caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު An-Nisaa، آية 153

Medina · revelation order 92 · 4:153

يَسْـَٔلُكَ أَهْلُ ٱلْكِتَٰبِ أَن تُنَزِّلَ عَلَيْهِمْ كِتَٰبًا مِّنَ ٱلسَّمَآءِ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةً فَأَخَذَتْهُمُ ٱلصَّٰعِقَةُ بِظُلْمِهِمْ ثُمَّ ٱتَّخَذُوا۟ ٱلْعِجْلَ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ فَعَفَوْنَا عَن ذَٰلِكَ وَءَاتَيْنَا مُوسَىٰ سُلْطَٰنًا مُّبِينًا

Resmî Divehi Çevirisiފޮތުގެ أهل ވެރިން (އެބަހީ: يهودى ން) އެއުރެންގެ މައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ބާވައިލައްވައި ދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދި ދަންނަވަތެވެ. ފަހެ، ހަމަކަށަވަރުން، އެއަށްވުރެ ބޮޑުކަމަކަށް موسى ގެފާނުންގެ އަރިހުން އެއުރެން އެދި ދަންނަވާފައިވެއެވެ. ފަހެ، އެއުރެން ދެންނެވޫއެވެ. ތިމަންމެންނަށް، ފާޅުގައި اللَّه ދައްކަވާށެވެ! ދެން، އެއުރެންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ހޮނުގުގުރި އެއުރެންގައި ހިފިއެވެ. ދެން، އެއަށްފަހު، بيان ވެގެންވާ ހެކިތައް އެއުރެންގެ ގާތަށް އައުމަށްފަހު، (އަޅުކަންކުރުމަށް إله އެއްގެ ގޮތުގައި) އެއުރެން ގެރި ބޭނުންކުޅައޫއެވެ. ދެންވެސް، ތިމަންރަސްކަލާނގެ އެކަމުގެ ކުށް عفو ކުރެއްވީމެވެ. އަދި، بيان ވެގެންވާ ބާރު، موسى ގެފާނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70