caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Baqara، آية 283

Medina · revelation order 87 · 2:283

وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا۟ كَاتِبًا فَرِهَٰنٌ مَّقْبُوضَةٌ فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا تَكْتُمُوا۟ ٱلشَّهَٰدَةَ وَمَن يَكْتُمْهَا فَإِنَّهُۥٓ ءَاثِمٌ قَلْبُهُۥ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ

Resmî Divehi Çevirisiތިޔަބައިމީހުން (ދަރަނީގެ معاملة އެއް ކުރާހިނދު) ދަތުރެއްގެ މަތީގައިވެފައި ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ފަހެ، އަތުގައި ބާއްވާ رهن އެއް ދޭހުށިކަމެވެ! ފަހެ، ތިޔަބައިމީހުންކުރެ އެކަކު އަނެކަކާ أمانة އެއް حوال ކޮށްފިނަމަ، ފަހެ، އެ أمانة އާ حوال ވި މީހާ، އޭނާގެ أمانة ރައްދުކުރާ ހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް، އޭނާ تقوى ވެރިވާހުށިކަމެވެ! އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70