وَقَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَءَاتَيْنَٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
Resmî Divehi Çevirisiއަދި އެބޭކަލުންނާ ވިދިގެން ފަހަތުން مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނުންގެ ކުރިން (ބާވައިލައްވާފައިވާ) توراة ގައިވާ ކަންތައް ތެދުކުރައްވަނިވި ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ. އޭގައި ތެދުމަގާއި نور ވެއެވެ. އެއީ އޭގެކުރިން ބާވައިލައްވާފައިވާ توراة ގައިވާ ކަންތައް ތެދުކުރަނިވި ގޮތުގައެވެ. އަދި تقوى ވެރިންނަށް ތެދުމަގާއި، وعظ އެއް ކަމުގައެވެ.