މައި ޞަފްޙާ › ސޫރަތްތައް › ސޫރަތު Aal-i-Imraan
ސޫރަތު Aal-i-Imraan آل عمران
200 verses · Medina · revelation order 89
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ الٓمٓ
Resmî Divehi Çevirisi ا ل م (މި އަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެ މެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.)
See all translations of this verse →
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ
Resmî Divehi Çevirisi اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
نَزَّلَ عَلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ
Resmî Divehi Çevirisi ކުރީގެ ފޮތްތައް ތެދުކުރާ حال ގައި، حق ގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވިއެވެ. އަދި توراة އާއި إنجيل ވެސް ބާވައިލެއްވިއެވެ.
See all translations of this verse →
مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
Resmî Divehi Çevirisi (އެއީ) قرآن ގެ ކުރިންނެވެ. (އެއީ) މީސްތަކުންނަށްހުރި هداية އެކެވެ. އަދި، އެކަލާނގެ، حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: قرآن) ބާވައިލެއްވިއެވެ. ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. اللَّه އީ، ބަދަލު ހިއްޕެވުމުގެ ވެރި، ގަދަފަދަވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه އީ، ބިމާއި އުޑުގައިވާ އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެންނުވާ ރަސްކަލާނގެއެވެ.
See all translations of this verse →
هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Resmî Divehi Çevirisi އެކަލާނގެ އިރާދަކުރައްވާފަދަޔަކުން رحِم ތަކުގައި ތިޔަބައިމީހުން صورة ކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) ގަދަފަދަވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ
Resmî Divehi Çevirisi އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ آية ތަކެއް އޭގެތެރޭގައިވެއެވެ. އެ آية ތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެވެ. އަދި متشابه آية ތަކެއްވެސްވެއެވެ. (އެބަހީ: اللَّه އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ علمى نظر އަކުން ބަލައިގެންމެނުވީ އޭގެ މާނަ ދޭހަނުވާ آية ތަކެއްވެސް އޭގެތެރޭގައި ވެއެވެ.) ފަހެ، حق މަގުން އެއްކިބާވުމުގެގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން فتنة އުފެއްދުމުގެ ބޭނުމުގައްޔާއި، އެ آية ތައް އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައި متشابه آية ތައް ނަގައި، އޭގައި ހިފަހައްޓަތެވެ. އެ آية ތަކުގެ حقيقى މާނަ، اللَّه އަށް މެނުވީ އެނގިގެނެއް ނުވެތެވެ. علم ގައި ހަރުދަނާކަމާއި ثابت ކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ آية ތަކަށް إيمان ވެގެންނެވެ. ހުރިހާ آية ތަކެއްވެސްވަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة ންނެވެ. ބުއްދީގެ أهل ވެރިން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.
See all translations of this verse →
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ ٱلْوَهَّابُ
Resmî Divehi Çevirisi އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ.
See all translations of this verse →
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍ لَّا رَيْبَ فِيهِ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ
Resmî Divehi Çevirisi އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، އެދުވަހަކާމެދު شك އެއްނެތް ދުވަހުގައި (حساب ބެއްލެވުމަށް) މީސްތަކުން އެއްކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެ ވޮޑިއެއް ނުގަންނަވަތެވެ.
See all translations of this verse →
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا وَأُو۟لَٰٓئِكَ هُمْ وَقُودُ ٱلنَّارِ
Resmî Divehi Çevirisi ހަމަކަށަވަރުން، كافر ވި މީހުންނަކީ އެއުރެންގެ މުދާތަކަކަށް އަދި އެއުރެންގެ ދަރިންނަކަށްވެސް، اللَّه ގެ حضرة ން އެއުރެންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ. އަދި، އެއުރެންނީ ހަމަ، ނަރަކައިގެ ދަރެވެ.
See all translations of this verse →
كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ كَذَّبُوا۟ بِـَٔايَٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَٱللَّهُ شَدِيدُ ٱلْعِقَابِ
Resmî Divehi Çevirisi (އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އަދި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެ އެންމެންވެސް ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިއެވެ. ދެން، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކު ކުރެއްވިއެވެ. اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
قُل لِّلَّذِينَ كَفَرُوا۟ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ وَبِئْسَ ٱلْمِهَادُ
Resmî Divehi Çevirisi كافر ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި (آخرة ގައި) ތިޔަބައިމީހުން ނަރަކަޔަށް އެއްކުރައްވާހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!
See all translations of this verse →
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ
Resmî Divehi Çevirisi (بدر ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް عبرة އެއްވެއެވެ. އެއްބަޔަކީ اللَّه ގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ كافر ބަޔެކެވެ. އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، مسلم ން ފެންނަނީ، އެއުރެންގެ ދެގުނަޔަށެވެ. اللَّه، އެކަލާނގެ نصر ން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއްވާކަން يقين އެވެ.
See all translations of this verse →
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَٰمِ وَٱلْحَرْثِ ذَٰلِكَ مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ
Resmî Divehi Çevirisi އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް زينة ތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ حضرة ގައެވެ.
See all translations of this verse →
قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) تقوى ވެރިވި މީހުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ حال ގަޔެވެ. އަދި، طاهر ވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ހުށްޓެވެ. އަދި، اللَّه ގެ حضرة ން ރުއްސެވުން (އެއުރެންނަށް) ހުށްޓެވެ. اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
Resmî Divehi Çevirisi އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!
See all translations of this verse →
ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلْقَٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ
Resmî Divehi Çevirisi (އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّه އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاء ކުރާ މީހުންނެވެ.
See all translations of this verse →
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلْمَلَٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكة ންނާއި، علم ގެ أهل ވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبير ކުރެއްވުމުގައި) عدل ވެރި ކަމާއިގެން އެކަލާނގެ قائم ވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ وَمَن يَكْفُرْ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (حق ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން خلاف ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ حسد ވެރިކަމުގެ ގޮތުންނެވެ. اللَّه ގެ آية ތަކަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
فَإِنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ وَقُل لِّلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَٱلْأُمِّيِّـۧنَ ءَأَسْلَمْتُمْ فَإِنْ أَسْلَمُوا۟ فَقَدِ ٱهْتَدَوا۟ وَّإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَٰغُ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Resmî Divehi Çevirisi ފަހެ، އެއުރެން ކަލޭގެފާނާ ޖަދަލުކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ މޫނުފުޅު (އެބަހީ: ފުރާނަޔާއި ހަށިކޮޅު) اللَّه އަށް خالص ކޮށް ކިޔަމަންކުރައްވައިފީމެވެ. އަދި، ތިމަންކަލޭގެފާނަށް تبع ވި މީހުންވެސްމެއެވެ. ފޮތް ލިބުނު މީހުންނާއި، أمّى ންނަށް (އެބަހީ: عربى ންގެ مشرك ންނަށް) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ކިޔަމަންވެއްޖައީމުހެއްޔެވެ؟ ފަހެ، އެއުރެން ކިޔަމަން ވެއްޖެނަމަ، އެއުރެން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ، (ބާވައިލެއްވި ކަންތައް) އިއްވެވުމެވެ. اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
إِنَّ ٱلَّذِينَ يَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ حَقٍّ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވެ، حق އަކާނުލައި، ނަބިއްޔުން قتل ކޮށް، މީސްތަކުންގެ ތެރެއިން عدل އަށް أمر ކުރާ މީހުން قتل ކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!
See all translations of this verse →
أُو۟لَٰٓئِكَ ٱلَّذِينَ حَبِطَتْ أَعْمَٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّٰصِرِينَ
Resmî Divehi Çevirisi އެއުރެންނީ، ދުނިޔެއާއި، آخرة ގައި، އެއުރެންގެ عمل ތައް باطل ވެފައިވާ މީހުންނެވެ. އަދި، އެއުރެންނަށް نصر ދޭނެ އެއްވެސްބަޔަކު ނުވެތެވެ.
See all translations of this verse →
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَٰبِ يُدْعَوْنَ إِلَىٰ كِتَٰبِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ
Resmî Divehi Çevirisi ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّه ގެ ފޮތުގައިވާގޮތަށް، حكم ކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
See all translations of this verse →
ذَٰلِكَ بِأَنَّهُمْ قَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَٰتٍ وَغَرَّهُمْ فِى دِينِهِم مَّا كَانُوا۟ يَفْتَرُونَ
Resmî Divehi Çevirisi އެއީ ގުނާލެވިގެންވާ ކުޑަދުވަސްކޮޅަކު މެނުވީ، ތިމަންމެންގައި ނަރަކައިގެ އަލިފާން ނުބީހޭނެޔޭ އެއުރެން ބުނެ އުޅުނުކަމުގެ ސަބަބުންނެވެ. އަދި އެއުރެން ދޮގުން އުފައްދާފައިވާ ބަސްތައް އެއުރެންގެ دين އާ މެދުގައި އެއުރެން ހެއްލުންތެރި ކުޅައެވެ.
See all translations of this verse →
فَكَيْفَ إِذَا جَمَعْنَٰهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Resmî Divehi Çevirisi ފަހެ، އެދުވަހާމެދު شك ކަމެއްނެތް ދުވަހަކުން (އެބަހީ: قيامة ދުވަހުން) ތިމަންރަސްކަލާނގެ އެއުރެން އެއްކުރައްވައި އެއުރެންނަށް ބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭހިނދު، އެއުރެން (ގެ حال) ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟
See all translations of this verse →
قُلِ ٱللَّهُمَّ مَٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ بِيَدِكَ ٱلْخَيْرُ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍ
Resmî Divehi Çevirisi އިބަރަސްކަލާނގެ، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ. އަދި، މަރުވެފައިވާ ތަކެތީން ދިރޭތަކެތި ނެރުއްވަމުއެވެ. އަދި، ދިރޭތަކެތީން މަރުވެފައިވާ ތަކެތި ނެރުއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް حساب އެއްނެތި رزق ދެއްވަމުއެވެ.
See all translations of this verse →
لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةً وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ وَإِلَى ٱللَّهِ ٱلْمَصِيرُ
Resmî Divehi Çevirisi مؤمن ން، مؤمن ން ފިޔަވައި كافر ން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެވެ. އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން مجبور ވެއްޖެ حال އެއްގައި މެނުވީއެވެ. އަދި، اللَّه އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ.
See all translations of this verse →
قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ وَيَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، اللَّه، އެކަމެއް ދެނެވޮޑިގެންވެތެވެ. އަދި، އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާ ކަމެއްވެސް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
Resmî Divehi Çevirisi ކޮންމެ نفس އެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމެއް حاضر ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نفس އެއް ކުޅަ ނުބައިކަމަކާއި، އެ نفس އަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. اللَّه، އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. اللَّه އީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
See all translations of this verse →
إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَٰلَمِينَ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه، آدم ގެފާނާއި، نوح ގެފާނާއި، إبراهيم ގެފާނުގެ آل ވެރިންނާއި، عمران ގެ آل ވެރިން (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް خيار ކުރެއްވިއެވެ.
See all translations of this verse →
ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍ وَٱللَّهُ سَمِيعٌ عَلِيمٌ
Resmî Divehi Çevirisi އޭގެތެރެއިން އެއްބަޔަކީ، އަނެއްބަޔެއްގެ ކިބައިން އައިސްފައިވާ ދަރިފަސްކޮޅެކެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
Resmî Divehi Çevirisi عمران ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدس ގެ خدمة އަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرة އަށް خالص ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ
Resmî Divehi Çevirisi ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.
See all translations of this verse →
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا قَالَ يَٰمَرْيَمُ أَنَّىٰ لَكِ هَٰذَا قَالَتْ هُوَ مِنْ عِندِ ٱللَّهِ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
Resmî Divehi Çevirisi ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ.
See all translations of this verse →
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ ٱلدُّعَآءِ
Resmî Divehi Çevirisi އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
فَنَادَتْهُ ٱلْمَلَٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّٰلِحِينَ
Resmî Divehi Çevirisi ދެންފަހެ، އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ.
See all translations of this verse →
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَٰمٌ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ
Resmî Divehi Çevirisi އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން، މިއަޅާވަނީ عمر ން ދުވަސްވެ މުސްކުޅިވެފައެވެ. އަދި، މިއަޅާގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. އެކަލާނގެ وحى ކުރެއްވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ.
See all translations of this verse →
قَالَ رَبِّ ٱجْعَل لِّىٓ ءَايَةً قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَةَ أَيَّامٍ إِلَّا رَمْزًا وَٱذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَٰرِ
Resmî Divehi Çevirisi އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارة ކުރާ) علامة އެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامة އަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް إشارة ން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ!
See all translations of this verse →
وَإِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَٰلَمِينَ
Resmî Divehi Çevirisi ملائكة ން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަށަވަރުން، اللَّه، ކަމަނާ خيار ކުރައްވައި، طاهر ކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ.
See all translations of this verse →
يَٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ
Resmî Divehi Çevirisi އޭ مريم ގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرة އަށް، އަޅުކަން خالص ކުރައްވައި، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ! އަދި، سجدة ކުރައްވައި، އަދި، ركوع ކުރާ މީހުންނާ އެކުގައި، ركوع ކުރައްވާށެވެ!
See all translations of this verse →
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ
Resmî Divehi Çevirisi އެއީ، غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. مريم ގެފާނު ބެލުމާ حوال ވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعة ލުމުގެ ގޮތުން) އެއުރެންގެ قلم ތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلاف ވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.
See all translations of this verse →
إِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ
Resmî Divehi Çevirisi ملائكة ން ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަށަވަރުން، اللَّه، އެކަލާނގެ حضرة ންވާ كلمة ފުޅެއްގެ خبر ން ކަމަނާޔަށް އުފާވެރި خبر ދެއްވަތެވެ. (އެބަހީ: عيسى ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ بشارة ދެއްވަތެވެ.) އެ ދަރިކަލުންގެ ނަންފުޅަކީ المسيح عيسى بن مريم އެވެ. އެ ދަރިކަލުން ވާހުށީ ދުނިޔެއާއި آخرة ގައި قدر އުފުލިގެންވާ ބޭކަލެއްކަމުގައެވެ. އަދި، اللَّه، حضرة އަށް ކުއްތަންކުރައްވާފައިވާ ބޭކަލުންގެ ތެރެއިންނެވެ.
See all translations of this verse →
وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّٰلِحِينَ
Resmî Divehi Çevirisi އަދި، (އެކަލޭގެފާނު ވާހުށީ) ޅަފަތުގެ ދާނުގައްޔާއި، ދުވަސްވެފައިވާ عمر ގައިވެސް، މީސްތަކުންނާ ވާހަކަދައްކަވާ، އަދި، صالح ންގެ ތެރެއިންވާ ބޭކަލެއް ކަމުގައެވެ.
See all translations of this verse →
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Resmî Divehi Çevirisi އެކަމަނާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭނީ ކޮންފަދަޔަކުންތޯއެވެ؟ އެއްވެސް އިންސާނަކު ތިމަންއަޅާގެ ގަޔަކު ނުބީހެއެވެ. އެ ملائكة އާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ.
See all translations of this verse →
وَيُعَلِّمُهُ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ
Resmî Divehi Çevirisi އަދި، ލިޔުމާއި، حكمة އާއި، توراة އާއި، إنجيل، އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވާނެތެވެ.
See all translations of this verse →
وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
Resmî Divehi Çevirisi އަދި، (އެކަލޭގެފާނު ވާހުށީ) އިސްރާއީލުގެދަރިންގެ ގާތަށް ފޮނުއްވާ رسول އެއް ކަމުގައެވެ. (އެކަލޭގެފާނު އެމީހުންނަށް ވިދާޅުވާނެތެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިމަންކަލޭގެފާނީ رسول އަކު ކަމަށް ހެކިދޭ) ސާފު دليل އަކާއިގެންނެވެ. (ފަހެ) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ދޫނީގެ ސިފައިގައި، މަށިން އެއްޗެއް ހައްދަވައި، އެޔަށް ފުމެލެއްވުމުން، اللَّه ގެ إذن ފުޅުން އެ އެތި، ދޫންޏަކަށް ވެގެންދާނެތެވެ. އަދި، ތިމަންކަލޭގެފާނު، اللَّه ގެ إذن ފުޅާއެކު، ލޯކަނު މީހުންނާއި، برص ބަލިޖެހިފައިވާ މީހުން، ފަސޭހަކުރައްވައި، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ. އަދި، ތިޔަބައިމީހުން ކައިއުޅޭ ތަކެއްޗާއި، ތިޔަބައިމީހުންގެ ގޭގޭގައި ފަހަށް ރައްކާކުރާ ތަކެތީގެ ވާހަކަ، ތިޔަބައިމީހުންނަށް، ތިމަންކަލޭގެފާނު ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުންނީ، إيمان ވާބަޔަކުކަމުގައި ވާނަމަ، (ތިމަންކަލޭގެފާނީ رسول އެއްކަމަށް ހެކިދޭ) ސާފު دليل އެއް އެކަންތަކުގައި ތިޔަބައިމީހުންނަށް ވާކަން ކަށަވަރެވެ.
See all translations of this verse →
وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Resmî Divehi Çevirisi އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ) ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން) حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ންވާ ސާފު دليل އަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ!
See all translations of this verse →
إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ هَٰذَا صِرَٰطٌ مُّسْتَقِيمٌ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه އީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި، ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެމެއެވެ. ފަހެ، ތިޔަބައިމީހުން، އެކަލާނގެޔަށް އަޅުކަންކުރާށެވެ! މިއީ، ސީދާވެގެންވާ ތެދުމަގެވެ.
See all translations of this verse →
فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ
Resmî Divehi Çevirisi ފަހެ، އެއުރެންގެ ކިބައިން كفر ވެރިކަން، عيسى ގެފާނަށް އެނގިވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ. اللَّه އަށްޓަކައި، ތިމަންކަލޭގެފާނަށް نصر ދޭނީ ކޮންބަޔެއް ހެއްޔެވެ؟ حوارى ބޭކަލުންގެ މީހުން ދެންނެވޫއެވެ. ތިމަންމެންނީ، اللَّه އަށް نصر ދޭ މީހުންނީމުއެވެ. ތިމަންމެންވަނީ، اللَّه އަށް إيمان ވެގެންނެވެ. އަދި، ތިމަންމެންނީ مسلم ން ކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ!
See all translations of this verse →
رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّٰهِدِينَ
Resmî Divehi Çevirisi އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން إيمان ވެއްޖައީމުއެވެ. އަދި، رسول އާޔަށް (އެބަހީ: عيسى ގެފާނަށް) އަޅަމެން تبع ވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، رسول އާއީ، އިބަރަސްކަލާނގެ حق رسول އާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ!
See all translations of this verse →
وَمَكَرُوا۟ وَمَكَرَ ٱللَّهُ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ
Resmî Divehi Çevirisi އެއުރެން (އެބަހީ: كافر ވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. اللَّه، (އެއުރެންގެ ރޭވުންތައް باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރެއްވިއެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.
See all translations of this verse →
إِذْ قَالَ ٱللَّهُ يَٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَٰمَةِ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
Resmî Divehi Çevirisi اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.
See all translations of this verse →
فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًا شَدِيدًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّٰصِرِينَ
Resmî Divehi Çevirisi ފަހެ، كافر ވި މީހުން ދަންނާށެވެ! ފަހެ، ދުނިޔެއާއި آخرة ގައި، ގަދަފަދަވެގެންވާ عذاب އަކުން ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވާ ހުށީމެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
See all translations of this verse →
وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَيُوَفِّيهِمْ أُجُورَهُمْ وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ
Resmî Divehi Çevirisi އަދި، إيمان ވެ، صالح عمل ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ ފުރިހަމަޔަށް އެއުރެންނަށް، އެކަލާނގެ ދެއްވާނެތެވެ. އަނިޔާވެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
See all translations of this verse →
ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَٰتِ وَٱلذِّكْرِ ٱلْحَكِيمِ
Resmî Divehi Çevirisi މިއީ، ފާޅުވެގެންވާ دليل ތަކާއި، حكمة ތެރި ذِكر ގެ ތެރެއިން (އެބަހީ: ކީރިތި قرآن ން) ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ކިޔައިދެއްވާ ވާހަކަތަކެކެވެ.
See all translations of this verse →
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه ގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحى ކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ.
See all translations of this verse →
ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ
Resmî Divehi Çevirisi (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ حق ތެދު ބަސްފުޅެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
See all translations of this verse →
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَٰذِبِينَ
Resmî Divehi Çevirisi ފަހެ، ކަލޭގެފާނަށް علم ގެ ތެރެއިން (عيسى ގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (نصارى އިންގެ) މީހުންނަށް ވިދާޅުވާށެވެ! އަހަރެމެންގެ ދަރިންނަށާއި، ތިޔަބައިމީހުންގެ ދަރިންނަށް އަދި، އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި، އަހަރެމެންގެ އަމިއްލަ نفس ތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެވެ! ދެން، ދޮގުވެރިންގެ މައްޗަށް اللَّه ގެ لعنة ލެއްވުމަށްއެދި، އަހަރެމެން دعاء ކޮށް ابتهال ކުރާނީއެވެ.
See all translations of this verse →
إِنَّ هَٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ وَمَا مِنْ إِلَٰهٍ إِلَّا ٱللَّهُ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Resmî Divehi Çevirisi ހަމަކަށަވަރުންވެސް، މިއީ حق ތެދު ވާހަކަތަކެކެވެ. އަދި، اللَّه މެނުވީ، އެއްވެސް إله އަކު ނުވެއެވެ. އަދި، ހަމަކަށަވަރުންވެސް، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ
Resmî Divehi Çevirisi ފަހެ، އެއުރެން، (إنكار ކޮށް) އެނބުރި ފުރަގަސްދީފިނަމަ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، فساد ކުރާ މީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
قُلْ يَٰٓأَهْلَ ٱلْكِتَٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) اللَّه އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!
See all translations of this verse →
يَٰٓأَهْلَ ٱلْكِتَٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓ أَفَلَا تَعْقِلُونَ
Resmî Divehi Çevirisi އޭ ފޮތުގެ أهل ވެރިންނޭވެ! إبراهيم ގެފާނަށް ފަހުގައި މެނުވީ، توراة އާއި، إنجيل ބާވައިލައްވާފައި ނުވާއިރު، إبراهيم ގެފާނާ މެދުގައި ތިޔަބައިމީހުން ޖަދަލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
See all translations of this verse →
هَٰٓأَنتُمْ هَٰٓؤُلَآءِ حَٰجَجْتُمْ فِيمَا لَكُم بِهِۦ عِلْمٌ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُم بِهِۦ عِلْمٌ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
Resmî Divehi Çevirisi ބަލަ! ތިޔަބައިމީހުން އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކާމެދުގައި ޖަދަލުކޮށްފީމުއެވެ. ދެން، އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންނުވާ ކަމަކާ މެދުގައި ޖަދަލުކުރަނީ ކީއްވެގެންހެއްޔެވެ؟ (އެކަންތައް) ދެނެވޮޑިގެންވަނީ اللَّه އެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
See all translations of this verse →
مَا كَانَ إِبْرَٰهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
Resmî Divehi Çevirisi يهودى އެއް ކަމުގައިވެސް އަދި، نصرانى އެއް ކަމުގައިވެސް إبراهيم ގެފާނު ނުވެއެވެ. އަދި، ކިއެއްތަ! އެކަލޭގެފާނު ވަނީ باطل މަގުން އެއްކިބާވެ، حق دين އަށް تبع ވެގެންވާ مسلم އަކު ކަމުގައެވެ. އަދި، شريك ކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ.
See all translations of this verse →
إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُوا۟ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ
Resmî Divehi Çevirisi ހަމަކަށަވަރުން، މީސްތަކުންކުރެ، إبراهيم ގެފާނަށް (نسبة ވުމުގައި) އެންމެ أولى ކަން ބޮޑީ، އެކަލޭގެފާނަށް تبع ވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ: محمد ގެފާނާއި) إيمان ވި މީހުންނެވެ. اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
وَدَّت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
Resmî Divehi Çevirisi ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު، ތިޔަބައިމީހުން މަގުފުރައްދައިލެވޭނެ ނަމައޭ ހިތައި، އެކަމަށް އެދުނެވެ. އެއުރެންގެ އަމިއްލަ نفس ތައް މެނުވީ، އެއުރެންނަކަށް މަގުފުރައްދައެއް ނުލެވެތެވެ. އަދި، އެއުރެންނަކަށް (އެކަމެއް) ނޭނގެއެވެ.
See all translations of this verse →
يَٰٓأَهْلَ ٱلْكِتَٰبِ لِمَ تَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَأَنتُمْ تَشْهَدُونَ
Resmî Divehi Çevirisi އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން (އެއީ حق ކަން އެނގިތިބެ އެކަމަށް) ހެކިވާ حال، اللَّه ގެ آية ތަކަށް ތިޔަބައިމީހުން كافر ވަނީ ކީއްވެގެން ހެއްޔެވެ؟
See all translations of this verse →
يَٰٓأَهْلَ ٱلْكِتَٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
Resmî Divehi Çevirisi އޭ ފޮތުގެ أهل ވެރިންނޭވެ! (އެއީ حق ކަން) ތިޔަބައިމީހުންނަށް އެނގިތިބި حال ގައި، حق އާއި باطل އޮޅުވާލައި އަދި، حق ގޮތް ތިޔަބައިމީހުން ފޮރުވަނީ ކީއްވެގެން ހެއްޔެވެ؟
See all translations of this verse →
وَقَالَت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَٰبِ ءَامِنُوا۟ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُوا۟ وَجْهَ ٱلنَّهَارِ وَٱكْفُرُوٓا۟ ءَاخِرَهُۥ لَعَلَّهُمْ يَرْجِعُونَ
Resmî Divehi Çevirisi ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان ވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمان ވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافر ވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمن ން އެއުރެންގެ دين ން) އެނބުރި رجوع ވޭތޯއެވެ!
See all translations of this verse →
وَلَا تُؤْمِنُوٓا۟ إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَن يُؤْتَىٰٓ أَحَدٌ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ وَٰسِعٌ عَلِيمٌ
Resmî Divehi Çevirisi އަދި، (އެއުރެން ބުނޫއެވެ.) ތިޔަބައިމީހުންގެ دين އަށް تبع ވީ މީހަކަށް މެނުވީ، ތިޔަބައިމީހުން إيمان ނުވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތެދުމަގަކީ اللَّه ގެ ތެދުމަގެވެ. ތިޔަބައިމީހުންނަށް ދެއްވާފައިވާފަދަ ކަމެއް އެހެން އެއްވެސް މީހަކަށް ދެއްވާފައިވާކަމަށް، (ތިޔަބައިމީހުން قبول ނުކުރާށެވެ!) އެހެންނޫންނަމަ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން (އެބަހީ: مؤمن ން) ތިޔަބައިމީހުން حجّة ން ދެރަކޮށްފާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، فضل ވަންތަކަންވަނީ، اللَّه ގެ يدقدرة ފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަމެއް ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Resmî Divehi Çevirisi އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ رحمة خاص ކުރައްވަތެވެ. އަދި، اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.
See all translations of this verse →
وَمِنْ أَهْلِ ٱلْكِتَٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًا ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Resmî Divehi Çevirisi ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ أهل ވެރިންގެ ތެރެއިންވެއެވެ. އަދި، ދީނާރަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، (އެ أمانة އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެކަމުގެ މަތީގައި ކަލޭގެފާނު قائم ވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ أمّى ންނާ މެދުގައި، (އެބަހީ: عربى ންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ، އެއުރެން ދެނެތިބެ اللَّه އާމެދު ދޮގުބަސްތައް ބުނަނީއެވެ.
See all translations of this verse →
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
Resmî Divehi Çevirisi އެހެންނަކުންނޫނެވެ! އެމީހެއްގެ عهد އެމީހަކު ފުރިހަމަޔަށް އަދާކޮށް، تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
See all translations of this verse →
إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَٰنِهِمْ ثَمَنًا قَلِيلًا أُو۟لَٰٓئِكَ لَا خَلَٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه ގެ عهد އާއި، އެއުރެންގެ ހުވާތަކަށް ކުޑަ އަގެއް ގަނެއުޅޭ މީހުންނީ آخرة ގައި އެއުރެންނަށް އެއްވެސް نصيب އެއް ނެތްބަޔެކެވެ. އަދި، قيامة ދުވަހުން، اللَّه، އެއުރެންނަކަށް ބަސް وحى އެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަކަށް ބައްލަވާވޮޑިއެއްވެސް ނުގަންނަވާނެތެވެ. އަދި، (ފާފައިން) އެއުރެން طاهر އެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.
See all translations of this verse →
وَإِنَّ مِنْهُمْ لَفَرِيقًا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَٰبِ لِتَحْسَبُوهُ مِنَ ٱلْكِتَٰبِ وَمَا هُوَ مِنَ ٱلْكِتَٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Resmî Divehi Çevirisi އެއީ، ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާނޭގޮތަށް އެއުރެންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން ފޮތުން ކިޔައިދޭ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައިނުވާ حال ގައެވެ. އަދި، އެއީ اللَّه ގެ حضرة ން ބާވައިލެއްވި އެއްޗެއްކަމުގައި އެއުރެން ބުނެތެވެ. އެއީ، اللَّه ގެ حضرة ން ބާވައިލެއްވި އެއްޗެއް ކަމުގައި ނުވާ حال ގައެވެ. އަދި، އެއުރެން ދެނެތިބެ اللَّه އާމެދު ދޮގުބަސްތައް ބުނަނީއެވެ.
See all translations of this verse →
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًا لِّى مِن دُونِ ٱللَّهِ وَلَٰكِن كُونُوا۟ رَبَّٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَٰبَ وَبِمَا كُنتُمْ تَدْرُسُونَ
Resmî Divehi Çevirisi اللَّه، އެމީހަކަށް ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމާ، ދެން، اللَّه ފިޔަވައި ތިމަންނާއަށް އަޅުކަން ކުރާމީހުން ކަމުގައި ތިޔަބައިމީހުންވާށޭ މީސްތަކުންނަށް ބުނުމަކީ، (އެކަންތައްތައް ދެއްވި) އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު (އެމީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން އުނގެނި ދަސްކޮށް އުޅުނު ތަކެތީގެ ސަބަބުން، ތިޔަބައިމީހުން ربّانى ންނަށް (އެބަހީ: دين ވެރި علم ވެރިންނަށް) ވާށޭއެވެ!
See all translations of this verse →
وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ
Resmî Divehi Çevirisi އަދި، ملائكة ންނާއި، ނަބިއްޔުންނީ، إله ން ކަމުގައި ހަދައިގެން އުޅުމަކަށް އެމީހަކު ތިޔަބައިމީހުންނަކަށް أمر ކުރުމެއްވެސް ނެތެވެ. ތިޔަބައިމީހުން مسلم ން ކަމުގައިވެގެން ތިބުމަށްފަހު، كافر ވުމަށް އެމީހަކު ތިޔަބައިމީހުންނަށް (ފަހެ) أمر ކުރާނެ ހެއްޔެވެ؟
See all translations of this verse →
وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى قَالُوٓا۟ أَقْرَرْنَا قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّٰهِدِينَ
Resmî Divehi Çevirisi ނަބިއްޔުންގެ ކިބައިން، اللَّه ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރާށެވެ! އެހިނދު اللَّه އެންގެވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ފޮތާއި حكمة ދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދުކުރައްވާ رسول އަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް إيمان ވާ ހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން نصر ދޭހުށިކަމެވެ! އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބޭކަލުން إقرار ވެ، އެކަމުގެ މައްޗަށް ތިމަންރަސްކަލާނގެއަށް ކަށަވަރުވެގެންވާ عهد ހިފައިފީމުހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އަޅަމެން إقرار ވެއްޖައީމުއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވާށެވެ! ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
See all translations of this verse →
فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
Resmî Divehi Çevirisi ދެން، އެއަށްފަހު (އެ عهد އުވާލައި) ފުރަގަސްދީފި މީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނަކީ ހަމަ فاسق ންނެވެ.
See all translations of this verse →
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
Resmî Divehi Çevirisi އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެއުރެން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ اللَّه ގެ دين ފިޔަވައި އެހެން دين އެއް ހެއްޔެވެ؟ އަދި، އެއުރެން އެނބުރި رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ.
See all translations of this verse →
قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން اللَّه އަށާއި، އަދި ތިމަންމެންގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް إيمان ވެއްޖައީމުއެވެ. އަދި، إبراهيم ގެފާނާއި، إسماعيل ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނާއި، އެކަލޭގެފާނުގެ ދަރިކޮޅަށް ބާވައިލެއްވި އެއްޗަކަށާއި، موسى ގެފާނާއި، عيسى ގެފާނާއި، އެނޫންވެސް ނަބީބޭކަލުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވި އެއްޗަކަށްވެސްމެއެވެ. އެބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކާ މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި، ތިމަންމެންވަނީ އެކަލާނގެޔަށް ބޯލަނބައި ކިޔަމަންވެގެންނެވެ.
See all translations of this verse →
وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَٰسِرِينَ
Resmî Divehi Çevirisi دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
See all translations of this verse →
كَيْفَ يَهْدِى ٱللَّهُ قَوْمًا كَفَرُوا۟ بَعْدَ إِيمَٰنِهِمْ وَشَهِدُوٓا۟ أَنَّ ٱلرَّسُولَ حَقٌّ وَجَآءَهُمُ ٱلْبَيِّنَٰتُ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ
Resmî Divehi Çevirisi އެބަޔަކު إيمان ވުމަށްފަހު، އަދި ހަމަކަށަވަރުން، رسول އާއީ حق رسول އާ ކަމަށް ހެކިވުމަށްފަހު، އަދި ފާޅުވެގެންވާ دليل ތައް އެއުރެންނާ ހަމަޔަށް އައުމަށްފަހު، كافر ވި ބަޔަކަށް، اللَّه ތެދުމަގު ދައްކަވާނީ ކިހިނަކުންހެއްޔެވެ؟ އަނިޔާވެރި ވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ.
See all translations of this verse →
أُو۟لَٰٓئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلَٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ
Resmî Divehi Çevirisi އެއުރެންގެ ޖަޒާއަކީ، ހަމަކަށަވަރުން اللَّه އާއި، ملائكة ންނާއި، އެންމެހައި މީސްތަކުންގެ لعنة އެއުރެންގެ މައްޗަށް ލެއްވުމެވެ.
See all translations of this verse →
خَٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ
Resmî Divehi Çevirisi އެއުރެން، އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ.
See all translations of this verse →
إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Resmî Divehi Çevirisi އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފުފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَٰٓئِكَ هُمُ ٱلضَّآلُّونَ
Resmî Divehi Çevirisi ހަމަކަށަވަރުން، އެއުރެން إيمان ވުމަށްފަހު، كافر ވެ، ދެން كافر ކަން އިތުރުވީ މީހުންގެ توبة قبول ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ.
See all translations of this verse →
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّٰصِرِينَ
Resmî Divehi Çevirisi ހަމަކަށަވަރުން، كافر ވެ، އަދި كافر ން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން فدية ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން قبول ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސްބަޔަކު ނުވެއެވެ.
See all translations of this verse →
لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
Resmî Divehi Çevirisi ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ.
See all translations of this verse →
كُلُّ ٱلطَّعَامِ كَانَ حِلًّا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَٰدِقِينَ
Resmî Divehi Çevirisi توراة ބާވައިލެއްވުމުގެ ކުރިން، إسرآءيل ގެފާނު އެކަލޭގެފާނުގެ އަމިއްލަ نفس ގެ މައްޗަށް حرام ކުރެއްވި ތަކެތި ފިޔަވައި، އެންމެހާ ކާތަކެތި އެއީ، إسرآءيل ގެދަރިންނަށް حلال ތަކެތި ކަމުގައިވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން توراة ގެނެސް އެ ކިޔައިބަލާށެވެ!
See all translations of this verse →
فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنۢ بَعْدِ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ
Resmî Divehi Çevirisi އެޔަށްފަހު، اللَّه އާމެދު ހަދައިގެން ދޮގު ބުނިމީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.
See all translations of this verse →
قُلْ صَدَقَ ٱللَّهُ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! اللَّه وحى ކުރެއްވީ ތެދުބަސްފުޅެވެ. ފަހެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުންގެ دين އަށް ތިޔަބައިމީހުން تبع ވާށެވެ! އަދި، އެކަލޭގެފާނު مشرك ންގެ ތެރެޔަކުން ނުވެއެވެ.
See all translations of this verse →
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَٰلَمِينَ
Resmî Divehi Çevirisi ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ.
See all translations of this verse →
فِيهِ ءَايَٰتٌۢ بَيِّنَٰتٌ مَّقَامُ إِبْرَٰهِيمَ وَمَن دَخَلَهُۥ كَانَ ءَامِنًا وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ
Resmî Divehi Çevirisi ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيم ގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެންދިއުމީ، (އެބަހީ: حج ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجب އެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެންމެހާ عالم ތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
قُلْ يَٰٓأَهْلَ ٱلْكِتَٰبِ لِمَ تَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން اللَّه ގެ آية ތަކަށް كافر ވަނީ ކީއްވެގެންހެއްޔެވެ؟ اللَّه އީ، ތިޔަބައިމީހުންކުރާ ކަންތަކުގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
قُلْ يَٰٓأَهْلَ ٱلْكِتَٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ تَبْغُونَهَا عِوَجًا وَأَنتُمْ شُهَدَآءُ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ
Resmî Divehi Çevirisi ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން، إيمان ވި މީހަކު اللَّه ގެ މަގުން އެއްކިބާކުރަނީ، ކީއްވެގެން ހެއްޔެވެ؟ (އެ މަގަކީ اللَّه ގެ ތެދުމަގުކަމަށް) ތިޔަބައިމީހުން ހެކިވެތިބެ، އެ މަގު ގުދުކޮށް އޮތުމަށް ތިޔަބައިމީހުން އެދެނީއެވެ. ތިޔަބައިމީހުންކުރާ عمل ތަކާމެދު، اللَّه غافل ވެވޮޑިގެނެއް ނުވެތެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ يَرُدُّوكُم بَعْدَ إِيمَٰنِكُمْ كَٰفِرِينَ
Resmî Divehi Çevirisi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، (ތިޔަބައިމީހުންގެ) إيمان ކަމަށްފަހު، އެއުރެން ތިޔަބައިމީހުންނީ އަލުން كافر ން ކަމުގައި ރައްދުކުރާނެތެވެ.
See all translations of this verse →
وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ ءَايَٰتُ ٱللَّهِ وَفِيكُمْ رَسُولُهُۥ وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Resmî Divehi Çevirisi އަދި، اللَّه ބާވައިލެއްވި آية ތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވަނިކޮށް އަދި، ތިޔަބައިމީހުންގެ ތެރޭގައި އެކަލާނގެ رسول އާ ހުންނަވަނިކޮށް، ތިޔަބައިމީހުން كافر ވަނީ ކޮންފަދަޔަކުން ހެއްޔެވެ؟ اللَّه ގެ دين ގައި ހިފަހައްޓާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގަކަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
Resmî Divehi Çevirisi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!
See all translations of this verse →
وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَهْتَدُونَ
Resmî Divehi Çevirisi ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
See all translations of this verse →
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
Resmî Divehi Çevirisi ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.
See all translations of this verse →
وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَٰتُ وَأُو۟لَٰٓئِكَ لَهُمْ عَذَابٌ عَظِيمٌ
Resmî Divehi Çevirisi ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلاف ވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ عذاب އެއް އެއުރެންނަށް ހުށްޓެވެ.
See all translations of this verse →
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Resmî Divehi Çevirisi (އެއީ) މޫނުތަކެއް އަލިވެ، އަދި މޫނުތަކެއް އަނދިރިވެގެންދާ ދުވަހެވެ. ފަހެ، އެއުރެންގެ މޫނުތައް އަނދިރިވެގެންދިޔަ މީހުން ދަންނާށެވެ! (އެއުރެންނާ ދިމާޔަށް އެދުވަހުން ބުނެވޭހުށްޓެވެ.) ތިޔަބައިމީހުން، إيمان ވުމަށްފަހު، ތިޔަބައިމީހުން كافر ވީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމަށްޓަކައި عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
See all translations of this verse →
وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَٰلِدُونَ
Resmî Divehi Çevirisi އަދި، އެއުރެންގެ މޫނުތައް އަލިވެގެންދިޔަ މީހުން ދަންނާށެވެ! ފަހެ، އެއުރެންވަނީ اللَّه ގެ رحمة ގައެވެ. އެއުރެންނީ އެ رحمة ގައި ދެމިތިބެނިވި ބަޔެކެވެ.
See all translations of this verse →
تِلْكَ ءَايَٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعَٰلَمِينَ
Resmî Divehi Çevirisi އެއީ، اللَّه ގެ آية ތަކެވެ. حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ آية ތައް ކިޔައިދެއްވަމެވެ. އަދި، އެއްވެސް مخلوق އަކަށް އަނިޔާއެއް ދެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ.
See all translations of this verse →
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Resmî Divehi Çevirisi އަދި، އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި، އެންމެހާ ކަންތައް رجوع ކުރައްވާހުށީ اللَّه ގެ حضرة އަށެވެ.
See all translations of this verse →
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ
Resmî Divehi Çevirisi މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ.
See all translations of this verse →
لَن يَضُرُّوكُمْ إِلَّآ أَذًى وَإِن يُقَٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ
Resmî Divehi Çevirisi އުނދަގޫކުރުންނޫން އެހެންގޮތަކުން އެއުރެންނަކަށް ތިޔަބައިމީހުންނަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރާނަމަ، ތިޔަބައިމީހުންނަށް ފުރަގަސްދީ (ބަލިވެގެން) އެއުރެން ހިނގައިދާނެތެވެ. ދެން، އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ.
See all translations of this verse →
ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ
Resmî Divehi Çevirisi އެއުރެންވީ، ކޮންމެތަނެއްގައިވެސް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވާފައިވެއެވެ. اللَّه ގެ عهد އަކުން ނުވަތަ މީސްތަކުންގެ عهد އަކުން (ރައްކާތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި، اللَّه ގެ ކޯފާއާއިގެން އެއުރެން އެނބުރި އަޔެވެ. އަދި، مسكين ކަން އެއުރެންގެ މައްޗަށް ލައްވާފައިވިއެވެ. އެއީ، އެއުރެން اللَّه ގެ آية ތަކަށް كافر ވެ އަދި، حق އަކާ ނުލައި، ނަބިއްޔުން قتل ކޮށް އުޅުނުކަމަށްޓަކައެވެ. އެއީ، އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި، އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.
See all translations of this verse →
لَيْسُوا۟ سَوَآءً مِّنْ أَهْلِ ٱلْكِتَٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ
Resmî Divehi Çevirisi އެއުރެން، ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ أهل ވެރިންގެ ތެރެއިން ސީދާކަންމަތީ قائم ވެ ތިބޭ ބަޔަކުވެއެވެ. އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آية ތައް ކިޔަވަތެވެ.
See all translations of this verse →
يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَٰٓئِكَ مِنَ ٱلصَّٰلِحِينَ
Resmî Divehi Çevirisi اللَّه އަށާއި، آخرة ދުވަހަށް އެއުރެން إيمان ވެތެވެ. އަދި، އެއުރެން ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކުރެތެވެ. އަދި، ހެޔޮކަންތައް ކުރުމަށް އެއުރެން އަވަސްވެގަނެތެވެ. އެއުރެންވަނީ صالح ންގެ ތެރެއިންނެވެ.
See all translations of this verse →
وَمَا يَفْعَلُوا۟ مِنْ خَيْرٍ فَلَن يُكْفَرُوهُ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ
Resmî Divehi Çevirisi ހެޔޮކަމުގެ ތެރެއިން އެއުރެންކުރާ އެއްވެސްކަމެއް، ފަހެ، އެކަމެއްގެ ثواب ން އެއުރެން محروم ނުކުރައްވާހުށްޓެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ هُمْ فِيهَا خَٰلِدُونَ
Resmî Divehi Çevirisi ހަމަކަށަވަރުން، كافر ވި މީހުންނަކަށް އެއުރެންގެ މުދާތަކެއްވެސް އަދި، އެއުރެންގެ ދަރިންތަކެއްވެސް، އެއުރެންނަށްޓަކައި، اللَّه ގެ حضرة ން އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.
See all translations of this verse →
مَثَلُ مَا يُنفِقُونَ فِى هَٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنْ أَنفُسَهُمْ يَظْلِمُونَ
Resmî Divehi Çevirisi މި ދުނިޔޭގެ حياة ގައި، އެއުރެން (އެބަހީ: كافر ވި މީހުން) ހޭދަކުރާ އެއްޗެއްގެ مثال އަކީ، އެ ވައިރޯޅީގައި ގަދަ ފިނިކަމެއް (ނުވަތަ ގަދަ ހޫނުކަމެއް) ވާ، ވައިރޯޅިއެއް، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުޅަ ބަޔެއްގެ ދަނޑަށްޖެހި، އެ ދަނޑު ހަލާކުކޮށްލި ވައިރޯޅީގެ މިސާލެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާކުރަނީއެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا۟ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَٰهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ قَدْ بَيَّنَّا لَكُمُ ٱلْـَٔايَٰتِ إِن كُنتُمْ تَعْقِلُونَ
Resmî Divehi Çevirisi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް فساد ކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، آية ތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ.
See all translations of this verse →
هَٰٓأَنتُمْ أُو۟لَآءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَٰبِ كُلِّهِۦ وَإِذَا لَقُوكُمْ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ عَضُّوا۟ عَلَيْكُمُ ٱلْأَنَامِلَ مِنَ ٱلْغَيْظِ قُلْ مُوتُوا۟ بِغَيْظِكُمْ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Resmî Divehi Çevirisi ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތަކަށް إيمان ވެގެން ތިބޭއިރުވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން إيمان ވެއްޖައީމުއޭ ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ
Resmî Divehi Çevirisi ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް تقوى ވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَٰعِدَ لِلْقِتَالِ وَٱللَّهُ سَمِيعٌ عَلِيمٌ
Resmî Divehi Çevirisi (أُحد ހަނގުރާމައިގެ ދުވަހު) ހަނގުރާމައިގެ مركز ތަކަށް مؤمن ން ހަމަޖައްސަވައި ތައްޔާރުކުރެއްވުމަށްޓަކައި، ކަލޭގެފާނުންގެ أهل ވެރިންގެ ތެރެއިން ނުކުމެވަޑައިގެންނެވިހިނދު، (ހަނދުމަ ކުރައްވާށެވެ!) اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
إِذْ هَمَّت طَّآئِفَتَانِ مِنكُمْ أَن تَفْشَلَا وَٱللَّهُ وَلِيُّهُمَا وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Resmî Divehi Çevirisi (އެއީ) ތިޔަބައިމީހުންގެ ތެރެއިން ދެބަޔަކު ފިނޑިވެ، ހިތްވަރު އެލުނުހިނދެވެ. اللَّه އީ، އެ ދެބައިމީހުން ރައްކާތެރިކުރައްވައި نصر ދެއްވާ ރަސްކަލާނގެއެވެ. ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ!
See all translations of this verse →
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
Resmî Divehi Çevirisi ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ.
See all translations of this verse →
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَٰثَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُنزَلِينَ
Resmî Divehi Çevirisi (އެއީ) ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ބާވައިލައްވާފައިވާ ملائكة ންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟
See all translations of this verse →
بَلَىٰٓ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُسَوِّمِينَ
Resmî Divehi Çevirisi ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (اللَّه އަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާ ހަމަޔަށް އެއުރެން (އެބަހީ: مشرك ން) ހަމަ ކުއްލިޔަކަށް އަންނަނަމަ، ފާހަގަކުރައްވާފައިވާ ފަސްހާސް ملائكة ން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ.
See all translations of this verse →
وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
Resmî Divehi Çevirisi އަދި، ތިޔަބައިމީހުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر އެއް ކަމުގައްޔާއި، އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވަތެވެ. (އެބަހީ: ملائكة ން ފޮނުއްވައިގެން مدد ދެއްވުން ނުލައްވަތެވެ.) عزيز ވަންތަ، حكيم ވަންތަ، اللَّه ގެ حضرة ން މެނުވީ، نصر ލިބުމެއް ނުވެއެވެ.
See all translations of this verse →
لِيَقْطَعَ طَرَفًا مِّنَ ٱلَّذِينَ كَفَرُوٓا۟ أَوْ يَكْبِتَهُمْ فَيَنقَلِبُوا۟ خَآئِبِينَ
Resmî Divehi Çevirisi (އެއީ) كافر ވި މީހުންގެ ތެރެއިން ބަޔަކު، ނެތިކުރެއްވުމަށްޓަކައެވެ. ނުވަތަ، އެއުރެން ބަލިކުރައްވައި ނިކަމެތި ކުރެއްވުމަށްޓަކައެވެ. ފަހެ، (އެހިނދު) އެއުރެން ބޭނުންކަންތައް ނުވެ ހިތާމަކުރާ حال އެނބުރި ހިނގައިދެތެވެ.
See all translations of this verse →
لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَٰلِمُونَ
Resmî Divehi Çevirisi (އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، توبة ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް عذاب ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ.
See all translations of this verse →
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَٱللَّهُ غَفُورٌ رَّحِيمٌ
Resmî Divehi Çevirisi އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَٰفًا مُّضَٰعَفَةً وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
Resmî Divehi Çevirisi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (ނޯޓު: މި آية ގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِبا ކެއުން ހުއްދައެއް ނުވެއެވެ.)
See all translations of this verse →
وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ
Resmî Divehi Çevirisi އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، كافر ންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.
See all translations of this verse →
وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ
Resmî Divehi Çevirisi އަދި، اللَّه އަށާއި، رسول އާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.
See all translations of this verse →
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ
Resmî Divehi Çevirisi އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.
See all translations of this verse →
ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
Resmî Divehi Çevirisi އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.
See all translations of this verse →
وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ
Resmî Divehi Çevirisi އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفس ތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاء ކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.
See all translations of this verse →
أُو۟لَٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَنِعْمَ أَجْرُ ٱلْعَٰمِلِينَ
Resmî Divehi Çevirisi އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. ހެޔޮ عمل ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!
See all translations of this verse →
قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ
Resmî Divehi Çevirisi (އެކިއެކި أمّة ތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ!
See all translations of this verse →
هَٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ
Resmî Divehi Çevirisi މިއީ، މީސްތަކުންނަށް އޮތް ސާފުސީދާ ބަޔާނެކެވެ. އަދި، މަގު ދެއްކެވުމެކެވެ. އަދި، تقوى ވެރިންނަށްއޮތް وعظ އެކެވެ.
See all translations of this verse →
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
Resmî Divehi Çevirisi ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ.
See all translations of this verse →
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ
Resmî Divehi Çevirisi (أُحد ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدر ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمان ވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيد ން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ.
See all translations of this verse →
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَٰفِرِينَ
Resmî Divehi Çevirisi އަދި، اللَّه، إيمان ވެއްޖެ މީސްތަކުން طاهر ކުރައްވައި، ސާފުކުރެއްވުމަށްޓަކައެވެ. އަދި، كافر ން ހަލާކުކުރައްވައި، ނެތިކުރެއްވުމަށްޓަކައެވެ.
See all translations of this verse →
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّٰبِرِينَ
Resmî Divehi Çevirisi ތިޔަބައިމީހުންގެ ތެރެއިން جهاد ކުޅަމީހުން اللَّه ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް އަދި، ކެތްތެރިންވެސް ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟
See all translations of this verse →
وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ
Resmî Divehi Çevirisi އަދި، މަރުވުމަށް އެދޭކަމުގައި (އެބަހީ: شهيد ވުމަށް އެދޭ ބަޔަކު ކަމުގައި) ހަމަކަށަވަރުންވެސް ތިޔަބައިމީހުން ވީމުއެވެ. (އެއީ) ތިޔަބައިމީހުން އެ މަރާ ބައްދަލުކުރުމުގެ ކުރީގައެވެ. ފަހެ، (މިހާރު) ތިޔަބައިމީހުން ލޮލުން ދެކޭ حال ގައި ތިޔަބައިމީހުންނަށް އެކަންތައް ފެނިއްޖެކަން ކަށަވަރެވެ.
See all translations of this verse →
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَٰبِكُمْ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا وَسَيَجْزِى ٱللَّهُ ٱلشَّٰكِرِينَ
Resmî Divehi Çevirisi رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتل ވެއްޖެނަމަ، ތިޔަބައިމީހުން (كافر ވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. شكر ކުރާ މީހުންނަށް اللَّه ޖަޒާ ދެއްވާނެތެވެ.
See all translations of this verse →
وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَٰبًا مُّؤَجَّلًا وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا وَسَنَجْزِى ٱلشَّٰكِرِينَ
Resmî Divehi Çevirisi އަދި، اللَّه ގެ إذن ފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް نفس އަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرة ގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، شكر ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
See all translations of this verse →
وَكَأَيِّن مِّن نَّبِىٍّ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ
Resmî Divehi Çevirisi އެ ނަބިއްޔުންގެ އަރިހުގައި ގިނަވެގެންވާ جماعة ތައް ހަނގުރާމަކުޅައީ ކިތައްކިތައް ނަބިއްޔުންހޭ؟ ފަހެ، اللَّه ގެ މަގުގައި އެއުރެންނަށް ޖެހުނު ކަންތަކަށް އެއުރެން ފިނޑިއެއްނުވިއެވެ. އަދި، އެއުރެން ނިކަމެއްޗެއްވެސް ނުވިއެވެ. އަދި، (دشمن ންގެ ކުރިމަތީގައި) އެއުރެން ބަލިކަށްޓެއްވެސް ނުވިއެވެ. ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
See all translations of this verse →
وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ
Resmî Divehi Çevirisi އަދި، އެއުރެންގެ ބަހެއްކަމުގައި އެއުރެން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!
See all translations of this verse →
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
Resmî Divehi Çevirisi ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه ދެއްވިއެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ ٱلَّذِينَ كَفَرُوا۟ يَرُدُّوكُمْ عَلَىٰٓ أَعْقَٰبِكُمْ فَتَنقَلِبُوا۟ خَٰسِرِينَ
Resmî Divehi Çevirisi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دين ން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حال ގައެވެ.
See all translations of this verse →
بَلِ ٱللَّهُ مَوْلَىٰكُمْ وَهُوَ خَيْرُ ٱلنَّٰصِرِينَ
Resmî Divehi Çevirisi އަދި، ކިއެއްތަ! ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިޔަކީ اللَّه އެވެ. އަދި، نصر ދެއްވާ އެންމެ ހެޔޮފަރާތަކީ އެކަލާނގެއެވެ.
See all translations of this verse →
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَمَأْوَىٰهُمُ ٱلنَّارُ وَبِئْسَ مَثْوَى ٱلظَّٰلِمِينَ
Resmî Divehi Çevirisi كافر ވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް اللَّه އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، اللَّه އާ އެއްފަދަކޮށް، އެއުރެން شريك ކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: مشرك ން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ.
See all translations of this verse →
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ وَلَقَدْ عَفَا عَنكُمْ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ
Resmî Divehi Çevirisi ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް، އެކަލާނގެ وعد ފުޅު ފުއްދަވައި ދެއްވިއެވެ. އެކަލާނގެ إذن ފުޅާލައިގެން ތިޔަބައިމީހުން އެ كافر ން قتل ކޮށް ނެތިކުރަމުން ދިޔަހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު، ތިޔަބައިމީހުން އުރެދި، އަދި (رسول އާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި، ތިޔަބައިމީހުންގެ ތެރޭގައި آخرة އެދޭމީހުންވެސްވެއެވެ. ދެން، އެ كافر ންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. އެއީ، ތިޔަބައިމީހުން امتحان ކުރެއްވުމަށްޓަކައެވެ. އަދި، ހަމަކަށަވަރުން އެކަލާނގެ ތިޔަބައިމީހުންނަށް عفو ކުރެއްވިއެވެ. اللَّه އީ، مؤمن ތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ.
See all translations of this verse →
إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَٰبَكُمْ غَمًّۢا بِغَمٍّ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَٰبَكُمْ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ
Resmî Divehi Çevirisi (އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން رسول އާ ތިޔަބައިމީހުންނަށް ގޮވާލައްވާ حال ގައެވެ. ދެން، މޮޅިވެރިކަމަކާ ވިދިގެން މޮޅިވެރިކަމަކުން ތިޔަބައިމީހުންނަށް ޖަޒާ ދެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް (غنيمة އިން) ފާއިތުވީ އެއްޗެއްގެ މައްޗަށާއި، ތިޔަބައިމީހުންނަށް ޖެހުނު ކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށްޓަކައެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَآئِفَةً مِّنكُمْ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَٰهِلِيَّةِ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَٰهُنَا قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Resmî Divehi Çevirisi ދެން، އެ ހިތާމަޔަށްފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އަނެއްބަޔަކަށް އެއުރެންގެ އަމިއްލަ نفس ތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. اللَّه އާމެދު އެއުރެން حق ނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: نصر ދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއްމެ މިލްކުވެގެންވަނީ اللَّه އަށެވެ. ކަލޭގެފާނަށް އެއުރެން ފާޅުނުކުރާ ކަންތައް، އެއުރެންގެ ހިތްތަކުގައި ވަންހަނާ ކުރެތެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން ކަމެއް (އެބަހީ: ހަނގުރާމަޔަށް ނުކުތުމާމެދު اختيار އެއް) ތިމަންމެންނަށް ލިބިގެންވީނަމަ، މިތާނގައި ތިމަންމެން قتل އެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން ވީކަމުގައިވިޔަސް قتل ވުން އެބަޔެއްގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ މީހުން، އެއުރެން قتل ވެގެން ވެއްޓޭނޭ ތަންތަނަށް ނުކުތީސްކަން ކަށަވަރެވެ. އަދި، (ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވީ) اللَّه ތިޔަބައިމީހުންގެ ހިތްތަކުގައިވާގޮތް امتحان ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ހިތްތަކުގައިވާ ގޮތްތައް ވަކި ކުރައްވައި ހާމަކުރެއްވުމަށްޓަކައެވެ. اللَّه އީ، ހިތްތަކުގައި ވާހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَٰنُ بِبَعْضِ مَا كَسَبُوا۟ وَلَقَدْ عَفَا ٱللَّهُ عَنْهُمْ إِنَّ ٱللَّهَ غَفُورٌ حَلِيمٌ
Resmî Divehi Çevirisi ހަމަކަށަވަރުން، (أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމަޔަށް) އެނބުރި ފުރަގަސްދިން މީހުން، شيطان އާ އެއުރެންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެއުރެން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަހީ: رسول އާގެ އެންގެވުންތަކާ خلاف ވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން، اللَّه އެއުރެންނަށް عفو ކުރައްވައިފިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةً فِى قُلُوبِهِمْ وَٱللَّهُ يُحْىِۦ وَيُمِيتُ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
Resmî Divehi Çevirisi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ أخ ން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި قتل އެއްވެސް ނުވީހޭ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. (އެއުރެން އެ ބަސްބުނީ) اللَّه، އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، اللَّه އެވެ. އަދި، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه ގެ މަގުގައި ތިޔަބައިމީހުން قتل ވިޔަސް، ނުވަތަ މަރުވިޔަސް، اللَّه ގެ حضرة ން ފާފަފުއްސެވުމާއި، رحمة ލެއްވުން އެއުރެން އެއްކުރާ ތަކެއްޗަށްވުރެ މާ ހެޔޮކަން ބޮޑެވެ.
See all translations of this verse →
وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ
Resmî Divehi Çevirisi ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވިޔަސް، ނުވަތަ قتل ވިޔަސް، ތިޔަބައިމީހުން އެއްކުރައްވާހުށީ، اللَّه ގެ حضرة އަށް ކަން ކަށަވަރެވެ.
See all translations of this verse →
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
Resmî Divehi Çevirisi އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
See all translations of this verse →
إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Resmî Divehi Çevirisi اللَّه، ތިޔަބައިމީހުންނަށް نصر ދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصر ދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ!
See all translations of this verse →
وَمَا كَانَ لِنَبِىٍّ أَن يَغُلَّ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَٰمَةِ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Resmî Divehi Çevirisi (غنيمة) މުދަލަށް خيانة ތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް خيانة ތެރިވާ މީހާ އެމީހަކު خيانة ތެރިވި ތަކެއްޗާއިގެން قيامة ދުވަހުން (އެކަލާނގެ حضرة އަށް) އަންނާނެތެވެ. ދެން، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ.
See all translations of this verse →
أَفَمَنِ ٱتَّبَعَ رِضْوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ وَبِئْسَ ٱلْمَصِيرُ
Resmî Divehi Çevirisi ފަހެ، اللَّه ގެ ރުއްސެވުމަށް تبع ވީމީހާ، اللَّه ގެ حضرة ން އަންނަ ކޯފާއަކާއިގެން އެނބުރި އައިމީހެއްފަދަ ހެއްޔެވެ؟ އަދި، އެމީހަކު (އެބަހީ: اللَّه ގެ ކޯފާއާއިގެން އައި މީހަކު) އުޅޭނެތަނަކީ، جهنّم އެވެ. (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ.
See all translations of this verse →
هُمْ دَرَجَٰتٌ عِندَ ٱللَّهِ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ
Resmî Divehi Çevirisi އެއުރެން، اللَّه ގެ حضرة ގައި ވަނީ ދަރަޖަތަކަކަށެވެ. އަދި، اللَّه އީ، އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ
Resmî Divehi Çevirisi ހަމަކަށަވަރުން، مؤمن ންގެ މައްޗަށް اللَّه ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ آية ތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން طاهر ކުރައްވާ، އަދި ފޮތާއި حكمة، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
See all translations of this verse →
أَوَلَمَّآ أَصَٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَٰذَا قُلْ هُوَ مِنْ عِندِ أَنفُسِكُمْ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Resmî Divehi Çevirisi މިކަންތައްއައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް مصيبة އެއް އައިސް ޖެހުނީމާ ހެއްޔެވެ؟ ހަމަކަށަވަރުން، އެ مصيبة ގެ ދެގުނަ (އެއުރެންނަށް) ތިޔަބައިމީހުންވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ، ތިޔަބައިމީހުންގެ އަމިއްލަ نفس ގެ ފަރާތުން އައިކަމެކެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
وَمَآ أَصَٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ
Resmî Divehi Çevirisi (أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވި ދުވަހު، ތިޔަބައިމީހުންނަށް ޖެހުނުކަންތައް (ދަންނާށެވެ!) ފަހެ، އެއީ اللَّه ގެ إذن ފުޅާ ލައިގެން ޖެހުނުކަމެކެވެ. އަދި، (ތެދުވެރި) مؤمن ން ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ.
See all translations of this verse →
وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ وَقِيلَ لَهُمْ تَعَالَوْا۟ قَٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ قَالُوا۟ لَوْ نَعْلَمُ قِتَالًا لَّٱتَّبَعْنَٰكُمْ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَٰنِ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ
Resmî Divehi Çevirisi އަދި، منافق ވި މީހުން އެކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. (އެދުވަހު) އެއުރެންނަށް އެންގެވިއެވެ. اللَّه ގެ މަގުގައި ހަނގުރާމަކުރަން ނުވަތަ (ޖާނާއި މާލު دشمن ންގެ ކިބައިން) دفاع ކުރަން ތިޔަބައިމީހުން އަންނާށެވެ! އެއުރެން ބުނެފޫއެވެ. ތިމަންމެންނަށް ހަނގުރާމައެއްވާކަން އެނގޭނަމަ، ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔައީމުހެވެ. އެދުވަހު އެއުރެން إيمان ކަމަށްވުރެ كافر ކަމާ ގާތްކަން ބޮޑެވެ. އެއުރެންގެ ހިތްތަކުގައި ނުވާ ކަންތައް އެއުރެންގެ އަނގައިން ބުނެތެވެ. އެއުރެން ވަންހަނާކުރާ ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ اللَّه އެވެ.
See all translations of this verse →
ٱلَّذِينَ قَالُوا۟ لِإِخْوَٰنِهِمْ وَقَعَدُوا۟ لَوْ أَطَاعُونَا مَا قُتِلُوا۟ قُلْ فَٱدْرَءُوا۟ عَنْ أَنفُسِكُمُ ٱلْمَوْتَ إِن كُنتُمْ صَٰدِقِينَ
Resmî Divehi Çevirisi އެއުރެންނީ ހަނގުރާމަޔަށް ނުނިކުމެތިބެ، އެއުރެންގެ أخ ންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެއުރެން ކިޔަމަންވީނަމަ، (އެބަހީ: ހަނގުރާމަޔަށް ނުނިކުމެ ތިބިނަމަ) އެއުރެން قتل އެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، މަރު، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުން ދުރުކޮށްބަލާށެވެ!
See all translations of this verse →
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
Resmî Divehi Çevirisi اللَّه ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ.
See all translations of this verse →
فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Resmî Divehi Çevirisi (އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ حال ގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ حال ގައެވެ.
See all translations of this verse →
يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ
Resmî Divehi Çevirisi އެއުރެން (ވަނީ) اللَّه ގެ حضرة ން ދެއްވާ نعمة އާއި، فضل ވަންތަކަމަށާއި، އަދި، ހަމަކަށަވަރުން اللَّه، مؤمن ންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ.
See all translations of this verse →
ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ
Resmî Divehi Çevirisi އެއީ، އެއުރެންނަށް ވޭނާއި، ހާނީއްކަ ލިބުމަށްފަހުވެސް، اللَّه އާއި، رسول އާއަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން إحسان ތެރިވެ تقوى ވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ.
See all translations of this verse →
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ
Resmî Divehi Çevirisi އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (لشكر) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إيمان ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!
See all translations of this verse →
فَٱنقَلَبُوا۟ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوٓءٌ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ وَٱللَّهُ ذُو فَضْلٍ عَظِيمٍ
Resmî Divehi Çevirisi ފަހެ، اللَّه ގެ حضرة ން ދެއްވި نعمة އާއި، فضل ވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން اللَّه ގެ ރުއްސެވުންހުރި މަގަށް تبع ވޫއެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.
See all translations of this verse →
إِنَّمَا ذَٰلِكُمُ ٱلشَّيْطَٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
Resmî Divehi Çevirisi ހަމަކަށަވަރުން، އެއީ، ހަމަ شيطان އާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، مؤمن ން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!
See all translations of this verse →
وَلَا يَحْزُنكَ ٱلَّذِينَ يُسَٰرِعُونَ فِى ٱلْكُفْرِ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِى ٱلْـَٔاخِرَةِ وَلَهُمْ عَذَابٌ عَظِيمٌ
Resmî Divehi Çevirisi كافر ވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، އެއްވެސްކަމަކުން އެއުރެންނަކަށް اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އިރާދަކުރައްވަނީ، އެއުރެންނަށް آخرة ގައި އެއްވެސް نصيب އެއް ނުލެއްވުމަށެވެ. އަދި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.
See all translations of this verse →
إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَلَهُمْ عَذَابٌ أَلِيمٌ
Resmî Divehi Çevirisi ހަމަކަށަވަރުން، إيمان ކަމުގެ ބަދަލުގައި كافر ކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.
See all translations of this verse →
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌ لِّأَنفُسِهِمْ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًا وَلَهُمْ عَذَابٌ مُّهِينٌ
Resmî Divehi Çevirisi ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ نفس ތަކަށް ހެޔޮގޮތެއްކަމަށް كافر ވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ.
See all translations of this verse →
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلَٰكِنَّ ٱللَّهَ يَجْتَبِى مِن رُّسُلِهِۦ مَن يَشَآءُ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ فَلَكُمْ أَجْرٌ عَظِيمٌ
Resmî Divehi Çevirisi ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، اللَّه ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: مؤمن ންނާއި منافق ން އެކުވެ އުޅުމުގެ މައްޗަށް) مؤمن ން ދުލެއް ނުކުރައްވާނެތެވެ. އަދި، غيب ގެ ކަންތައް اللَّه، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ رسول ންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކު خيار ކުރައްވަތެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول ންނަށް إيمان ވާށެވެ! އަދި، ތިޔަބައިމީހުން إيمان ވެ، تقوى ވެރިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ.
See all translations of this verse →
وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًا لَّهُم بَلْ هُوَ شَرٌّ لَّهُمْ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَٰمَةِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
Resmî Divehi Çevirisi اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެއުރެންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެކަންއެއީ، އެއުރެންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ! އަދި ކިއެއްތަ! އެއީ، އެއުރެންނަށްހުރި ނުބައިކަމެކެވެ. އެއުރެން ދަހިވެތިވި ތަކެތީން قيامة ދުވަހުން އެއުރެންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ. އުޑުތަކާއި ބިމުގެ ملك ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه އީ فقير އެކޭ، ތިމަންމެންނީ މުއްސަނދިންނޭ ބުނިމީހުންގެ ބުނުން، اللَّه އައްސަވާވޮޑިގެންފިކަން ކަށަވަރެވެ. އެއުރެން ބުނި ބުނުމާއި، އެއުރެން حق އަކާނުލައި ނަބިއްޔުން قتل ކުޅަކަން ނިކަންހުރެ ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި، (قيامة ދުވަހުން އެއުރެންނަށް) ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން، އަނދައަނދާހުރި ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ!
See all translations of this verse →
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ
Resmî Divehi Çevirisi އެއީ، ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި، ހަމަކަށަވަރުން اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.
See all translations of this verse →
ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ قُلْ قَدْ جَآءَكُمْ رُسُلٌ مِّن قَبْلِى بِٱلْبَيِّنَٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَٰدِقِينَ
Resmî Divehi Çevirisi އެއުރެންނީ، އަލިފާން އެ قربان އެއް ކައިލާ، قربان އަކާއިގެން ތިމަންމެންގެ ގާތަށް ވަޑައިގެންފުމަށްދާނދެން، އެއްވެސް رسول އަކަށް إيمان ނުވުމަށް ހަމަކަށަވަރުން اللَّه ތިމަންމެންނަށް އަންގަވާފައިވެޔޭ ބުނި މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ބަޔާންވެގެންހުރި ހެކިތަކާއި، ތިޔަބައިމީހުން ތިޔަބުނި ކަންތަކާއިގެން، ތިމަންކަލޭގެފާނުގެ ކުރިން ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް رسول ން ވަޑައިގަތެވެ. ތިޔަބައިމީހުންނީ ތެދުބުނާ މީހުންކަމުގައިވާނަމަ ތިޔަބައިމީހުން އެ رسول ން قتل ކުޅައީ ފަހެ، ކީއްވެގެން ހެއްޔެވެ؟
See all translations of this verse →
فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّن قَبْلِكَ جَآءُو بِٱلْبَيِّنَٰتِ وَٱلزُّبُرِ وَٱلْكِتَٰبِ ٱلْمُنِيرِ
Resmî Divehi Çevirisi ފަހެ، އެއުރެން ކަލޭގެފާނު ދޮގުކުޅަނަމަ، (ދެނެވަޑައިގަންނަވާށެވެ!) ފަހެ، ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް رسول ން ދޮގު ކުޅައޫއެވެ. އެބޭކަލުން ވަޑައިގަތީ، ފާޅުވެގެންހުރި ހެކިތަކާއި، ލިޔުއްވާފައިވާ ފަތްފުށްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ.
See all translations of this verse →
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ
Resmî Divehi Çevirisi ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.
See all translations of this verse →
لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًى كَثِيرًا وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ
Resmî Divehi Çevirisi ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކާ މެދުގައި، ތިޔަބައިމީހުން امتحان ކުރައްވާނެކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ކިބައިންނާއި، شريك ކުޅަ މީހުންގެ ކިބައިން، ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ، تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
See all translations of this verse →
وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًا قَلِيلًا فَبِئْسَ مَا يَشْتَرُونَ
Resmî Divehi Çevirisi ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ عهد އަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް بيان ކޮށް ދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި عهد އެވެ. ދެން، އެއުރެންގެ ފުރަގަހަށް އެ عهد އެއްލައިލިއެވެ. އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ!
See all translations of this verse →
لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ ٱلْعَذَابِ وَلَهُمْ عَذَابٌ أَلِيمٌ
Resmî Divehi Çevirisi އެއުރެންކުޅަ ކަންތަކަށް އުފާކުރާ، އަދި، އެއުރެން ނުކުރާ ކަންތަކާމެދު ތާރީފު ލިބުމަށް އެދޭމީހުންނީ، عذاب ން ސަލާމަތްވާނެ ތަނެއްގައި ތިބިބަޔަކު ކަމުގައި ހީނުކުރާހުށިކަމެވެ! އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.
See all translations of this verse →
وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Resmî Divehi Çevirisi އަދި، އުޑުތަކާއި ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
See all translations of this verse →
إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ
Resmî Divehi Çevirisi ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ.
See all translations of this verse →
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
Resmî Divehi Çevirisi އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!
See all translations of this verse →
رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ
Resmî Divehi Çevirisi އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.
See all translations of this verse →
رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ
Resmî Divehi Çevirisi އަޅަމެންގެ ވެރިރަސްކަލާކޮ! إيمان ވުމަށް ގޮވާލައްވާ رسول އަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް إيمان ވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން إيمان ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް عفو ކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!
See all translations of this verse →
رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَٰمَةِ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ
Resmî Divehi Çevirisi އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رسول ންގެ ދޫފުޅުމަތީން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، قيامة ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ وعد އާ خلاف ވެ ވޮޑިއެއް ނުގަންނަވަމުއެވެ.
See all translations of this verse →
فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ بَعْضُكُم مِّنۢ بَعْضٍ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ثَوَابًا مِّنْ عِندِ ٱللَّهِ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ
Resmî Divehi Çevirisi ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ. ފަހެ، އެއުރެން هجرة ކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި قتل ވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. اللَّه ގެ حضرة ން ލިބޭ ثواب އެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ثواب ވަނީ اللَّه ގެ حضرة ގައެވެ.
See all translations of this verse →
لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَٰدِ
Resmî Divehi Çevirisi كافر ވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ!
See all translations of this verse →
مَتَٰعٌ قَلِيلٌ ثُمَّ مَأْوَىٰهُمْ جَهَنَّمُ وَبِئْسَ ٱلْمِهَادُ
Resmî Divehi Çevirisi (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!
See all translations of this verse →
لَٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا نُزُلًا مِّنْ عِندِ ٱللَّهِ وَمَا عِندَ ٱللَّهِ خَيْرٌ لِّلْأَبْرَارِ
Resmî Divehi Çevirisi އެހެނެއްކަމަކު އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވި މީހުންނަށް، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ حال ގައެވެ. اللَّه ގެ حضرة ން ލިބޭ شرف އެއްގެ ގޮތުގައެވެ. اللَّه ގެ حضرة ގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ.
See all translations of this verse →
وَإِنَّ مِنْ أَهْلِ ٱلْكِتَٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَٰتِ ٱللَّهِ ثَمَنًا قَلِيلًا أُو۟لَٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Resmî Divehi Çevirisi ހަމަކަށަވަރުން، اللَّه އަށް إيمان ވާ، އަދި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށާއި، އެއުރެންނަށް ބާވައިލެއްވި ފޮތަށް إيمان ވާ މީހުން ހަމަކަށަވަރުން، ފޮތުގެ أهل ވެރިންގެ ތެރެއިންވެއެވެ. އެއުރެން اللَّه އަށް މަޑުމައިތިރިވެގެންވާ حال ގައެވެ. اللَّه ގެ آية ތަކަށް އެއުރެން ކުޑައަގެއް ނުގަނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ދަރުމަ އެއުރެންނަށް ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
See all translations of this verse →
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
Resmî Divehi Çevirisi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمن ންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمن ން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.
See all translations of this verse →
→ ސޫރަތު Al-Baqara
ސޫރަތު An-Nisaa ←
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
→
Arabic text and translations via Tanzil and QuranEnc — verbatim, unmodified · Translations belong to their translators and are not the Qur'an itself
This is a research aid, not a source of religious rulings.