إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَٰنُ بِبَعْضِ مَا كَسَبُوا۟ وَلَقَدْ عَفَا ٱللَّهُ عَنْهُمْ إِنَّ ٱللَّهَ غَفُورٌ حَلِيمٌ
Resmî Divehi Çevirisiހަމަކަށަވަރުން، (أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމަޔަށް) އެނބުރި ފުރަގަސްދިން މީހުން، شيطان އާ އެއުރެންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެއުރެން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަހީ: رسول އާގެ އެންގެވުންތަކާ خلاف ވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން، اللَّه އެއުރެންނަށް عفو ކުރައްވައިފިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ.