وَلَا تَنكِحُوا۟ ٱلْمُشْرِكَٰتِ حَتَّىٰ يُؤْمِنَّ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُو۟لَٰٓئِكَ يَدْعُونَ إِلَى ٱلنَّارِ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ وَيُبَيِّنُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
Resmî Divehi Çevirisiބުދަށް އަޅުކަންކުރާ އަންހެނުންނާ ތިޔަބައިމީހުން ކާވެނި ނުކުރާށެވެ! (އެއީ) އެކަނބަލުން إيمان ވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް ހަމަކަށަވަރުން مؤمن އަޅުއަންހެނަކުވެސް، ބުދަށް އަޅުކަންކުރާ އަންހެނަކަށްވުރެ މާރަނގަޅެވެ. އަދި (مؤمن އަންހެނުން) ބުދަށް އަޅުކަންކުރާ ފިރިހެނުންނާ ތިޔަބައިމީހުން ނުދެވާށެވެ! (އެއީ) އެއުރެން إيمان ވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި قبول ވިޔަސް، ހަމަކަށަވަރުން مؤمن ފިރިހެން އަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ. އެއުރެން އެ ގޮވަނީ ނަރަކަޔަށް ވަނުމަށެވެ. اللَّه ގޮވައިލައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި مغفرة ގެ ތެރެއަށް ވަނުމަށެވެ. އަދި އެކަލާނގެ آية ތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ.