وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَٰبًا مُّؤَجَّلًا وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا وَسَنَجْزِى ٱلشَّٰكِرِينَ
Resmî Divehi Çevirisiއަދި، اللَّه ގެ إذن ފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް نفس އަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرة ގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، شكر ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.