caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Ar-Ra'd، آية 16

Medina · revelation order 96 · 13:16

قُلْ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَٰتُ وَٱلنُّورُ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْ قُلِ ٱللَّهُ خَٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّٰرُ

Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ نفس ތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެއުރެން اللَّه އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) مخلوق ން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެއެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70