caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Baqara، آية 87

Medina · revelation order 87 · 2:87

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ

Resmî Divehi Çevirisiހަމަކަށަވަރުން، ތިމަންރަސްލާނގެ موسى ގެފާނަށް ފޮތް (އެބަހީ: توراة) ދެއްވީމެވެ. އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން رسول ބޭކަލުން ފޮނުއްވީމެވެ. އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ معجزات ތައް ދެއްވީމެވެ. އަދި روح القدس ގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ نفس ތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسول ން ދޮގުކުޅައީމުއެވެ. އަނެއްބައި رسول ން قتل ކުޅައީމުއެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70