وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
Resmî Divehi Çevirisi(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، اللَّه ގެ اسم ފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ جدل ކުރުމަށް شيطان ން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.