މައި ޞަފްޙާ › ސޫރަތްތައް › ސޫރަތު Al-Ahqaf
ސޫރަތު Al-Ahqaf الأحقاف
35 verses · Mecca · revelation order 66
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ حمٓ
Resmî Divehi Çevirisi ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
See all translations of this verse →
تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
Resmî Divehi Çevirisi މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ.
See all translations of this verse →
مَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ
Resmî Divehi Çevirisi ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތި حق ގޮތުގައި، އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށްމެނުވީ ނަހައްދަވަމެވެ. އަދި كافر ވިމީހުންނީ، އެއުރެންނަށް إنذار ކުރައްވާ ކަންތަކަށް ފުރަގަސްދޭ ބަޔެކެވެ.
See all translations of this verse →
قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَٰوَٰتِ ٱئْتُونِى بِكِتَٰبٍ مِّن قَبْلِ هَٰذَآ أَوْ أَثَٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَٰدِقِينَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެއްޗާމެދު، ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! އެއުރެން ބިމުންހެދީ ކޮންތަނެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެދުމުގައި ބައިވެރިވުމެއް، އެއުރެންނަށް ވަނީހެއްޔެވެ؟ މީގެކުރިން (ބާވައިލެއްވި) ފޮތެއް ނުވަތަ علم ގެ ތެރެއިން މިންވަރެއް، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ގެނެސްދީބަލާށެވެ! ތިޔަބައިމީހުންނީ، ތެދުވެރިންކަމުގައި ވާނަމައެވެ.
See all translations of this verse →
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ
Resmî Divehi Çevirisi قيامة ދުވަހަށް ދާނދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް اللَّه ފިޔަވައި އަޅުކަންކޮށް، دعاء ކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ دعاء ތަކަށް غافل ވެގެންނެވެ.
See all translations of this verse →
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ
Resmî Divehi Çevirisi އަދި މީސްތަކުން (قيامة ދުވަހުން) އެއްކުރައްވާހިނދު އެއުރެންނަށް، އެ ބުދުތައް عداوة ތެރިންކަމުގައި ވާނެތެވެ. އަދި އެތަކެއްޗަށް އަޅުކަންކުރި ކަމާމެދު إنكار ކުރާ ތަކެތި ކަމުގައި އެތަކެތި ވާނެތެވެ.
See all translations of this verse →
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَٰذَا سِحْرٌ مُّبِينٌ
Resmî Divehi Çevirisi އަދި ތިމަންރަސްކަލާނގެ آية ތައް އެއުރެންނަށް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު (އަދި) އެއުރެންގެގާތަށް حق ބަސްފުޅު އައިހިނދު، كافر ވިމީހުން އެ ބަސްފުޅާމެދު ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
See all translations of this verse →
أَمْ يَقُولُونَ ٱفْتَرَىٰهُ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ وَهُوَ ٱلْغَفُورُ ٱلرَّحِيمُ
Resmî Divehi Çevirisi ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހައްދަވާފައިވާނަމަ، ފަހެ، ތިމަންކަލޭގެފާނަށްޓަކައި اللَّه ގެ حضرة ން އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް މިލްކުވެގެންނެއް ނުވެތެވެ. (އެބަހީ: اللَّه ގެ عذاب ން ތިޔަބައިމީހުންނަކަށް، ތިމަންކަލޭގެފާނު ސަލާމަތެއް ނުކުރެވޭނެތެވެ.) ތިޔަބައިމީހުން އެ قرآن އާމެދު، ދައްކައިއުޅޭ ވާހަކަތައް، އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިމަންކަލޭގެފާނާ، ތިޔަބައިމީހުންނާ ދެމެދުގައިވާ ހެކިވެރިޔަކަށް އެކަލާނގެ ފުދެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! رسول ންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) رسول އަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. ތިމަންކަލޭގެފާނާމެދު އަދި ތިޔަބައިމީހުންނާމެދުވެސް، ކަންތައް ކުރައްވާނެގޮތެއް، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ. ތިމަންކަލޭގެފާނަށް އިއްވަވާ وحى އަކަށްމެނުވީ، ތިމަންކަލޭގެފާނު تبع އެއް ނުވަމެވެ. އަދި ބަޔާންވެގެންހުރި إنذار ކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.
See all translations of this verse →
قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން خبر ދީބަލާށެވެ! އެ قرآن އަކީ، اللَّه ގެ حضرة ންއައި ފޮތެއް ކަމަށްވެފައި، އަދި ތިޔަބައިމީހުން އެޔަށް كافر ވެއްޖެނަމަ (ތިޔަބައިމީހުންނީ، އަމިއްލަ نفس އަށް އަނިޔާވެރި ބަޔަކުކަމުގައި ނުވޭހެއްޔެވެ؟ (އަދި إسرآءيل ގެދަރިންކުރެ ހެކިދޭމީހަކު އެފޮތުގެ މައްޗަށް (އެއީ ތެދުކަމަށް) ހެކިދީފައެވެ. ފަހެ، އޭނާ (އެޔަށް) إيمان ވިއެވެ. އަދި ތިޔަބައިމީހުން (އެއަށް إيمان ނުވެ) ބޮޑާވެގެންފީމުއެވެ. ހަމަކަށަވަރުން، އަނިޔާވެރިބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ.
See all translations of this verse →
وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًا مَّا سَبَقُونَآ إِلَيْهِ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَٰذَآ إِفْكٌ قَدِيمٌ
Resmî Divehi Çevirisi އަދި كافر ވިމީހުން إيمان ވި މީހުންނަށް ބުނޫއެވެ. (އެކަލޭގެފާނު ގެންނެވި ތަކެއްޗަށް إيمان ވުމަކީ) އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަކަށް އެއުރެން އެކަމަށް އިސްނަގައިގެން ނުދިޔައީހެވެ. އަދި އެއުރެންނަށް އެއިން ތެދުމަގު ނުލިބުނުހިނދު، ފަހެ، އެއުރެން ބުނާނެތެވެ. މިއީ އިހުގެ (ފުލޯކުގެ ތެރެއިންވާ) ދޮގެކެވެ.
See all translations of this verse →
وَمِن قَبْلِهِۦ كِتَٰبُ مُوسَىٰٓ إِمَامًا وَرَحْمَةً وَهَٰذَا كِتَٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ
Resmî Divehi Çevirisi އަދި އޭގެކުރިން موسى ގެފާނަށް ބާވައިލެއްވި ފޮތަކީ، އެޔަށް تبع ވެވޭ ފޮތެއްކަމުގައްޔާއި، رحمة އެއްކަމުގައިވިއެވެ. އަދި މިއީ (އެބަހީ: މި قرآن އަކީ) ކުރީގެ ފޮތްތައް ތެދުކުރަނިވިގޮތުގައި عرب ބަހުންއޮތް ފޮތެކެވެ. އަނިޔާވެރިވި މީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ. އަދި إحسان ތެރިންނަށް އުފާވެރި خبر އެއް ކަމުގައެވެ.
See all translations of this verse →
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Resmî Divehi Çevirisi ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ.
See all translations of this verse →
أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ خَٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ
Resmî Divehi Çevirisi އެއުރެންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެތާނގައި، އެއުރެން ދެމިތިބެނިވިގޮތުގައެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކަށް ޖަޒާއެއްކަމުގައެވެ.
See all translations of this verse →
وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ إِحْسَٰنًا حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهْرًا حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ
Resmî Divehi Çevirisi إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ.
See all translations of this verse →
أُو۟لَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَٰبِ ٱلْجَنَّةِ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ
Resmî Divehi Çevirisi އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު عمل ތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ قبول ކުރައްވައި، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ ފުއްސަވައި، ސުވަރުގޭގެ أهل ވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެއުރެންނަށް وعد ކުރައްވަމުން ގެންދެވި ތެދު وعد އެވެ.
See all translations of this verse →
وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ
Resmî Divehi Çevirisi އެމީހެއްގެ މައިންބަފައިންނާ ދިމާޔަށް ތިޔަ ދެމީހުންނަށް ނުބައިކަންހުށްޓޭ ބުނިމީހާ (ދަންނާށެވެ!) ތިމަންގެކުރިން އެތައް ޖީލެއް ފާއިތުވެގޮސްފައިވާއިރު (ކަށްވަޅުން) ތިމަން ނެރުއްވާނެކަމަށް، ތިޔަ ދެމީހުން ތިމަންނައަށް وعد ކުރަނީ ހެއްޔެވެ؟ اللَّه ގެ حضرة ން ސަލާމަތަށްއެދި، އެދެމީހުން دعاء ކުރަމުން (ބުނެތެވެ.) ކަލެޔަށް ހަލާކުހުށްޓެވެ! ކަލޭ ނިކަން إيمان ވެބަލާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، އޭނާ ބުނެތެވެ. ތިޔައީ އެވޭލާމީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތައް ކަމުގައި މެނުވީ ނުވެތެވެ.
See all translations of this verse →
أُو۟لَٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ إِنَّهُمْ كَانُوا۟ خَٰسِرِينَ
Resmî Divehi Çevirisi ޖިންނީންނާއި، އިންސީންގެ ތެރެއިން، އެއުރެންގެކުރިން އިސްވެދިޔަ أمّة ތަކުގެ ތެރޭގައި ކޯފާގެ ބަސްފުޅު حق ވި މީހުންނީ، އެއުރެންނެވެ. ހަމަކަށަވަރުން، ގެއްލެނިވެގެންވާ ބަޔަކުކަމުގައި އެއުރެންވޫއެވެ.
See all translations of this verse →
وَلِكُلٍّ دَرَجَٰتٌ مِّمَّا عَمِلُوا۟ وَلِيُوَفِّيَهُمْ أَعْمَٰلَهُمْ وَهُمْ لَا يُظْلَمُونَ
Resmî Divehi Çevirisi އަދި ކޮންމެބަޔަކަށްމެ، އެބަޔަކު ކުޅަ عمل އަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތަކުގެ ޖަޒާ ފުރިހަމަޔަށް ދެއްވުމަށްޓަކައެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
See all translations of this verse →
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ
Resmî Divehi Çevirisi كافر ވިމީހުން ނަރަކަޔަށް ހުށަހަޅުއްވާ ދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންނަށްހުރި ރަނގަޅު ތަކެތި، ތިޔަބައިމީހުންގެ ދުނިޔޭގެ حياة ގައި ނަގާލައި އަދި ތިޔަބައިމީހުން އެއިން އަރާމުލިބިގެންފީމުއެވެ. ފަހެ، حق އަކާނުލައި ބިމުގައި ތިޔަބައިމީހުން ބޮޑާވެ އުޅުނުކަމަށްޓަކައި، އަދި ތިޔަބައިމީހުން فاسق ވެގަތް ކަމަށްޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިޔަބައިމީހުންނަށް ލިބޭނެތެވެ.
See all translations of this verse →
وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
Resmî Divehi Çevirisi عاد ބާގައިމީހުންގެ أخ (هود ގެފާނު) ގެ ވާހަކަ ކަލޭގެފާނު ކިޔައިދެއްވާށެވެ! (އެއީ) ވެލިފަރުބަދަތަކުގައިވާ، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު إنذار ކުރެއްވި ހިނދެވެ. އެކަލޭގެފާނުގެ ކުރިންނާއި، އެކަލޭގެފާނުގެ ފަހުން إنذار ކުރައްވާ رسول ންވަނީ، އިސްވެގޮސްފައިކަން ކަށަވަރެވެ. ތިޔަބައިމީހުން اللَّه އަށް މެނުވީ އަޅުކަން ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އާމެދު، ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުގަންނަމެވެ.
See all translations of this verse →
قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ
Resmî Divehi Çevirisi އެއުރެން ބުނޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ إله ންނަށް އަޅުކަން ކުރުމުން ތިމަންމެން ދުރުކުރެއްވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންނަށް ތިޔަ وعد ކުރައްވާކަންތައް ތިމަންމެންގެގާތަށް ގެންނަވައިބައްލަވާށެވެ!
See all translations of this verse →
قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ
Resmî Divehi Çevirisi އެކަލޭގެފާނު ވިދާޅުވިއެވެ. ދެނެވޮޑިގަތުންވާ ކަންކަށަވަރީ اللَّه ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.
See all translations of this verse →
فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَٰذَا عَارِضٌ مُّمْطِرُنَا بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ رِيحٌ فِيهَا عَذَابٌ أَلِيمٌ
Resmî Divehi Çevirisi ފަހެ، އެއުރެންގެ ވާދީތަކާދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (عذاب) ފެނުނުހިނދު އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި عذاب އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ.
See all translations of this verse →
تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَٰكِنُهُمْ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ
Resmî Divehi Çevirisi އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތްބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
See all translations of this verse →
وَلَقَدْ مَكَّنَّٰهُمْ فِيمَآ إِن مَّكَّنَّٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Resmî Divehi Çevirisi އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ ބާރުދެއްވީމެވެ. އަދި އެއުރެންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، އެއުރެން اللَّه ގެ آية ތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެއުރެންގެ އިވުމެއްވެސް، އަދި އެއުރެންގެ ފެނުމެއްވެސް، އަދި އެއުރެންގެ ހިތްތަކެއްވެސް އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ.
See all translations of this verse →
وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَٰتِ لَعَلَّهُمْ يَرْجِعُونَ
Resmî Divehi Çevirisi އަދި ހަމަކަށަވަރުން، ރަށްތަކުގެ ތެރެއިން ތިޔަބައިމީހުންގެ ވަށައިގެންވާ ތަންތަން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ حجّة ތައް ތަފާތުގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ. (އެއީ ތެދުމަގަށް) އެއުރެން އެނބުރި رجوع ވުމަށްޓަކައެވެ.
See all translations of this verse →
فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ بَلْ ضَلُّوا۟ عَنْهُمْ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ
Resmî Divehi Çevirisi ފަހެ، اللَّه ފިޔަވައި އެކަލާނގެ حضرة އަށް ކުއްތަންވެގަތުމުގެގޮތުން އެހެން إله ންތަކެއް ހިފިމީހުންނަށް އެ إله ންތައް نصر ނުދިނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންގެ ކިބައިން އެ إله ންތައް ގެއްލިހިނގައްޖެއެވެ. އަދި އެއީ އެއުރެންހެދި ދޮގެކެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން ބުނެއުޅުނު ބުނުންތަކެކެވެ.
See all translations of this verse →
وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ
Resmî Divehi Çevirisi ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، قرآن ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް حاضر ވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ قوم ގެމީހުންގެ ގާތަށް إنذار ކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ.
See all translations of this verse →
قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ
Resmî Divehi Çevirisi އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، موسى ގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. حق ގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަތެވެ.
See all translations of this verse →
يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ
Resmî Divehi Çevirisi އޭ އަހުރެމެންގެ قوم ގެމީހުންނޭވެ! اللَّه ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް (އެބަހީ: محمد ގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައްފުއްސަވައި، ވޭންދެވިނި عذاب ން އެކަލާނގެ ތިޔަބައިމީހުން ދިންނަވާނެތެވެ.
See all translations of this verse →
وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ
Resmî Divehi Çevirisi އަދި اللَّه ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާއީ ބިމުގައި (اللَّه) ނުކުޅައްދާ މީހަކު ކަމުގައި ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި އޭނާޔަށް އެހީތެރި ފަރާތްތަކެއްވެސް ނުވެތެވެ. އެއުރެންވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ.
See all translations of this verse →
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Resmî Divehi Çevirisi އުޑުތަކާއި، ބިންހެއްދެވި އަދި އެތަންތަން ހެއްދެވުމުގައި އެއްވެސްކަހަލަ ނުކުޅެދުމެއް ލިބިވޮޑިގެންނުވާ اللَّه އީ، މަރުވެފައިވާ ތަކެތި ދިރުއްވެވުމަށް ކުޅަދުންވަންތަ ކަލާނގެކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَٰذَا بِٱلْحَقِّ قَالُوا۟ بَلَىٰ وَرَبِّنَا قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Resmî Divehi Çevirisi كافر ވިމީހުން ނަރަކަޔަށް ހުށަހަޅުއްވާދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) މިއީ حق ތެދުކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެހެންނަކުންނޫނެވެ! އަހަރެމެންގެ ވެރިރަސްކަލާނގެ ގަންދީބުނަމެވެ. (މިއީ حق ތެދެވެ.) އެކަލާނގެ وحى ކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމަށްޓަކައި ވޭންދެނިވި عذاب ގެރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
See all translations of this verse →
فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ بَلَٰغٌ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَٰسِقُونَ
Resmî Divehi Çevirisi ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް وعد ކުރައްވާ ކަންތައް (އެބަހީ: عذاب) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، فاسق ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ.
See all translations of this verse →
→ ސޫރަތު Al-Jaathiya
ސޫރަތު Muhammad ←
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→
Arabic text and translations via Tanzil and QuranEnc — verbatim, unmodified · Translations belong to their translators and are not the Qur'an itself
This is a research aid, not a source of religious rulings.