caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-An'aam، آية 71

Mecca · revelation order 55 · 6:71

قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَٰبٌ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَٰلَمِينَ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި އަހަރެމެންނަށް މަންފާއެއް ނުދޭ، އަދި އަހަރެމެންނަށް ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް އަހަރެމެން دعاء ކުރާނެހެއްޔެވެ؟ އަދި اللَّه އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި (شرك ގެ ތެރެއަށް) ފަހަށް އެނބުރިދާނޭ ހެއްޔެވެ؟ (އޭރުން ވާނީ) ބިމުގައި شيطان ންނަށް ހެއްލި، ދެވޭ ނުދެވޭ ތަނެއްނޭނގި، حيران ވެފައިވާ މީހަކު ފަދައިންނެވެ. އެމީހާއަށް ތެދުމަގަށްގޮވައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ އެކުވެރިންތަކެއް އޭނާއަށް ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގަކީ، اللَّه ގެ ތެދުމަގުކަން ކަށަވަރެވެ. އަދި އަހަރެމެންނަށް أمر ކުރައްވާފައިވަނީ عالم ތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންވުމަށެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70