱلشَّيْطَٰنُ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

Resmî Divehi Çevirisiއަދި شيطان އާ ތިޔަބައިމީހުން (ތެދުމަގުން) އެއްކިބާކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، އެކަލޭގެއީ، ތިޔަބައިމީހުންނަށްހުރި ފާޅުވެގެންވާ عداوة ތެރިޔެކެވެ.

See all translations of this verse →

وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

Resmî Divehi Çevirisiއަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ!

See all translations of this verse →

إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ هَٰذَا صِرَٰطٌ مُّسْتَقِيمٌ

Resmî Divehi Çevirisiހަމަކަށަވަރުން، اللَّه އެއީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.

See all translations of this verse →

فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ فَوَيْلٌ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ

Resmî Divehi Çevirisiފަހެ، އެއުރެންގެ މެދުގައި (އެބަހީ: نصارى އިންގެ މެދުގައި) އެކި جماعة ތައް (އެކަލޭގެފާނާމެދު) ދެބަސްވޫއެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ވޭންދެނިވި عذاب ގެދުވަހު ހަލާކާއި ގެއްލުން ހުށްޓެވެ.

See all translations of this verse →

هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ

Resmî Divehi Çevirisiއެއުރެންނަށް ނޭނގިތިއްބައި ކުއްލިޔަކަށް قيامة ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ.

See all translations of this verse →

ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ

Resmî Divehi Çevirisiއެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ.

See all translations of this verse →

يَٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ

Resmî Divehi Çevirisiއޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.

See all translations of this verse →

ٱلَّذِينَ ءَامَنُوا۟ بِـَٔايَٰتِنَا وَكَانُوا۟ مُسْلِمِينَ

Resmî Divehi Çevirisiއެއުރެންނީ، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވެ، مسلم ން ކަމުގައިވީ މީހުންނެވެ.

See all translations of this verse →

ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ

Resmî Divehi Çevirisiއުފާވެރިކަމުން ފުރިގެންވާ حال، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ!

See all translations of this verse →

يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ وَأَنتُمْ فِيهَا خَٰلِدُونَ

Resmî Divehi Çevirisiއެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ.

See all translations of this verse →

وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ

Resmî Divehi Çevirisiއަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ عمل ތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ.

See all translations of this verse →

لَكُمْ فِيهَا فَٰكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ

Resmî Divehi Çevirisiއެތާނގައި ތިޔަބައިމީހުން، އެއިން ކައިއުޅުމަށް ގިނަގުނަ މޭވާތައް ވެއެވެ.

See all translations of this verse →

إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَٰلِدُونَ

Resmî Divehi Çevirisiހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ عذاب ގައި ދެމިތިބޭނެތެވެ.

See all translations of this verse →

لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ

Resmî Divehi Çevirisiއެއުރެންގެ ކިބައިން އެ عذاب ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަމުގައި ތިބޭހުށީ އުންމީދު ކެނޑިފައެވެ.

See all translations of this verse →

وَمَا ظَلَمْنَٰهُمْ وَلَٰكِن كَانُوا۟ هُمُ ٱلظَّٰلِمِينَ

Resmî Divehi Çevirisiއަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެއުރެންނެވެ.

See all translations of this verse →

وَنَادَوْا۟ يَٰمَٰلِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّٰكِثُونَ

Resmî Divehi Çevirisiއެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ.

See all translations of this verse →

لَقَدْ جِئْنَٰكُم بِٱلْحَقِّ وَلَٰكِنَّ أَكْثَرَكُمْ لِلْحَقِّ كَٰرِهُونَ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް حق دين ގެނެސް ދެއްވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންކުރެ ގިނަމީހުންވަނީ حق دين އަށް ނުރުހޭ ބަޔަކު ކަމުގައެވެ.

See all translations of this verse →

أَمْ أَبْرَمُوٓا۟ أَمْرًا فَإِنَّا مُبْرِمُونَ

Resmî Divehi Çevirisiނުވަތަ އެއުރެން (ކަލޭގެފާނު ނެތިކޮށްލުމަށް) ކަމެއް ރޭވީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއަށްވުރެ މޮޅަށް) ރާއްވަވާ ހުށީމެވެ.

See all translations of this verse →

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ

Resmî Divehi Çevirisiނުވަތަ އެއުރެން ހީކުރަނީ، އެއުރެންގެ ސިއްރު ވާހަކަތަކާއި، އެއުރެންގެ ސިއްރު ސައްލާތައް ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން ނުވާކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. (އައްސަވާވޮޑިގެންވަމެވެ.) އަދި އެއުރެންގެގާތަށް، ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ ملائكة ން އެކަންތައް ލިޔުއްވަތެވެ.

See all translations of this verse →

قُلْ إِن كَانَ لِلرَّحْمَٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَٰبِدِينَ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާނަމަ (އެ ދަރިކަލަކަށް) އެންމެފުރަތަމަ އަޅުކަންކުރާނެ މީހަކީ ތިމަންކަލޭގެފާނެވެ.

See all translations of this verse →

سُبْحَٰنَ رَبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ

Resmî Divehi Çevirisiއެއުރެން ސިފަކުރާ ކަންތަކުން އުޑުތަކާއި، ބިމުގެވެރި، عرش ގެ ވެރިރަސްކަލާނގެ ހުސްطاهر ވެވޮޑިގެންވެއެވެ.

See all translations of this verse →

فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ

Resmî Divehi Çevirisiފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

See all translations of this verse →

وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَٰهٌ وَفِى ٱلْأَرْضِ إِلَٰهٌ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ

Resmî Divehi Çevirisiއުޑުގައިވެސް إله އަކީ އެކަލާނގެއެވެ. އަދި ބިމުގައިވެސް إله އަކީ އެކަލާނގެއެވެ. އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

See all translations of this verse →

وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ

Resmî Divehi Çevirisiއަދި އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެއްޗެއް ملك ވެގެންވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. އަދި قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ، އެކަލާނގެ حضرة ގައެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.

See all translations of this verse →

وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ

Resmî Divehi Çevirisiއެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަށް شفاعة ތެރިކަމެއް ملك ވެގެނެއް ނުވެތެވެ. އެއުރެން ދެނެތިބެ، حق އަށް ހެކިދިން މީހުން މެނުވީއެވެ.

See all translations of this verse →

وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ فَأَنَّىٰ يُؤْفَكُونَ

Resmî Divehi Çevirisiހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟

See all translations of this verse →

وَقِيلِهِۦ يَٰرَبِّ إِنَّ هَٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ

Resmî Divehi Çevirisiއަދި އެކަލޭގެފާނު ވިދާޅުވި ވިދާޅުވުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިބައިމީހުންނީ إيمان ނުވާނެ ބަޔެކެވެ.

See all translations of this verse →

فَٱصْفَحْ عَنْهُمْ وَقُلْ سَلَٰمٌ فَسَوْفَ يَعْلَمُونَ

Resmî Divehi Çevirisiފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلام އެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ.

See all translations of this verse →

Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70