وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ قُلْ هُوَ أَذًى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ
Resmî Divehi Çevirisiއަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: جماع ނުވާށެވެ!) އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި طاهر ވެއްޖެނަމަ، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: جماع ވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.