caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Ar-Room، آية 9

Mecca · revelation order 84 · 30:9

أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ كَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا۟ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Resmî Divehi Çevirisiއަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. އަދި އެއުރެން ބިންގަނޑު (ދަނޑުގޮވާން ކުރުމަށާއި، معدن ތައް ނެރުމަށް) ތައްޔާރުކުރޫއެވެ. އަދި (مكة ގެ مشرك ން) އެ ބިން އާބާދުކުރި ވަރަށްވުރެ ބޮޑަށް، އެއުރެން އެ ބިން އާބާދުކުރޫއެވެ. އަދި އެއުރެންގެ رسول ން، ފާޅުވެގެންވާ معجزات ތަކާއިގެން، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، اللَّه، އެއުރެންނަށް އަނިޔާކުރައްވާ ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރާކަމުގައި ވިއެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70