caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Baqara، آية 126

Medina · revelation order 87 · 2:126

وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ ٱجْعَلْ هَٰذَا بَلَدًا ءَامِنًا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ وَبِئْسَ ٱلْمَصِيرُ

Resmî Divehi Çevirisiއަދި إبراهيم ގެފާނު دعاء ކުރައްވައި ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ أمان ކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ أهل ވެރިންކުރެ اللَّه އަށާއި آخرة ދުވަހަށް إيمان ވި މީހުންނަށް މޭވާތަކުން رزق ދެއްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. كافر ވެއްޖެ މީހާއަށް (ދުނިޔޭގައި) ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމު، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. ދެން، ނަރަކައިގެ عذاب ގެ ތެރެޔަށް އެމީހަކު ފޮނުއްވައިލައްވާހުށީމެވެ. އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70