caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Baqara، آية 253

Medina · revelation order 87 · 2:253

تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ مِّنْهُم مَّن كَلَّمَ ٱللَّهُ وَرَفَعَ بَعْضَهُمْ دَرَجَٰتٍ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ وَلَٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ

Resmî Divehi Çevirisiއެއީ رسول ންނެވެ. ތިމަންރަސްކަލާނގެ އެ رسول ންކުރެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މާތްކުރެއްވީމެވެ. އެބޭކަލުންގެ ތެރެއިން اللَّه (ސީދާ) ބަސް وحى ކުރެއްވި ބޭކަލުން ވެއެވެ. އަދި، އެކަލާނގެ، އެ ބޭކަލުންކުރެ ބަޔެއް ބޭކަލުން ދަރަޖައިގެ ގޮތުން މަތިވެރި ކުރެއްވިއެވެ. އަދި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް، بيان ވެގެންވާ ހެކިތަކާއި، حجة ތައް، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، روح القدس ން (އެބަހީ: جبريل ގެފާނު ފޮނުއްވުމުން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވީމެވެ. اللَّه އިރާދަކުރެއްވިނަމަ، އެބޭކަލުންގެ ފަހުން އައި މީހުން އެއުރެންނަށް ބަޔާންވެގެންވާ ހެކިތަކާއި، حجة ތައް އައުމަށްފަހު އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު އެއުރެން خلاف ވެއްޖައޫއެވެ. ފަހެ، އެއުރެންގެ ތެރެއިން، إيمان ވި މީހުންނާއި، އަދި، كافر ވި މީހުންވެސް ވެއެވެ. އަދި، اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު اللَّه އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވައެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70