caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Baqara، آية 235

Medina · revelation order 87 · 2:235

وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًا مَّعْرُوفًا وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَٰبُ أَجَلَهُۥ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌ

Resmî Divehi Çevirisiއަދި، (رجعى عدة ފިޔަވައި އެހެން عدة ގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ إشارة ކުރާ ބަހެއް ބުނުމާމެދު، ނުވަތަ، ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ قصد) ފޮރުވާފައި ބޭއްވުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން (صريح ކޮށް) ކާވެނިކުރުމަށް އެދޭނޭކަން اللَّه ދެނެވޮޑިގެންވެއެވެ. އެހެނެއްކަމަކު، شرعى ހަމައިގެ މަތިންވާ ބަހެއް ތިޔަބައިމީހުން ބުނުން ފިޔަވައި، އެކަނބަލުންނަށް ކާވެނިކުރުމާމެދު وعد ވެ ނުހަދާހުށިކަމެވެ! އަދި، އެކަނބަލުންގެ عدّة ހަމަވެއްޖައުމަށްދާނދެން، ތިޔަބައިމީހުން (އެކަނބަލުންނާ) ކާވެނި عقد ނުކުރާހުށިކަމެވެ! އަދި، ތިޔަބައިމީހުންގެ نفس ތަކުގައިވާ ކަންތައް ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ! ވީމާ، ތިޔަބައިމީހުން، އެކަލާނގެއަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ، ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70