يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَٰلَةِ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ وَإِن كَانُوٓا۟ إِخْوَةً رِّجَالًا وَنِسَآءً فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ
Resmî Divehi Çevirisi(كلالة އާމެދު) ކަލޭގެފާނުގެ އަރިހުން، އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! كلالة އާމެދު (އެބަހީ: أصل އެއް فرع އެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) اللَّه ތިޔަބައިމީހުންނަށް بيان ކޮށް ދެއްވަތެވެ. އެމީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) أخت އަކުވާ حال، މީހަކު މަރުވެއްޖެނަމަ، ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި، އެ أخت އަށެވެ. އަދި، އެ أخت އަށް ދަރިޔަކު ނުވާނަމަ، އެމީހާ އެ أخت ވާރުތަކުރާނެއެވެ. (މަރުވިމީހާގެ وارث ންނަށް ތިބި) ދެ أخت ން ކަމުގައިވާނަމަ، ފަހެ، އެ ދެ أخت ންނަށް (އެ أخ) ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެބަޔެވެ. (وارث ންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައިވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބަޔެއް ފިރިހެނަކަށެވެ. ތިޔަބައިމީހުންނަށް މަގު އޮޅިދާނެކަމަށްޓަކައި، ތިޔަބައިމީހުންނަށް اللَّه، بيان ކޮށް ދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިވެގެންވާ ރަސްކަލާނގެއެވެ.