caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު At-Tawba، آية 74

Medina · revelation order 113 · 9:74

يَحْلِفُونَ بِٱللَّهِ مَا قَالُوا۟ وَلَقَدْ قَالُوا۟ كَلِمَةَ ٱلْكُفْرِ وَكَفَرُوا۟ بَعْدَ إِسْلَٰمِهِمْ وَهَمُّوا۟ بِمَا لَمْ يَنَالُوا۟ وَمَا نَقَمُوٓا۟ إِلَّآ أَنْ أَغْنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضْلِهِۦ فَإِن يَتُوبُوا۟ يَكُ خَيْرًا لَّهُمْ وَإِن يَتَوَلَّوْا۟ يُعَذِّبْهُمُ ٱللَّهُ عَذَابًا أَلِيمًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُمْ فِى ٱلْأَرْضِ مِن وَلِىٍّ وَلَا نَصِيرٍ

Resmî Divehi Çevirisiއެއުރެން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް، اللَّه ގަންދީ އެއުރެން ހުވާކުރެތެވެ. ހަމަކަށަވަރުން، كفر ގެ ބަސް އެއުރެން ބުނެފައިވެއެވެ. އަދި إسلام ވުމަށްފަހު، އެއުރެން كافر ވިއެވެ. އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ: ރާވައިގެން ކީރިތި رسول އާ އަވަހާރަކޮށްލުމަށް) ގަސްދުކޮށް އުޅުނޫވެ. اللَّه ގެ فضل ވަންތަކަމުން، اللَّه އާއި، އެކަލާނގެ رسول އާ، އެއުރެން (އެބަހީ: مؤمن ން) މުއްސަނދި ކޮށްދެއްވިކަން ނޫން އެހެން ކަމަކާމެދު އެއުރެން ރުޅިއެއް ނާދެތެވެ. ފަހެ، އެއުރެން توبة ވާނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެއުރެން އެނބުރި ފުރަގަސްދޭނަމަ، ދުނިޔެއާއި، آخرة ގައި ވޭންދެނިވި عذاب އަކުން، اللَّه އެއުރެންނަށް عذاب ދެއްވާނެތެވެ. އަދި ބިމުގައި އެއުރެންނަށް އެއްވެސް އެހީތެރިޔަކު، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70